ކާފިރުން ބޭނުންވާގޮތަށް މުސްލިމުން ލަންބުވަން އަބަދުވެސް ބޭނުންވިކަން ޤުރްއާނުން!

ކިޔުމަށް ހޭދަވާނީ 2މ 14ސ
ކާފިރުން ބޭނުންވާގޮތަށް މުސްލިމުން ލަންބުވަން އަބަދުވެސް ބޭނުންވިކަން ޤުރްއާނުން!

ޢާއިޝަތު ރަފާޙް ޢަލީ

 

ﷲ ތަޢާލާ ޤަލަމް ސޫރަތުގެ 9 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَدُّوا لَوْ تُدْهِنُ فَيُدْهِنُونَ ﴿٩﴾‏

މާނައީ: "ކަލޭގެފާނު އެއުރެންނަށް ދުލެއް ދެއްވާނެނަމަ، ކޮންފަދަހޭ ހިތައި، އެކަމަށް އެއުރެން އެދުނޫއެވެ. އެއީ އެއުރެންވެސް ކަލޭގެފާނަށް ދުލެއް ދިނުމަށްޓަކައެވެ. (9)" 

ކާފަރުން ބޭނުންވީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އެމީހުންގެ ފަރާތަށް ލެނބި އަދި އެމީހުންނާއި ގާތްވެގަތުމަށެވެ. ނަމަވެސް ﷲ ތަޢާލާ އިސްރާ ސޫރަތުގެ 74 އަދި 75 ވަނަ އާޔަތް ބާވައިލެއްވިއެވެ. 

وَلَوْلَا أَن ثَبَّتْنَاكَ لَقَدْ كِدتَّ تَرْكَنُ إِلَيْهِمْ شَيْئًا قَلِيلًا ﴿٧٤﴾‏

إِذًا لَّأَذَقْنَاكَ ضِعْفَ الْحَيَاةِ وَضِعْفَ الْمَمَاتِ ثُمَّ لَا تَجِدُ لَكَ عَلَيْنَا نَصِيرًا ﴿٧٥﴾‏ 

މާނައީ: "އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ގަދަކަންދެއްވައި، ثابت ކޮށް ނުދެއްވިނަމަ، ހަމަކަށަވަރުން، ކަލޭގެފާނު އެއުރެންނަށް ހިސާބަކަށް ލެނބިވަޑައިގަތުން ގާތްވީހެވެ. (74)  

އޭރުން، دنيوى حياة ގެ (عقوبات ގެ) ދެބަޔާއި، آخرة ގެ (عقوبات ގެ) ދެބައިން ހަމަކަށަވަރުން، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ރަހަ ދެއްކެވީމުހެވެ. ދެން ތިމަންރަސްކަލާނގެ (عذاب) އާ ދެކޮޅަށް، ކަލޭގެފާނަށް نصر ދޭނެ، އެއްވެސްމީހަކު، ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. (75)"

މިއަދު އޮންލައިން