މައިންބަފައިން އަހުރެމެންނަށް ކޮށްދޭ ޚިދުމަތުގެ އަގުވަޒަންކޮށް ޝުކުރުވެރިވުމުގެ ގޮތުން ކުރަން އޮތް އެންމެ ރަނގަޅު އެއް ކަމަކީ އެމީހުންނަށްޓަކައި ހެޔޮދުޢާކުރުމެވެ. އެމީހުން މަރުވުމުން އޮތީ ދުޢާކުރުން ގިނަކުރުމެވެ. އެމީހުން ދުނިޔޭގައި ތިއްބައިވެސް އެމީހުންނަށްޓަކައި ހެޔޮދުޢާކުރަންވާނެއެވެ.
މިއީ މައިންބަފައިން ދުނިޔޭގައި ތިއްބައި ކުރަން އޮތް ދުޢާއެކެވެ!
اللَّهُمَّ أطِلْ عُمْرَ وَالِدَيَّ فِى طَاعَتِكَ وَمَعْرِفَتِكَ وَامْلَأَ قَلْبَهُمَا مِنَ الْيَقِيْن وَهَوِّن عَلَيْهِمَا سَكَرَاتِ الْمَوْتِ وَاخْتِمْ لَهُمَا بِلْحُسْنَى وَرْزُقْهُمَا بِمُرَافَقَةِ النَّبِيِّ سَيِّدِ نَا مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ فِى أعْلَى جَنَّةِ الْخُلْدِ وَنَعِّمْهُمَا بِكَمَالِ لَذَّةِ النَّظَرِ اِلَى وَجْهِكَ الْكَرِيْم.
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިނބަރަސްކަލާނގެ ޙަޟުރަތަށް ކިޔަމަންތެރިވެ އިބަރަސްކަލާނގެ ޙަޟުރަތު މަޢުރިފާކޮށް ދެނެގަތުމުގައި މިއަޅާގެ މަންމައާއި ބައްޕަގެ ޢުމުރު ދިގުކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ ޙަޟުރަތާމެދު އޮންނަ ޔަޤީންކަމުން އެދެމީހުންގެ ހިތް ފުރުއްވާލައްވާނދޭވެ! އަދި އެދެމީހުންގެ މައްޗަށް މަރުގެ ސަކަރާތްތައް ލުއިކުރައްވާނދޭވެ! އަދި ރަގަޅު ނިމުމެއް އެދެމީހުންނަށް ދެއްވާނދޭވެ! އަދި ދާއިމީ ސުވަރުގޭގައި މާތް މުޙައްމަދު ނަބިއްޔާ صَلَّى الله عَلَيْه وَسَلَّمَ ގެ އަރިހުގައި ތިބުމުގެ ތައުފީޤު އެދެމީހުންނަށް ދެއްވާނދޭވެ! އަދި އިބަރަސްކަލާނގެ ވަޖުހަފުޅު ދުށުމުގެ ހެޔޮނަޞީބު އެދެމީހުންނަށް ދެއްވާނދޭވެ!
- ދުޢާ އާއި މާނަ : މުޙައްމަދު މޫސާ (ނައިފަރު)