"އަހުރެންނަކީ ކުރިން އަބަދުހެން ކަންބޮޑުވެގެން ހުންނަން ޖެހުނު އަންހެނެކެވެ. ކިތަންމެ ކުޑަކަމެއް ކުރިމަތިވިޔަސް ވިސްނައިލެވެނީ ދެން ކަންކަން މެދުވެރިވެދާނެ ގޮތަކާއިމެދުގައެވެ. އެކަން ފިލައިގެންދިއައީ އިސްލާމްވުމުންނެވެ. މާތް ﷲ ގެ ދީން ޤަބޫލްކުރުމުންނެވެ."
އިނގިރޭސި ފިލްމީ ތަރި އައިޝާ ރޯޒަލީ މިހެން ބުނެފައިވަނީ އިސްލާމްވުމަށްފަހު ދީފައިވާ އިންޓަރވިޔުއެއްގައެވެ. އެނގިގެން މިދަނީ އިސްލާމްވުމުން އޭނާއަށް ކުރެވުނު ހެޔޮ ތަޖުރިބާއެވެ. އިސްލާމްވުމުގެ ކުރިއާއި ފަހުގެ ތަފާތު އެނގުމުންނެވެ.
ޢާއިޝާގެ ވާހަކައިން ވިސްނާލަން އޮތް އެއްކަމަކީ ބަނގުރަލުން ލިބޭ ގެއްލުމެވެ. ހުރި އެންމެ ކޮއްކޮ ދުނިޔެއާއި ވަކިވީއެވެ. ބައްޕަ 15 އަހަރުގެ އަންހެންކުއްޖަކު ގޮވައިގެން ފިލީއެވެ. އަދި އެކަމަށް ނަފްރަތުކުރަމުންވެސް އެކުވެރިންގެ އަވާގައިޖެހި ކޮންމެވެސް ވަރަކަށް ބޭނުންކުރެވުމުން އޭނާއަށް ކުރެވުނީ ހިތިތަޖުރިބާތަކެކެވެ.
އޭނާއަށް ކުރެވުނު އެއް ތަޖުރިބާއަކީ މަގުއޮޅި ހޮސްޓެލަށް ދާނެ ގޮތް ނުއެނގުމުން މާތް ﷲ އަށް ދެންނެވި ދެންނެވުމެވެ. އެއިރު މާތް ﷲ އަކީ ކޮބައިކަންވެސް ނުއެނގިހުރެ އޭނާ ދެންނެވިއެވެ. "ކަލާނގެއާއެވެ! ތިއައީ ވޮޑިގެންވާ ފަރާތެއްނަމަ އަހުރެންނަށް މަގުދައްކަވާނދޭވެ!" ނަތީޖާޢަކަށްވީ އެއްވެސް ވަރަކަށް އޮޅުމެއް ނުއަރައި ސީދާ ހޮސްޓެލަށް ދެވުމެވެ.
ހަމައެއާއިއެކު މިސްކިތަށް ޒިޔާރަތްކުރުމުން ކަންކަން މެދުވެރިވި ގޮތާއި ފެނުނު ކަންކަން ވެގެންދިއައީ އޭނާ އިސްލާމްވުމަށް ޝައުޤުވެރިވި ސަބަބަށެވެ. އެކަމުން އެނގިގެންދަނީ ނުބައި އެކުވެރިން ދޫކޮށް ހެޔޮމަގު ހޯދަން އެދޭމީހާ ރަނގަޅު އެކުވެރިން ހޯދައި އަދި މިސްކިތްތަކާއި ގުޅުން ބަދަހިކުރުމުން އެމީހަކަށް ތެދުމަގުދައްކަވާނެކަމެވެ. އިން ޝާ ﷲ
ޢާއިޝާގެ އިންޓަރވިޔު ވިދާޅުވެލެއްވުމަށް-: