އަނެކާ އެހުންނަނީ އުފަލުގަކަމަށް ބަލައި ފުއްދާލައިގެން ހުރުމަކީ ހެދޭ ބޮޑު ގޯހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އަނެކާ އެހުންނަނީ އުފަލުގަކަމަށް ބަލައި ފުއްދާލައިގެން ހުރުމަކީ ހެދޭ ބޮޑު ގޯހެއް!

އެއްދުވަހު ކައުންސިލިންގ ހޯދަން އައި ދެމަފިރިއެކެވެ. ފިރިމީހާ ބުނީ މިއައީ އަންހެނުން އެދިގެން ކަމަށާއި ކައުންސިލިންގ ހޯދަން އަންނަން ޖެހޭ ސަބަބެއް އޮތްކަން ޢޭނާއަށް ނުއެނގޭ ކަމަށެވެ.  

އެހިސާބުން އަންހެންމީހާ އަނގަހުޅުވިއެވެ. ދިރިއުޅުމުގައި މެދުވެރިވާ މައްސަލަތައް ކިޔައިދޭން ފެށިއެވެ. އިރުކޮޅެއްވީއިރު ފިރިމިހާއަށް އިނީ ރޮވިފައެވެ. އޭނާއަށް ބުނެވުނެވެ. "ތިއައިން އެއްވެސް ކަމެއްގެ ވާހަކަ އަހުރެންގެ ގާތުގައި ނުބުނެހުރީ ކީއްވެގެން ހެއްޔެވެ؟ އަހުރެން ހީކޮށްގެން މިހުންނަނީ ތިބާ ހުންނަނީ އުފަލުގައި ކަމަށެވެ." 

"އަނބިމީހާ ބުންޏެވެ. "ކަމެއްގެ ވާހަކަ ދައްކަން އުޅޭއިރަށް ތިބާ ކަންބޮޑުވެއެވެ. ދައްކަނީ ބޮލަށް އުނދަގޫވާ ކަމެވެ. އެޙާލަތުގައި ދެއްކޭނީ ކޮން ވާހަކައެއް ހެއްޔެވެ؟"  

މިފަދަ މައްސަލަތައް ކޮންމެ ދުވަހަކުހެން ކުރިމަތިވެއެވެ. މައްސަލައަކަށް މިވަނީ މާބޮޑުކަމެއް ނޫނެވެ. އެކަމަކު އެންމެ ބޮޑު ކަންތަކެވެ. ދެމަފިރިންގެ މެދުގައި ދައްކަންޖެހޭވަރަށް ވާހަކަ ނުދެއްކޭ ކަމެވެ. މަޝްވަރާނުކުރެވޭ ކަމެވެ. އަނެކާގެ އަޑުއަހަން ފަސްޖެހެވޭ ކަމެވެ. ޝަކުވާގެ އަޑު ނުއިވޭތީ ބައިވެރިޔާ ހުންނަނީ އުފަލުންކަމަށް ޔަޤީންކޮށް ނިންމައިލެވޭ ކަމެވެ. 

އެގޮތަށް އެކަން މެދުވެރިނުކުރާށެވެ. ދެމަފިރިންގެ މެދުގައި ވާހަކަދެއްކުން ގިނަކުރާށެވެ. އަނެކާ ހުންނަނީ ހިތްހަމަޖެހިގެންކަން ޔަޤީންކުރާށެވެ. އެހެން ނޫންނަމަ ކުރިމަތިވާނީ ކުރިންވެސް މިބުނި ފަދަ ޙާލަތުތަކެވެ. މީގެ އެންމެ ދެރަކަމަކީ ހިތްހަމަނުޖެހިގެން ހުންނަނަމަ އެކަން ބޮޑުކަމަކަށް ބަދަލުވެ ނަފްސާނީ މައްސަލަތައްވެސް ކުރިމަތިވާކަމެވެ.

 

- ޑރ. ޚަދީޖާ / މިއަދުނޫސް

މިއަދު އޮންލައިން