މިއީ ނަމާދުގައި ޚުޝޫޢަތްތެރިވާން މަސައްކަތްކުރާ މީހުންނަށް ނަޞީޙަތެކެވެ. ﷲ ތަޢާލާ އަބަދުވެސް އަހުރެމެންގެ ޢަމަލުތައް ދެކެދެނޮވޮޑިގެންވެއެވެ. ނަމާދަށް ހުއްޓި، ޙަރަމްބަންނަ ވިސާބުން ފެށިގެން އެދަނީ އެންމެ ޚާއްޞަ ވަޤުތުކޮޅެވެ. ވީމާ ޝައިޚް އެވިދާލުވާ ބަސްފުޅަށް ވިސްނައިލާށެވެ! އެކަމުގެ ސަބަބުން ޚުޝޫޢަތްތެރިވާން އެހީތެރިކަންލިބޭނެއެވެ. އިން ޝާ ﷲ
"މަތީ ފަރާތަކާއި ގާތް ގުޅުމެއް އުފެދިއްޖެނަމަ އެކަމާއި އުފާކޮށް އެގުޅުން ދެމެހެއްޓުމަށް މަސައްކަތް ކުރަމުއެވެ. އެގުޅުމަށް ބުރޫއަރާފާނެ ކަންކަމާއި ދުރުހެލިވަމުއެވެ. އެގުޅުން ކަނޑުވާލަން މަސައްކަތްކުރާ ފަރާތްތަކާއި ޢަދާވާތްތެރިވަމުއެވެ.
އަޅާ ﷲ ގެ ދަރުބާރަށް ޙާޟިރުވެ ދެއަތް އުފުލައި ހަށަންބަންނަ ވަގުތަކީ ރައްބުލް ކާއިނާތާއި ގުޅިގެންދާ ވަގުތުކޮޅެކެވެ. މިކަން ހިތްމައްޗަށް ގެނެސް، އެގުޅުން ބަދަހިކަމާއިއެކީ ދަމަހައްޓަން މަސައްކަތްކުރަންޖެހޭނެއެވެ. އެގުޅުން ކަނޑުވާލަން ވަސްވާސްދޭން އަންނަ ޝައިތާނާގެ ކިބައިން މިންޖުވާންޖެހޭނެއެވެ."
- ޝައިޚް އަޙްމަދު ރިމާޒް