އަބަދުވެސް ބުނާފަދައިން ކޮންމެ މީހަކަށްވެސް އެންމެ މުހިންމު ކަމަކަށްވާނީ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވެވުމެވެ. ވީމާ މި ޙަދީޘްފުޅަށް ވިސްނައިލާށެވެ!
Abu Musa reported: The Messenger of Allah, peace and blessings be upon him, said, “Verily, Allah looks down in middle night of Sha’ban and He forgives all of His creatures, except for an idolater or one carrying hostility.”
Source: Sunan Ibn Mājah 1390
Grade: Hasan (fair) according to Al-Albani
Imam al-San’ani commented, “The ‘one carrying hostility’ means carrying malice. Some have explained it as referring to the people of heretical innovations who break away from the united community, but that is not the linguistic meaning, unless they were hostile and malicious.”
Source: al-Tanwīr Sharḥ al-Jāmi’ al-Ṣaghīr 3/344
ޙަދީޘްފުޅުން އެނގެން އެއޮތީ ޝައުބާން މަހުގެ މެދު ރޭ ﷲ ތަޢާލާ މީސްތަކުންނަށް ބައްލަވައި ވޮޑިގަންނަވާ ކަމެވެ. އަދި ދެމީހަކަށް ފިޔަވައި އެހެން އެންމެންނަށް އެމީހުންގެ ފާފަތައް ފުއްސަވައި ދެއްވަވާ ކަމެވެ. އެ 2 މީހުންނަކީ ﷲ ތަޢާލާއަށް ޝަރީކުރާ މީހުންނާއި މުސްލިމް އަޚާއަށް ޢަދާވާތްތެރިވެގެން ހުންނަ މީހާއެވެ.
ތިމާއާއި ޢާއިލީ ގުޅުން އޮތް މީހެއްތޯ ނުވަތަ ދުރު މީހަކުތޯ ބެލުމެއް ނެތެވެ. ޢާއިލީ ގުޅުން ބާއްވަންޖެހޭ މީހުންނަށް ޙަސަދަވެރިވެގެން ހުރުމަކީ ފާފަ އިތުރުވާ ކަމެކެވެ. އަދި ހަމަ އެކެއްގެ މައްޗަށްވެސް ޙަސަދަވެރިކަން ހިތުގައި ބާއްވައިގެން އުޅުމަކީ ކުރެވޭ ފާފައެކެވެ. އެކަމުން ލިބެން އޮތް އެންމެ ބޮޑު ގެއްލުން ޙަދީޘްފުޅުން އެނގެން އެއޮތީއެވެ. އެމީހެއްގެ ފާފަތައް ފުއްސަވައި ނުދެއްވެވުމަށްވުރެ ބޮޑު ދެރައަކީ ކޮބައިހެއްޔެވެ؟
ތިމާއާއިމެދު ބޮޑު މައްސަލައެއް އޮތް މީހުންނަކީ އެންމެ ގާތް އެކުވެރިންކަމަށް ހެދުމަކަށް ނުބުނަމެވެ. އޮތީ އެންމެންނަށް ހިތްހެޔޮކުރުމެވެ. ބައްދަލުވުމުން ސަލާމްގޮވައި އެމީހާއަށް ހެޔޮރަޙްމަތް ލެއްވެވުން އެދިގެން ދުޢާކުރުމެވެ. އެކަންކުރަންވީ ތިމާއަށްޓަކައެވެ. ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެންނެވެ. ތިމާއަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދިގެންނެވެ.
މިއަހަރުގެ ޝަޢްބާންމަސް މިވަނީ ފެށިފައެވެ. ދާދިއަވަހަށް މެދަށްދާނެއެވެ. އެއިގެ ކުރިން އެންމެންގެ މައްޗަށް ހިތްހެޔޮކުރާށެވެ. ފަނަވިލޭރޭ (މެދު ރޭ) ފާފަތައް ފުއްސަވައި ދެއްވަވާ އަޅުންގެ ތެރޭގައި ހިމެނެން ގަދައަޅައި މަސައްކަތްކުރާށެވެ.
- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަްކުން