ރަމަޟާންމަސް ކަމަށްވުމުން އަޅުކަމުގަ އަވަދިނެތި އުޅުނަސް ދެމަފިރިންގެ ގުޅުންތައް ދެމެހެއްޓުމުން ކުރާނެ ފައިދާ ވަރަށް ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ރަމަޟާންމަސް ކަމަށްވުމުން އަޅުކަމުގަ އަވަދިނެތި އުޅުނަސް ދެމަފިރިންގެ ގުޅުންތައް ދެމެހެއްޓުމުން ކުރާނެ ފައިދާ ވަރަށް ބޮޑު!

ރަމަޟާންމަސް ބައްދަލުކުރުމުން އޮތީ ވީހާގިނައިން ހެޔޮ ޢަމަލުތައް ކުރުމެވެ. ރޭގަނޑުގެ ވަޤުތުތަކުގައި ވީހާ ގިނައިން ޜޭއަޅުކަންކުރަން މަސައްކަތްކުރަންވާނެއެވެ. އަދި ދުވާލު ރޯދައަށް ހުރެގެންވެސް ވީހާ ގިނަ ހެޔޮ ޢަމަލުތައް ކުރަން މަސައްކަތްކުރަންވާނެއެވެ.  

ބައެއް ފަހަރު ދިމާވާ ގޮތަކީ އަޅުކަމާއިގެން އުޅެން ހަދައިގެން ދެމަފިރިންގެ ގުޅުންތައް ދަމަހައްޓަން ނުވަތަ ބަދަހިކުރަން ވަޤުތުނުވުމެވެ. އެކަން އެގޮތަށް މެދުވެރިނުކުރާށެވެ. ދެމަފިރިންގެ މެދުގައި ބާވަންޖެހޭ ގުޅުންތައް ބޭއްވުމަކީވެސް އަޅުކަމެކެވެ.  

އެކަގައި ކައިބޮއިހަދާށެވެ! ވާހަކަދައްކާލަން ވަޤުތު ހޭދަކުރާށެވެ. އަދި އަނެކާގެ ބޭނުންތަކަށް އިޙްތިރާމްކުރާށެވެ. އަނެކާގެ ހިތްހަމަޖައްސައިދޭން މަސައްކަތްކުރާށެވެ. ސަބަބު ކުރިން މިބުނީއެވެ. ދެމަފިރިންގެ މެދުގައި ބާއްވަންޖެހޭ ގުޅުންތައް ރަނގަޅު ގޮތުގައި ބޭއްވުމަކީވެސް ހަމަ އަޅުކަމކެވެ. 

ހަމައެއާއިއެކު އެކަކު އަނެކަކަށް ހެޔޮކޮށްހިތުން އިތުރުކުރާށެވެ. ކުރިން ވެވިފައިވާ އިހްމާލުތަކުގެ ބަދަލުދޭން މަސައްކަތްކުރާށެވެ. އެގޮތަށް މަސްނިމެންދެން ކަންކަން ކުރެވިއްޖެނަމަ މާޒީގައި ޖެހިފައިވާ ލައްތަށް ފިލައިގެންދާނެއެވެ. ޢީދު އަންނައިރު ދެމަފިރިންގެ ގުޅުން އޮންނާނީ މާމަތީ ދަރަކައަކަށް ގޮސްފައެވެ. އިން ޝާ ﷲ  

މިކަންކަން ހަނދުމަކޮށްލައި މިދިނީ ބައެއް މީހުންނަށް ކަންކަން ވިސްނޭ ގޮތް ތަފާތުވެ ދެމަފިރިންގެ ގުޅުމަށް ހީނަރުކަން ލިބޭނެ ގޮތަށް ކަންކަން ކުރެވޭތީއެވެ. އިސްލާމް ދީނުގައި ހުރީ ކުއި ފަސޭހަ ގޮތްތަކެވެ. ދެމަފިރިން ސަމާލުވާން އޮތީ ރޯދައަށް ތިބޭ ވަޤުތުގައި އެކަންޏެވެ. އެވަޤުތުގައި ރޯދަގެއްލިދާނެ، އަދި ރޯދައަށް ކިތަންމެ ކުޑަނަމަވެސް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ނުކުރާށެވެ! ރޯދައަށް ރައްކައުތެރިވުމަކީ އެއީއެވެ.


- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން