ފަރުވާކުޑަކުރެވުމުގެ ސަބަބުން ﷲ ގެ ޙަޟްރަތުގަ އެންމެ ދަހި މީހުން ގިނަވަނީ! ސަލާމަތްވެވޭނީ މި ހަދީޘްފުޅަށް ޢަމަލުކުރީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 21ސ
ފަރުވާކުޑަކުރެވުމުގެ ސަބަބުން ﷲ ގެ ޙަޟްރަތުގަ އެންމެ ދަހި މީހުން ގިނަވަނީ! ސަލާމަތްވެވޭނީ މި ހަދީޘްފުޅަށް ޢަމަލުކުރީމަ!

ޞަޙާބީންނާއި ތާބިއީ ބޭކަލުން އެންމެ ބޮޑަށް ސަމާލުކަންދެއްވައިގެން ޢަމަލުކުރެއްވެވި ބައެއް ކަންކަން އުވި ނެތެމުންދަނީއެވެ. އެކަމެއް ކުރަން ﷲ ތަޢާލާ އަންގަވާފައިވާ އަދި އެކަމެއް ކުރުމުން ޘަވާބު ދެއްވަވާ ކަންކަން ކުރުންވެސް މަދުވަމުންދަނީއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.  

ދީނުގައިވާ ކަންކަން ދަސްކުރަން މަސައްކަތްކުރެވުން މިދަނީ މަދުވަމުންނެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ގެއްލެނިވެގެންދާ މީހުންވެސް ދަނީ ގިނަވަމުންނެވެ. އެއީ ޤަޞްދުގައި ކުރާ ކަމެއް ނޫންކަމަށްވެސް ވެދާނެއެވެ. 

ގިނަ ބައަކަށް ބައެއްކަންކަން މެދުވެރިވެ ގެއްލެނިވެގެންދަނީ އެކަން އެމީހާއަށް ނުވެސް އެނގިހުރެއެވެ. އެހެންކަމުން ފުރަތަމަ ކަމަކަށް މި ޙަދީޘްފުޅު ޢަރަބިބަހުން ކިޔައިލާށެވެ!  

نْ أَبِيهِ عَلِيِّ بْنِ حُسَيْنٍ عَنْ أَبِيهِ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ الْبَخِيلُ الَّذِي مَنْ ذُكِرْتُ عِنْدَهُ فَلَمْ يُصَلِّ عَلَيَّ

3546 سنن الترمذي كتاب الدعوات باب قول رسول الله صلى الله عليه وسلم رغم أنف رجل

3546 المحدث الألباني خلاصة حكم المحدث صحيح في صحيح الترمذ 

Ali ibn Abi Talib reported: The Prophet, peace and blessings be upon him, said,

“The miser is one in whose presence I am mentioned and he does not bless me.”

Source: Sunan al-Tirmidhī 3546

Grade: Sahih (authentic) according to Al-Albani 

ދެން މިލިޔުންވެސް ވިދާޅުވެލައްވާށެވެ!  

"ޖަލްސާއެއްގައި ނަމަވެސް ދަރުސެއްގައި ނަމަވެސް އަދި ދެކެވޭ ވާހަކައެއްގައި ނަމަވެސް ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ ނަންފުޅު ކީއްޖެނަމަ ޞަލަވާތް ލެއްވެވުން އެދި ދުޢާކުރާށެވެ! صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ކިޔާށެވެ! ﷲ ތަޢާލާގެ ރަޙްމަތް އެމީހަކަށް ލިބިގެންދާނެއެވެ. ކިޔާ ކޮންމެ ފަހަރަކަށް 10 ރަޙްމަތް ލައްވަވާނެއެވެ.  

ﷲ ތަޢާލާގެ ރަހްމަތަށް އަހަރެމެންނަށް އިންތިހާއަށް ވަނީ ބޭނުންވެގެންނެވެ. އެންމެ ހިނދުކޮޅަކަށް ނަމަވެސް ﷲ ތަޢާލާގެ ރަޙްމަތް ކެނޑިއްޖެނަމަ އަހަރެމެންނަށް ލިބިގެންދާނެ ވިސްނައިލާށެވެ."  

ބައެއް ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި ޓީވީން ނުވަތަ އެނޫން ވަސީލަތަކުން ނަމަވެސް ރަސޫލް صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ ނަންފުޅުގެ އަޑުއިވިއްޖެނަމަ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ކިޔަވަންވާނެއެވެ. އެހެނީ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ ނަންފުޅުގެ އަޑު އިވުމުން އޮތީ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ކިޔުމެވެ. އަޑު އިވުނު ގޮތުގެ މުހިންމުކަމެއް ނެތެވެ.  

މިހައި ފަސޭހައިން މިހައި ގިނަ ޘަވާބު ލިބެން އޮތް ކަމެއްގައި ގިނަ ބައަކު މިއަދު ވަނީ ވަރަށް ބޮޑަށް އިހްމާލްވެފައެވެ. ވިސްނައި ހޭލުންތެރިވަމާތޯއެވެ! ނޫންނަމަ މި ބަޔާންކުރި ޙަދީޘްފުޅުގައިވާގޮތުގެމަތިން އެމީހަކީ ބަޚީލަކު ކަމުގައިވެގެންދާނެތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން