ޙާޖަތެއް މެދުވެރިވެގެން އެހީތެރިކަމަށް އެދިއްޖެނަމަ އެމީހަކަށް އެހީތެރިވުމަކީ ކިހައި ގިނަ ޘަވާބު ދެއްވަވާނެ ކަމެއްކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ޙާޖަތެއް މެދުވެރިވެގެން އެހީތެރިކަމަށް އެދިއްޖެނަމަ އެމީހަކަށް އެހީތެރިވުމަކީ ކިހައި ގިނަ ޘަވާބު ދެއްވަވާނެ ކަމެއްކަން އެނގޭހެއްޔެވެ؟

ކަމަކު އެދިގެން މީހަކު އަތުވެއްޖެނަމަ ގިނަ ބައަކަށް ބަލައިލެވެނީ އޭނާގެ ޙާލަތަށެވެ. އޭނާގެ ފެންވަރަށެވެ. އެއީ ނިކަމެއްޗަކުނަމަ މާބޮޑު ސަމާލުކަމެއް ނުދެއެވެ. ނަމަވެސް ޤަދަރުހުރި ބޮޑަކު ކިތަންމެ ބޮޑު ކަމަކު އެދުނަސް އެކަމެއް ކޮށްދިނުމަށް އަވަސްވެގަނެއެވެ. މިއީ ގިނަ ބައަކަށް ހެދޭ އެންމެ ބޮޑު އެއްގޯހެވެ.

އަހުރެމެން ބަލަންވީ ސުންނަތުގައި އެކަން އޮތް ގޮތަށެވެ. ނިކަމެތި ޙާލެއްގައިވާ މީހަކަށް އެހީތެރިވުމަކީ ކުޑަކަމެއްކަމަށް ނުދެކޭށެވެ. ދަތިޙާލެއްގައިވާ މީހަކު ރަސޫލް (ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހަށް ކަމަކު އެދިގެން ހިނގައްޖެނަމަ އޭނާގެ ބޭނުން ފުއްދަވައި ދެއްވަވަތެވެ. އަމިއްލަފުޅަށް ފުއްދަވައި ދެއްވެވެން ނެތްނަމަ ޞަޙާބީންގެ އަރިއަހުން އެކަމަށް އެދިވަޑައިގަންނަވައެވެ.  

الحسن البصري رحمه الله ވިދާޅުވިއެވެ. "މަސްދުވަހަކު އިޢުތިކާފަށް އިނުމަށްވުރެ، މުސްލިމު އަޚެއްގެ ޙާޖަތެއް ފުއްދައިދިނުން އަހުރެންނަށް ލޮބުވެތިކަން ބޮޑެވެ." 

(ޙާޖަތަކީ މީހަކަށް ބޭނުންޖެހިފައިހުރި (އިސްލާމް ދީން ހުއްދަކުރާ) ކޮންމެ ކަމެކެވެ.) 

ވީމާ ކަމަކު އެދިގެން ނިކަމެތި މީހަކު އަތުވެއްޖެނަމަ ކިރިޔާވެސް އެކަމެއް ކޮށްދެވެން އޮތްނަމަ އެކަމެއް ކޮށްދޭށެވެ. އަދި އޭނާގެ ބޭނުން ފުއްދައި ދެވެން ނެތްނަމަ އެހެން މީހަކު މެދުވެރިކޮށްގެންވެސް އޭނާއަށް އެހީތެރިވާން މަސައްކަތްކުރާށެވެ! ސުންނަތުގައި އޮތީ އެގޮތެވެ.  

މީސްތަކުންނަށް އެހީތެރިވުންމަތީގައި މީހަކު ހުރިނަމަ އެމީހަކަށް އެހީތެރިވެވޮޑިގަތުންމަތީގައި ﷲ ތަޢާލާ ވޮޑިގެންވާކަން ހިނދުކޮޅަކަށްވެސް ހިތުން ފުހެނުލާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން