ބަންގިގޮވުމުން ނަމާދަށް އަވަސްވެނުގަނެ ތިބެ ކުރާ މަސައްކަތުން ފައިދާކުރާނެ ކަމަށް ނުވިސްނާތި! ޙަޤީޤީ ފައިދާއެއް ނުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ބަންގިގޮވުމުން ނަމާދަށް އަވަސްވެނުގަނެ ތިބެ ކުރާ މަސައްކަތުން ފައިދާކުރާނެ ކަމަށް ނުވިސްނާތި! ޙަޤީޤީ ފައިދާއެއް ނުކުރާނެ!

ކުރާނެ މަސައްކަތް ދެއްވަވަނީ ﷲ ތޢާލާއެވެ. ކުރާ މަސައްކަތުގަ ބަރަކާތް ލައްވަވަނީވެސް ﷲ ތަޢާލާއެވެ. ބަންގިގޮވުމުން ވަގުތުން ޢިޖާބަދާން އަންގަވާފައިވަނީ ވެސް ހަމަ ﷲ ތަޢާލާއެވެ! ނަމާދުކޮށް ނިމުން އަވަހަށް މަސައްކަތަށް އެނބުރެން އެންގެވީވެސް ﷲ ތަޢާލާއެވެ.  

ބަންގިގޮވުމުން ވަގުތުން ނަމާދުނުކުރެވޭ މީހުން ނަމާދުކުރުމަށްޓަކައި ކޮންމެ ނަމާދެއް ކުރުމަށްވެސް އެކަށީގެންވާ ވަގުތު ވަނީ ދެއްވަވައިފައެވެ.  އެ ވަގުތުގެ ތެރޭގައި ނަމާދުކުރަން ޖެހޭނެ އެވެ. އަދި ނަމާދުތައް އެނަމާދުގެ ވަގުތުގައި އަދާކުރާ ބިލިއަނަރުންވެސް އެބަތިއްބެވެ! އަމިއްލަ އެތައް ބައިވަރު ކުންފުނިތަކެއް ހިންގަމުން ކުރަންޖެހޭ މަސައްކަތްވެސް ކުރަމުންނެވެ. އެހެންކަމުން ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް ނަމާދުތައް ވަގުތުގައި ކުރަންބޭނުންވާ އެންމެންނަށްވެސް ނަމާދުކުރަން ބޭނުންމަ ނަމާދުކުރެވޭނެ އެވެ!  

އާދޭސްކޮށްފައި ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް ނަމާދު ނާޅާށެވެ! ނަމާދުނުކުރެވުނީ މަސައްކަތް ބުރަކަމުން ކަމަށް ބުނެ ތިމާކުރާ މަސައްކަތާއި ނަމާދުނުކުރެވުމާއި ނުއަޅުވާށެވެ! އެއީ އެއްވެސް ގޮތަކުން ކުރެވެން އޮތް ކަމެއް ނޫނެވެ.  

ގިނަ ބައަކަށް އެންމެ ގިނައިން ކުރިމަތިވާ މައްސަލައަކީ ނަމާދުނުކުރަން ނިންމަނީއެއް ނޫނެވެ. ނިންމެނީ އަނެއް ނަމާދުގެ ވަޤުތާއި ކައިރިކޮށްލާފައި ދެނަމާދުއެކުގައި ކުރާށެވެ! ނަމަވެސް ކޮންމެވެސް ކަންތައްތަކެއް މެދުވެރިވެ އެވަޤުތު ފާއިތުވެގެންދަނީ އެވެ. މިޘާލަކަށް ޢަޞްރު ނަމާދުގެ ވަޤުތާއި ޣާތްވުމުން މެންދުރުނަމާދާއި ޢަޞްރުނަމާދުކުރަން ނިންމައިގެން ހުއްޓައި މެންދުރު ނަމާދުނުކުރެވެނީސް ޢަޞްރު ވަޤުތުވެ މެންދުރު ނަމާދުގެ ވަޤުތު ފާއިތުވެގެންދަނީއެވެ.

ލޮބުވެތި އެކުވެރިންނޭވެ! ހަމަ އެންމެ ނަމާދެއްވެސް ވަޤުތުގެ ފަހުކޮޅު ކުރަން ލަސްނުކުރާށެވެ! ބަންގިގޮވުމުން ތިމާކުރާ ފުރަތަމަ ކަމަކީ ނަމާދުކުރުން ކަމުގައި ހަދާށެވެ! އެއިރުން ތިބާ ދެން ކުރަންހުރި ކަންކަން ކުރަން ﷲ ތަޢާލާ މަގުފަހިކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ، ޙަޤީޤީ ފައިދާކުރާނީ ނަމާދުކުރަން އަވަސްވެގަތުމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން