ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! ޤިޔާމަތް ދުވަހު މަޙްޝަރުގެ މައިދާނުގަ ހުއްޓިހުންނައިރުވެސް މިގަދަފަދަ ޢަޛާބުން ސަލާމަތްވެ ހުރެވޭނީ ހާދަ މަދުމީހަކަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! ޤިޔާމަތް ދުވަހު މަޙްޝަރުގެ މައިދާނުގަ ހުއްޓިހުންނައިރުވެސް މިގަދަފަދަ ޢަޛާބުން ސަލާމަތްވެ ހުރެވޭނީ ހާދަ މަދުމީހަކަށެވެ!

މަޙްޝަރުގެ މައިދާނުގަ ހުންނައިރު އެމީހެއްގެ ގުނަވަން ކުނިވެ ފައިބާ ކުނިދިޔައިން އިންތިހާއަށް ނުބައިވަސްގަދަވާ ޙާލުގައި އަދި އަލިފާނުގެ އުލަކަށް މެހިގެން ނުހުރެ ސަލާމަތްވާނީ ހާދަ މައދުބައެކޭ! ބުނެފިނަމަ އެއަޑުއިވޭކަމަށް ނުހަދާނެ މީހުންވެސް ވަރަށް ގިނައެވެ.  

ޒިނޭކުރުމާއި ލިވާޠުކުރުން ޢާންމުވެފައިމިވަނީ ޤިޔާމަތް ދުވަހަށާއި ނަރަކައިގެ ޢަޛާބަށް އަދި އެއިގެ ކުރިން ކުރިމަތިލާންޖެހޭ ކައްވަޅުގެ ޢަޛާބަށްވެސް ބިރުވެތިވާ މީހަކުނަމަ ބިރުން ތުރުތުރުއަޅާ މިންވަރަށެވެ. ކައިވެނިކޮށްގެން ތިބުމަކުން ޢުމުރުން ދުވަސްވެ މުސްކުޅިވުމަކުން އެބޮޑުފާފަ ނުކުރަނީ މިވެނި މީހެއްކަމަށް ބުނަން އުނދަގޫޙާލަތަށް މިވަނީ ޢާންމުވެފައެވެ. 

ޒިނޭކުރާމީހުން: އަނެއް ބަޔަކު މީހުންގެ عَيْبُ ގުނަވަންތައް ބޮޑުވެ ނުކުޅަދާނަވަރުވެ އެތަންތަނުން ފައިބާ ފައު ދިޔަވަރުގެ ކުނިކަމުން ކައިރިވެއްޖެމީހަކަށް ވިއްޔާ އުނދަގޫ ލިބޭނެއެވެ. (ޒިނޭކުރާ މީހުން)  

އަދިވެސް ދަންނާށެވެ!  

ލިވާޠުކުރާ މީހުން: އަނެއްބަޔަކު އަލިފާނުން ހުންނަ އުލުގައި ބެއިންދިގެންވާނެއެވެ. (ލިވާޠްކުރި މީހުން)  

ދޮގުހަދާ މީހުން: އަނެއްބަޔަކުގެ ދޫތައް މޭމަތީން ނުކުމެ ނުހަނު ހުތުރު ކަންބޮޑުވެގެންވާ ހުއްޓެވެ. (ދޮގުހަދާ މީހުން)  

ސޫދުކާ މީހުން: އަނެއްބަޔަކު ބޮޑުވެ ފަރުބަދައެއްހެން ވެގެންއުޅޭނެތެވެ. އެއި ސޫދުކާމީހުންނެވެ. ކޮންމެ ފާފައަކުގެވެރިއަކު ކިބައިން އެފާފައެއްގެ ނުބައިކަން ފާޅުވެ އެކަމަކުން ނުލާހިކު އުނދަގޫ ލިބިގެންވާހުއްޓެވެ. 

މަޢުލޫމާތު: ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން

މިއަދު އޮންލައިން