ރާއްޖޭގެ އެންމެ ޒަމާންވީ މުއާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން، ހައިސްޕީޑް ފައިބަރ ގެ ޚިދުމަތް ރ. އުނގޫފާރުގައި ރަސްމީކޮށް އިފްތިތާޙް ކޮށްފިއެވެ.
އުނގޫފާރުގައި މިޚިދުމަތް މިއަދު ތައާރަފް ކޮށްފައިވާއިރު، ރ. ދުވާފަރުގައި ވެސް ވަނީ މީގެ ކުރިން މިޚިދުމަތް ތައާރަފް ކޮށްފައެވެ.
މުޅި ރާއްޖެއަށް ފައިބަރގެ ޚިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ދިރާގުން ދަނީ ވަރަށް ބާރު މިނުގައި ކުރަމުންނެވެ.
އެގޮތުން 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ އާބާދީގެ 70 އިންސައްތަ އަށް މިހާރު ވަނީ ދިރާގު ހައިސްޕީޑް ފައިބަރ އިންޓަރނެޓްގެ ޚިދުމަތް ފޯރު ކޮށްދީފައެވެ. އެއީ މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 43 އެހެން ރަށެކެވެ.
ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑް، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސް ކަމުގޢިވާ 1 ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެކެވެ. މިހާރު މިޚިދުމަތް ރ. އުނގޫފާރުގެ ގޭބިސީތަކާއި ވިޔަފާރިތަކަށް ފުރިހަމައަށް ލިބެމުންދާނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.