ޢާއިޝަތު ރަފާޙް ޢަލީ
ކުރީގެ ޒަމާންތަކުގައި ރަށްތަކަށް ޢަޛާބު ފޮނުއްވަވައި ރަށްތަކާއި މީސްތަކުން ނެތިކުރެއްވެވި ފަދައިން މިއަދު ކަންކަން ހިނގަމުންދާތަން ނުފެނުމަކީ އިތުރަށް އެފަދަ ކަންކަން މެދުވެރިނުވާނެ ކަމުގެ ސަބަބެއް ނޫނެވެ. ދުނިޔޭގެ ކަންކޮލޫތަކުން ކޮންމެ ދުވަހަކުހެން ފެނަނަމުން މިދަނީ އެކަމުގެ ހެކިތަކެވެ.
ޙައްޖު ސޫރަތުގެ 42 ވަަނަ އާޔަތުން 60 ވަނަ އާޔަތަށް ވަޙީ ކުރައްވާފައިވެއެވެ.
وَإِن يُكَذِّبُوكَ فَقَدْ كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَعَادٌ وَثَمُودُ ﴿٤٢﴾ وَقَوْمُ إِبْرَاهِيمَ وَقَوْمُ لُوطٍ ﴿٤٣﴾ وَأَصْحَابُ مَدْيَنَ ۖ وَكُذِّبَ مُوسَىٰ فَأَمْلَيْتُ لِلْكَافِرِينَ ثُمَّ أَخَذْتُهُمْ ۖ فَكَيْفَ كَانَ نَكِيرِ ﴿٤٤﴾ فَكَأَيِّن مِّن قَرْيَةٍ أَهْلَكْنَاهَا وَهِيَ ظَالِمَةٌ فَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا وَبِئْرٍ مُّعَطَّلَةٍ وَقَصْرٍ مَّشِيدٍ ﴿٤٥﴾ أَفَلَمْ يَسِيرُوا فِي الْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا أَوْ آذَانٌ يَسْمَعُونَ بِهَا ۖ فَإِنَّهَا لَا تَعْمَى الْأَبْصَارُ وَلَٰكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ ﴿٤٦﴾وَيَسْتَعْجِلُونَكَ بِالْعَذَابِ وَلَن يُخْلِفَ اللَّهُ وَعْدَهُ ۚ وَإِنَّ يَوْمًا عِندَ رَبِّكَ كَأَلْفِ سَنَةٍ مِّمَّا تَعُدُّونَ ﴿٤٧﴾ وَكَأَيِّن مِّن قَرْيَةٍ أَمْلَيْتُ لَهَا وَهِيَ ظَالِمَةٌ ثُمَّ أَخَذْتُهَا وَإِلَيَّ الْمَصِيرُ ﴿٤٨﴾ قُلْ يَا أَيُّهَا النَّاسُ إِنَّمَا أَنَا لَكُمْ نَذِيرٌ مُّبِينٌ ﴿٤٩﴾ فَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ ﴿٥٠﴾ وَالَّذِينَ سَعَوْا فِي آيَاتِنَا مُعَاجِزِينَ أُولَٰئِكَ أَصْحَابُ الْجَحِيمِ ﴿٥١﴾ وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ وَلَا نَبِيٍّ إِلَّا إِذَا تَمَنَّىٰ أَلْقَى الشَّيْطَانُ فِي أُمْنِيَّتِهِ فَيَنسَخُ اللَّهُ مَا يُلْقِي الشَّيْطَانُ ثُمَّ يُحْكِمُ اللَّهُ آيَاتِهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ ﴿٥٢﴾
މާނައީ: "އެއުރެން ކަލޭގެފާނު ދޮގުކުޅަޔަސް، ހަމަކަށަވަރުން، އެއުރެންގެކުރިން نوح ގެފާނުގެ قوم ގެމީހުންނާއި، عاد ބާގައިމީހުންނާއި، ثمود ބާގައިމީހުން (އެއުރެންގެ رسول ން) ދޮގުކޮށްފައިވެއެވެ. (42) އަދި إبراهيم ގެފާނުގެ قوم ގެމީހުންނާއި، لوط ގެފާނުގެ قوم ގެމީހުންވެސްމެއެވެ. (43) އަދި مدين ގެ أهل ވެރިންވެސްމެއެވެ. އަދި موسى ގެފާނުވެސް ދޮގުކުރެވުނެވެ. ފަހެ، كافر ވި މީހުންނަށް، ތިމަންރަސްކަލާނގެ مهلة ދެއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެއުރެންނަށް عقوبات ދެއްވައި ހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ عقوبات ދެއްވުންވީ ކޮންފަދައަކުން ހެއްޔެވެ؟ (44) އެރަށްތަކުގެ أهل ވެރިން، އަނިޔާވެރިވެގެންވީހިނދު، ތިމަންރަސްކަލާނގެ ހަލާކުކުރެއްވީ ކިތައްކިތައްރަށް ހެއްޔެވެ؟ ފަހެ، އެ ރަށްރަށްވަނީ، ފުރާޅުތަކާއި، عمارات ތައް ވެއްޓި ފުނޑުފުނޑުވެފައެވެ. އަދި (އެ ރަށްރަށުގައިވަނީ) ފަޅުވެފައިވާ ކިތައްކިތައް ވަޅާއި، އުސްކޮށް ބިނާކޮށްފައިވާ ކިތައްކިތައް ގަނޑުވަރު ހެއްޔެވެ؟ (45) ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް ނޫޅެނީހެއްޔެވެ؟ އެހެންނަމަ، އެއުރެން އެއިން ވިސްނައިހަދާނޭ ހިތްތަކެއް އެއުރެންނަށްވީހެވެ. ނުވަތަ އެއިން އެއުރެން އަޑުއަހާނޭ ކަންފަތްތަކެއް (އެއުރެންނަށް) ވީހެވެ. އެހެނީ ހަމަކަށަވަރުން، ލޯތައް ކަނުވަނީއަކީނޫނެވެ. އެހެނެއްކަމަކު، ކަނުވަނީ މޭތަކުގައިވާ ހިތްތަކެވެ. (46) އެއުރެން ކަލޭގެފާނުގެ އަރިހުން عذاب އަވަސްވުމަށް އެދޭނެތެވެ. އަދި اللَّه، އެކަލާނގެ وعد ފުޅަކާ خلاف ވެވޮޑިއެއް ނުގަންނަވާނެތެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި، އެންމެ ދުވަހެއްވަނީ، ތިޔަބައިމީހުން ގުނައި عدد ކުރާ އަހަރުތަކުން އެއްހާސް އަހަރާ އެއްފަދަވެގެންނެވެ. (47) އެ ރަށްތަކުގެ أهل ވެރިން އަނިޔާވެރިވެގެންވީ ހިނދު، ތިމަންރަސްކަލާނގެ مهلة ދެއްވީ ކިތައްކިތައް ރަށަށް ހެއްޔެވެ؟ ދެން އެ ރަށްތަކުގެ أهل ވެރިންނަށް عقوبات ދެއްވައި ހިއްޕެވީމެވެ. އަދި (އެއުރެން) رجوع ވުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ. (48) ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ތިމަންކަލޭގެފާނު ވާކަން ކަށަވަރީ، ތިޔަބައިމީހުންނަށްޓަކައި ހުންނެވި إنذار ކުރައްވާ ބޭކަލަކު ކަމުގައެވެ. (49) ފަހެ، إيمان ވެ صالح عمل ތައް ކުޅަމީހުން (ދަންނާށެވެ!) އެއުރެންނަށް ފާފުފުއްސެވުމާއި، ދީލަތިވެގެންވާ رزق ހުށްޓެވެ. (50) އަދި ތިމަންރަސްކަލާނގެ آية ތަކާމެދު، ދެކޮޅުހަދައި ނުކުޅައްދަން އުޅޭމީހުންނަކީ، ނަރަކައިގެ أهل ވެރިންނެވެ. (51) އެބޭކަލަކު ކިޔަވައިވިދާޅުވެއްޖެހިނދު، އެބޭކަލެއްގެ ކިޔަވައި ވިދާޅުވުމުގެ ތެރެޔަށް، شيطان އާ، އޭނާގެ ވަސްވާސްތެރިކަން ވައްދާފައިވާ ބޭކަލަކު މެނުވީ، ކަލޭގެފާނުގެކުރިން އެއްވެސް رسول އަކު، އަދި ނަބިއްޔަކުވެސް، ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، اللَّه، شيطان އާ ވައްދާ ވަސްވާސްތެރިކަން ނެތިކުރައްވަތެވެ. ދެން اللَّه، އެކަލާނގެ آية ތައް ثابت ކޮށްދެއްވަތެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ. "(52)