ލޯބިވެރިޔާއާ ކައިވެނިކުރެވޭނެކަން ޔަޤީންކުރެވެންދެން ޙައްޤުތަކުން މަޙްރޫމްކޮށް ވާނުވާގަ އަނބިމީހާ ބެއިންދުމަކީ ޢަޛާބް ދެއްވަވާނެ ބޮޑު ފާފައެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ލޯބިވެރިޔާއާ ކައިވެނިކުރެވޭނެކަން ޔަޤީންކުރެވެންދެން ޙައްޤުތަކުން މަޙްރޫމްކޮށް ވާނުވާގަ އަނބިމީހާ ބެއިންދުމަކީ ޢަޛާބް ދެއްވަވާނެ ބޮޑު ފާފައެއް!: މުފްތީ މެންކް

އަހުރެން މިދައްކަނީ ވަރަށް ގިނައިން ކުރިމަތިވާ ކަމެއްގެ ވާހަކައެވެ. ރަނގަޅަށް އަޑުއަހާށެވެ!  

ކައިވެނިކޮށް އެކުގައި ދިރިއުޅެމުންދަނިކޮށް ހިތްއެދޭ އަންހެނަކާއި ބައްދަލުވަނީއެވެ. ދެމީހުންގެ މެދުގައި ވާހަކަދެކެވި ގުޅުން އުފެދި ލޯތްބަށް ބަދަލުވަނީއެވެ. ކައިވެނިކުރަން ބޭނުންވަނީއެވެ. ނަމަވެސް ކޮންމެވެސް ސަބަބެއް އޮވެގެން ކައިވެނިކުރެވުން ލަސްވަނީއެވެ.  

މިޙާލަތުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެދުވަސްތަކުގައި އަނބިމީހާ ބައިންދަނީ އޭނާގެ ޙައްޤުތަކުން މަޙްރޫމްކޮށްފައެވެ. ދެމީހުންގެ މެދުގައި އޮންނަ ގުޅުން ކުޑަވެ އަދި ކެނޑިގެންވެސްދެއެވެ. ވާހަކަ ދެއްކުން މަދުވުމުގެ އިތުރުން އެކުގައި ރޭކުރުންވެސް ހުއްޓާލައެވެ. މިބުނަނީ އެއްދާންކުރުމުގެ ވާހަކައެވެ. 

ބުނަންހެއްޔެވެ؟ މިޙާލަތުގައި އެކުރެވެނީ ވަރަށް ބޮޑު ފާފައެކެވެ. އަނބިމީހާގެ ޙައްޤުތަކުން މަޙްރޫމްކުރުމުގެ ފާފައެވެ. ވާންއުޅޭ ގޮތެއް ނުއެނގި ޝައްކުގެ މަތީގައި އިންނަން ޖެއްސުވުމެވެ. އެކަމަށް ކަންބޮޑުވެ ވިސްނަން ޖެއްސުވުމެވެ. މިޙާލަތުގައި އިންނަން ޖެހުމުން ޞިއްޙީ މައްސަލަތައް ކުރިމަތިވުމުގެ އިތުރުން ނަފްސާނީ މައްސަލަތައްވެސް ކުރިމަތިވެއެވެ.  

އެހެންކަމުން އެޙާލަތުގައި އަނބިމީހާ އެގޮތަށް ބެއިންދުމަކީ އޭނާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އެކަންވާނީ ކުރެވޭ ބޮޑު ފާފައަކަށެވެ. އެއްވެސް މީހަކަށް އަނިޔާވެރިވުމަކީ އެކަމަށް ޤިޔާމަތް ދުވަހު ބަދަލުދޭންޖެހޭނެ ކަމެކެވެ. ޢަޛާބްވެސް ދެއްވަވާނެކަމެކެވެ.  

ވީމާ އެކުގައި އުޅެން ބޭނުންނުވާނަމަ ވާނުވާގައި އަނބިން ނުބައިންދާށެވެ! ރިވެތިގޮތުގައި ދެމީހުން ވަކިވާށެވެ! ތިމާއަށް ލިބުމަށް އުންމީދުކުރާ އުފާވެރިކަން ލިބޭނެކަން ޔަޤީންވަންދެން ވާނުވާގައި އަނބިން ބެއިތިއްބުމަކީ އެކަމުގެ ސަބަބުން ދުނިޔޭގައިވެސް އެމީހަކަށް ދެރަގޮތްތައް މެދުވެރިވާ ކަމެކެވެ.

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން / މިއަދުނޫސް

މިއަދު އޮންލައިން