މަރުވުމުން އެމީހަކާ ﷲ ސުވާލުކުރައްވަވާކަން ހަނދާނުން ހިނދުކޮޅަކަށްވެސް ފުހެނުލާށެވެ! މިހުރީ މާތް ބޭކަލުންނަށް ފެނިލައްވާފައިވާ ކަންކަމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 43ސ
މަރުވުމުން އެމީހަކާ ﷲ ސުވާލުކުރައްވަވާކަން ހަނދާނުން ހިނދުކޮޅަކަށްވެސް ފުހެނުލާށެވެ! މިހުރީ މާތް ބޭކަލުންނަށް ފެނިލައްވާފައިވާ ކަންކަމެވެ!

މިއަދު ގިނަބައަކަށް އެންމެ ބޮޑަށް އިހްމާލުވެވޭ އެއްކަމަކީ މަރުވުމުން އެމީހަކާއިމެދު ދެން ކަންކަން ވެގެންދާ ގޮތާއިމެދު ވިސްނުމެވެ. އެހެންވެ މިގެނެސްދެނީ އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަންކަން ހިމެނޭ ލިޔުމެކެވެ.  

ދެންހުރީ ކަށްވަޅުގެ ކަންތަކާއި بَرزَخ ގައި ދިރިއުޅޭ އުޅުމާއި އެތައް އެތައް ކަމެކެވެ. ފުރަތަމަ ތާޅަފިލީގެ އަޑަށްދާންދެން އެނަފުސު ދިރިއުޅޭ ހުއްޓެވެ. ފުރަތަމަ ތާޅަފިލީގެ އަޑަށް ހުރިހާ ފުރާނައެއް މަރުވާއިރު އަނެއްކާ މަރުވާހުއްޓެވެ. މިއީ ތިންވަނަމަރެވެ. ދެވަނަ ތާޅަފިލީގެ އަޑަށް މަސްގަނޑާއެކު ދިރިގެން ތެދުވެދާހުއްޓެވެ. ދެންމަރެއްނެތެވެ. އެވާހަކަތައް އަދި އަންނަހުއްޓެވެ.

ރިވާވެގެންވެޔޭ قَاضِى يَحْيَى بْن اَكْتَم އަވަހާރަވުމަށްފަހުގައި އޭނާގެ ދަރިވަރުންނަށް ހުވަފެނުގައި ފެނުނެވެ. އޭނާގެ އަރިހުގައި ދެންނެވުނޭ މާތްރަސްކަލާނގެ ކަލޭގެފާނާއި މެދުގައި ކަންތައްކުރެއްވީ ކޮންފަދައަކުންތޯއެވެ. އޭނާ ވިދާޅުވިޔޭ، ތިމަން ގެންދަވައި އެކަލާނގެ حضرة ގައި قائم ކުރެވުނުހިނދުގައި وَحِى ކުރެއްވިޔޭ އޭނުބައި މުސްކުޅިޔާއެވެ. ކަލޭގެ އެވެނި މިވެނި ނުބައިކަންތައް ކޮށްފައި ވަމުއެވެ. އަހުރެން ދެންނެވީމެވެ. ނިކަމެތި އަޅާ ދުނިޔޭގައި އުޅުނުއިރު މީސްތަކުންނަށް ކިޔައިދިން حديث އެއްގައި އޮންނަނީ ތިޔަފަދައަކުން ނޫނެވެ. 

وحى ކުރެއްވިއޭ. އެއީ ކޮން حديث އެއްހެއްޔެވެ. އަހުރެން ދެންނެވީމޭ. އަޅުގަނޑު ކިޔައި އުޅެނީ حَدِّثْنِى الزُّهْرِى عَنْ مُعَمَّرٍ عَنْ غُرْوَةَ عَنْ عَائِشَةَ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ جِبْرِيْلَ عَنْكَ سُبْحَانَكَ اَنَّكَ قُلْتَ اَنِّى لَاَسْتَحِىَ اَنْ أُعَذِّبَ شَيْبَةً شَاَبَتْ فِى الْإِسْلاَمِ، މި حَدِيث ގެ مَعْن އީ ހުސް طَاهِرُ ވަންތަ އިބަސުވާމީންގެ وَحِى ކުރެއްވިކަމުގައި جِبْريل ގެ ފާނުން އަންގަވައިގެން، سَلاَم އާއި صَلَوَات ލެއްވި ނަބީކަލޭގެފާނުން ވިދާޅުވެގެން عَائشَة ގެފާނުންގެ ކިބައިން غُرْوَة ރިވާކޮށްގެން مُعَمَّر ގެ ކިބައިން زُهْرِى އަހުރެންނަށް މި حَدِيْث ކިޔައިދިނެވެ. إسْلاَم ދީން މަތީގައި ހުރެ ޖަހާއްޖެ ނުރައަކަށް عَذَاب ދެއްވުމަށް ތިމަންﷲ ލަދުވެތިވެވޮޑިގެންވަމެވެ. މިއެވެ. ދެން މި حَدِيث ކީމައި وَحِى ކުރެއްވިޔޭ. ތިޔައީ ތެދެކެވެ. ތިޔަ ރިވާކުޅަ އެންމެންގެ ބަސް ތެދުމެޔަ. ތިމަންސުވާމީންގެ ކަލޭގެއަށް رَحْمَة ލައްވައި ފާފަ ފުއްސަވައިފީމެވެ. ދެން ދާށެވެ.  

الخَطِيب اِسْمَاعِيلُ بُنُ نَبَاتَهُ الْمِصْرِى ގެ ކިބައިން ރިވާވެގެންވެޔޭ، އޭނާ އަވަހާރަވީ ފަހުން ހުވަފެނުގައި ފެނުނެވެ. އެދުށްމީހާ ދެންނެވިޔޭ. މާތްރަސްކަލާނގެ ކަލޭގެފާނާމެދު ކަންތައްކުރެއްވީ ކޮންފަދައަކުންތޯއެވެ. އޭނާ ވިދާޅުވިޔޭ. އަހުރެން އެކަލާނގެ حضرة އަށް ގެންދެވި ހިނދުގައި وَحِى ކުރެއްވިޔޭ. ކަލޭގެއަކީ ބަސްތައް ކުރުގަޅުވައި ރިވެތި ވައްތަރު ޖައްސައިގެން މިހިރީ ހައުދަހައިވާ ދޫފަސޭހަ މީހެކޭ ބުނެވޭގޮތުން خُطْبَة ކިޔާ މީހާތާއެވެ.  

އަހުރެން ދެންނެވީމޭ. ނިކަމެތި އަޅާ ތިޔަގޮތްތައް ހަދައިގެންވެސް ކިޔަނީ އިބަސުވާމީންގެ ސިފަފުޅުތަކެވެ. ދެން وحى ކުރެއްވިޔޭ. އެއީ ކޮން ގޮތަކުންހެއްޔެވެ. އަހުރެން ދެންނެވީމެވެ. އެގޮތީ اَمَاتَهُمُ الَّذى خَلَقَهُمْ وَاَسْكَتَهُمُ الَّذِى اَنْطَقَهُمْ وَسَيُو جِدُهُمْ كَمَا اَعْدَمَهُمْ وَسَيَجْمَعَهُمْ كَمَا فَرَّقَهُمْ فَاِنْ شَآءَ عَذَّبَهُمْ وَاِنْشَاءَ غَفَرَ لَهُمْ ދެން وحى ކުރެއްވިއޭ ތިބާއީ ތެދެކެވެ. ފާފަ ފުއްސަވައިފީމެވެ، ދެންދާށެވެ.  

مَنْصُور بن عمَّار ގެ ކިބައިން ރިވާވެގެންވެޔޭ އޭނާ އަވަހާރަވުމަށްފަހުގައި އޭނާގެ ދަރިވަރަކަށް ހުވަފެނުގައި ފެނުނެވެ. އެމީހާ ދެންނެވިޔޭ. މާތްރަސްކަލާނގެ ކަލޭގެފާނާ މެދުގައި ކިހިނަކުންކަންތައް ކުރެއްވިތޯއެވެ. އޭނާ ވިދާޅުވިޔޭ އަހުރެން ގެންދަވައި އެކަލާނގެ حضرة ގައި قائم ކުރައްވައިފައި وَحى ކުރެއްވިޔޭ ކަލޭގެ ތިމަންސުވާމީންގެ حضرة އަށް ތިޔައައީ ކޮން عمل އަކާއިގެންހެއްޔެވެ.  

އަހުރެން ދެންނެވީމެވެ. އައީ ތިންދޮޅަސް حجّ އާއިގެންނެވެ. وَحى ކުރެއްވިޔޭ ތިޔައިން އެންމެ حجّ އެއްވެސް قبول ވެވޭގޮތެއްގައި ނުވެއެވެ. ދަންނަވައިފީމެވެ. ތިންސަތޭކަ ފަސްދޮޅަސް ختم އެބައޮތެވެ. އެއީ އިބަސުވާމީންގެ وَجه ފުޅަށްޓަކައި ކިޔެވިއަތީއެވެ. وَحِى ކުރެއްވިއެވެ. އެންމެ خَتِم އެއްވެސް قبول އެއް ނުކުރައްވަމެވެ. ދެންކޮންކަމެއްހެއްޔެވެ. ދަންނަވައިފީމޭ. ދެންއޮތް عمل އަކީ އިބަސުވާމީންގެ رَحْمَة އާއިމެދުގައި އެދުންވެރިވަމުން އައިކަމެވެ. وَحِى ކުރެއްވިޔޭ ތިޔައައީ ރަނގަޅަށެވެ. ފާފަ ފުއްސަވައިފީމެވެ. ދެން ދާށެވެ.

މިބާވަތުގެ خبر ތައް ލިބޭ މިޒާތްޒާތުގެ ވާހަކަތައް ވަރަށް ގިނައެވެ. އަހުރެން މިހައި މިންވަރަށް މިދައްކައިލީ މިމިންވަރުންވެސް اقتدا ވާމީހަކަށް اقتدا ވުމަށް ފުދޭކަމަށް ޓަކައެވެ.  

މީސްތަކުންކުރެ ބައެއްމީހުން كُرْسِى އާހަމައިން އަނބުރާ ރައްދު ކުރެއްވެއެވެ. ބައެއްމީހުން حجاب ތަކާއި ހަމައިން ރައްދުކުރެއްވެއެވެ. މާތްރަސްކަލާނގެ حَضْرة އަށް واصل ވެވެނީ އެކަލާނގެ مَعْرِفَة ކޮށް ދަންނަ مَعْرِفَة ވެރީންނަށެވެ. އެކަލާނގެ حَضْرَة ގައި تَشْرِيف ގެ މަގުން قَائِم ކުރެއްވެނީ ހަތަރުވަނަ مقامގެ މީހުންނާއި، އެއިގެ މަތީދަރަޖައިގެ މީހުންނެވެ. 

ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން

 

މިއަދު އޮންލައިން