ތިމާ މިހުރީ އީމާންވެގެންކަމަށް ބުނުމުގެ ކުރިން މިކަންކަމަށް ވިސްނާލަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ތިމާ މިހުރީ އީމާންވެގެންކަމަށް ބުނުމުގެ ކުރިން މިކަންކަމަށް ވިސްނާލަންޖެހޭނެ!

އެމީހަކު ކުރަން ބޭނުންވާހައިކަމެއް ކުރަމުން، އުޅެން ބޭނުންވާހައި ގޮތަކަށް އުޅެމުން ތިމާއަކީ މުސްލިމެއް ކަމަށާއި ހިތުގައި އީމާންކަން އެބައޮތްކަމަށް ބުނާމީހުން އެބައުޅެއެވެ. އެފަދަ މީހުން ޝައިޚް އަޙްމަދު ނާޒިލްގެ މިބަސްފުޅަށް ވިސްނައިލުން ކީއްތޯއެވެ؟ ވިސްނާލުމަށްފަހު ދޭނީ ކޮން ޖަވާބެއްތޯއެވެ؟ 

އަޅުގަނޑުމެންގެ ތެރެއިން ބައެއްމީހުން ފާފަ ކޮށްފަ އެބަބުނޭ ތަޤުވާވެރިކަން އޮތީ ހިތުގައޭ، ސިގިރޭޓް ބޯމީހާ އެބަބުނޭ ތިމަންނަގެ ހިތުގައި އެބައޮތޭ އީމާންތެރިކަން، ބޮޑެތި ފާފަތަކަށް އަރައިގަނެފާ އެބަބުނޭ ތިމަންނަގެ ހިތުގައޭ އޮތީ އީމާންތެރިކަން، ސުބްޙަނަﷲ މި ދިމަލެއް ނުވޭނޫންތޯ، އޭނާގެ އީމާންކަން ތެދުވެރި ކަމުގައި ވެއްޖިއްޔާ އޭނާގެ ޢަމަލު ސީދާވާނެ.  

އެހެންވީމާ، ފާފަކޮށްފާ، ސިގިރެޓް ބޮއިފާ، އޭނާގެ ތުނބުޅި ބާލާފައި އޭނާ ދުނިޔޭގައި އުޅޭނެހާ ގޮތަކަށް އުޅެފައި ތަޤުވާ ވެރިކަން ވަނީ މިތަނުގައޭ ނުބުނެވޭނެ. ކީއްވެގެންތޯ! ތަޤްވާވެރި ކަމަކީ އެއީ އޭނާގެ ޢަމަލުތައް ސީދާ ކޮށްދޭ ކަންތައް. ނަބިއްޔާ ޙަދީޘް ކުރެއްވި " أَلَا وَإِنَّ فِي الْجَسَدِ مُضْغَةً " އިންސާނާގެ ހަށިގަނޑުގައި ވެޔޭ މަސްކޮޅެއް،  "إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ " އެހިތް ރަނގަޅު ވެއްޖިއްޔާ އެމަސްކޮޅު ރަގަޅު ވެއްޖިއްޔާ އޭނާގެ ހުރިހާ ޢަމަލެއް ސީދާ ވާނޭ، "وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ " އެހިތް ފަސާދަ ވެއްޖިއްޔާ އެހިތް ގޯސްވެއްޖިއްޔާ އޭނާގެ ހުރިހާ ޢަމަލެއް ގޯސްވެގެން ދާނޭ".  

އެހެންވީމާ މިކަމުން އެނގެނީ ކޮން ކަމެއްތޯ، ފާޙިޝް ނުބައި ޢަމަލުތައް މުންކަރާތްތަކަށް އަރައިގަނެފާ، ފާސިޤު ޢަމަލުތައް ކޮށްފައި ނުބުނެވޭނެ އޭނާއަކަށް ތިމަންނަ ހިތުގައި އެބައޮތޭ އީމާންތެރިކަން ވަރުގަދަ، އެހެން ނުބުނެވޭނެ އޭނާއަކަށް އޭނާގެ ހިތުގައި އީމާންތެރިކަން ނެތްކަމުގެ ޢަލާމާތެކޭ އެއީ އޭނާ ފާސިޤު ޢަމަލުތައް ކުރުން، އޭނާގެ އީމާންތެރިކަން ދައްކަމުގެ ޢަލާމާތެކޭ އެއީ އޭނާ ފާސިޤު ޢަމަލުތަކަށް އަރައިގަތުން.

 

- ޝައިޚް އަޙްމަދު ނާޒިލްގެ ދަރުސަކުން

މިއަދު އޮންލައިން