ކައިވެނިކުރުމަށްފަހު ތަފާތުރަހައެއް ބަލައިލުމަށްފަހު އެއީ މައްސަލައެއް ކަމަށް ނުދެކޭ މީހުން ނިކަން ބުނެބަލާށެވެ! އަނެކާ ތަފާތު ރަހައެއް ބަލައިފިނަމަ ރުހި މަރުޙަބާކިޔާނީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ކައިވެނިކުރުމަށްފަހު ތަފާތުރަހައެއް ބަލައިލުމަށްފަހު އެއީ މައްސަލައެއް ކަމަށް ނުދެކޭ މީހުން ނިކަން ބުނެބަލާށެވެ! އަނެކާ ތަފާތު ރަހައެއް ބަލައިފިނަމަ ރުހި މަރުޙަބާކިޔާނީ ހެއްޔެވެ؟

އަޅުގަނޑުގެ ބައިވެރިޔާ ދޭތެރެއަކުން ކޮންމެވެސް މީހަކާ ގުޅުމެއް ހިންގައެވެ. ބުނަނީ އެއީ އަޅުގަނޑު ދެކެ ލޯބިނުވާތީ ކުރާކަމެއް ނޫންކަމަށެވެ. މިއީ ޤަބޫލުކުރެވޭނެ ކަމެއްތޯ؟ 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމަށެވެ. ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ  

ބައެއް މީހުން ބައިވެރިޔާއަށް މަކަރުހަދާފައި ބުނަނީ ތަފާތު ރަހައެއް ބަލައިލަން ބޭނުންވެވުނީ ކަމަށެވެ. އެއީ ކޮންމެހެން ބައިވެރިޔާ ދެކެ ލޯބިނުވާތީ ކުރިކަމެއް ނޫން ކަމަށެވެ. އަދި ބައިވެރިޔާގެ މަތިން ފޫހިވެގެންވެސް ކުރިކަމެއް ނޫން ކަމަށެވެ.  

އެފަދަ މީހުންނަށް އަހުރެން ކޮށްލަން ބޭނުންވާ ފުރަތަމަ ސުވާލަކީ ހަމަ ތިބާ ފަދައިން ބޭނުންވެގެން ތިބާ ކުރިފަދަ ޢަމަލެއް ބައިވެރިޔާ ކޮށްފިނަމަ އެކަން ތިބާ ބަލައިގަންނާނަން ހެއްޔެވެ؟ ބައިވެރިޔާވެސް ތަފާތު ރަހައެއް ބަލާލަން ބޭނުންވެގެން އެކަންކޮށްފިނަމަ ހަމަހެވިފަ ހުންނާނީ ހެއްޔެވެ؟ ޖަވާބަކީ އާނއެކެވެ ކަމަށްވާނަމަ އެއިގެ މާނައަކީ ތިބާ ބައިވެރިޔާ ދެކެ ލޯބިނުވާ ކަމެވެ. އެކަމަކު ބުނަންހެއްޔެވެ؟ 99.9 އިންސައްތަ މީހުން އަލިފާން އަޅައިލާނީއެވެ. އެއަލިފާނުގެ ސަބަބުން 90 އިންސައްތަ ކައިވެނިތައް ދާނީ އަނދައިގެންނެވެ. 

އެކުވެރިންނޭވެ! ބޭވަފާތެރިވުމަކީ ޒަވާޖީ ޙަޔާތުގެ އެންމެ ބޮޑު ޒަހަރެވެ. އެޒަހަރު ބޮވެން ފަށައިފިނަމަ ލިބޭ ގެއްލުންތަކުން ސަލާމަތްކުރެވޭނެ ޑޮކްޓަރަކު ނުހުންނާނެއެވެ. މިއީ ހަމަ ކޮންމެ މީހަކުވެސް ޤަބޫލުކުރަންޖެހޭނެ ކަމެކެވެ.  

ދިރިއުޅެން ކުރާ މަސައްކަތުގެ ޙަޤީޤީ ކާމިޔާބީ ގުޅިފައިވަނީ ތެދުވެރިކަމާއިއެވެ. ހަމައެފަދައިން ޒަވާޖީ ޙަޔާތުގެ ކާމިޔާބީ އާއި އުފާވެރިކަންވެސް ގުޅިފައިވަނީ ތެދުވެރިކަމާއިއެވެ. ތެދުވެރިކަމާއި ވަފާތެރިކަން ނެތި ޒަވާޖީ ޙަޔާތަކަށް ލިބޭނެ އުފާވެރިކަމެއްވެސް އަދި ކުރިއެރުމެއްވެސް ނެތެވެ.

ބުފޭއެއްގައި ކިތަންމެ ބައިވަރު ވައްތަރުގެ ސޫޕް ހުއްޓަސް ހުރިހާ ސުޕެއްގެ ރަހަބެލުމަކީ މީހުން ކުރާކަމެއް ނޫނެވެ. ރަހަބަލާނީވެސް އަދި ބޯން ބޭނުންވާނީ އެމީހަކަށް އެންމެ މީރު ވައްތަރުގެ ސުޕެކެވެ. ވީމާ ބައިވެރިޔާގެ މައްޗަށް އޮތް އިތުބާރު ގެއްލުވައި ނުލާށެވެ! ތިމާއަށް ބޭނުންވާ ހުރިހާ އުފާވެރިކަމެއްވެސް ލިބޭނީ ބައިވެރިޔާގެ ކިބައިންކަން ޔަޤީންކުރާށެވެ. ނޫނީ އެމީހަކަށް ދުވަހަކުވެސް ޙަޤީޤީ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.

 

- އަލަފް / މިއަދުނޫސް  

މިއަދު އޮންލައިން