އީމާންކަން ތާޒާކުރަން އަބަދުވެސް މަސައްކަތްކުރަން ޖެހެއެވެ. އަދި ތަޤްވާވެރިކަން އިތުރުކުރަންވެސް މަސައްކަތްކުރަން ޖެހެއެވެ. އެކަންކަމަށް މަސައްކަތްނުކުރެވޭނަމަ އަބަދުވެސް ދާނީ ހީނަރުވަމުންނެވެ. ކުރަކިވަމުންނެވެ.
ދިރިއުޅުމުގައި ތަކްލީފް އުފުލަން ޖެހުމުން ނުވަތަ ހިތްދަތި ޙާލަތެއް ކުރިމަތިވުމުން އެކަން ކުރިމަތިކުރެއްވެވީތީ ކަންބޮޑުވާ މީހުންނަށް ބުނެލަން އޮތީ ކަންބޮޑުނުވާށެވެ! ތަކްލީފާއި ހިތްދަތިކަމަކީ އީމާންކަން ވަރުގަގަދަކޮށްދީ އަދި އޮފްއަރުވައިދޭނެ ކަންކަމެވެ!
ތަކްލީފާއި ހިތްދަތިކަމަކީ ތިބާގެ އީމާންކަން އިތުރުވެ ތަޤްވާވެރިކަން އިތުރުވުމަށް ލައްވަވާ ސަބަބެކެވެ. އަހުރެމެންނަށް ފައިދާކުރާނީ އެމަޤްޞަދުތައް ޙާޞިލްކުރަން މަސައްކަތްކުރުމުންނެވެ. އެއިރުން އީމާންކަމުން ކުރަކިކަން ފިލައި އޮފްއަރަން ފަށާނެއެވެ. ތަޤްވާވެރިކަން އިތުރުވާންވެސް ފަށާނެއެވެ. އިން ޝާ ﷲ
މިވެނި މީހަކީ އެއްވެސް ތަކްލީފެއް އުފުލަން ނުޖެހޭ، ހިތްދަތިކަމެއް ކުރިމަތިނުވާ މީހަކަށްވުމަކީ އޭނާއަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ މީހަކަށްވެއްޖެކަމުގެ ދަލީލެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އެއީ އެމީހަކަށް ލިބޭ ނިކަމެތިކަމެކެވެ. ސަބަބަކީ ހިތްހަމަޖެހިގެން އުފަލުގައި އަބަދު ހުރެވޭނަމަ އެއީ އެމީހަކު ﷲ ތަޢާލާގެ ޙަޟްރަތަށް ކުއްތަންވުމަށް ކުރަންޖެހޭ މަސައްކަތްތައް ބޮޑުތަނުން މަދުވެގެންދާ ސަބަބަކަށް ގިނަފަހަރު ވެފައި އޮންނާތީއެވެ.
- މުފްތީ މެންކުގެ ދަރުސަކުން