ގިނަ ފިރިހެނުން އެންމެ ދެރަވާނީ އަނބިމީހާ ދެރަވެ އާދޭސްނުކުރާނަމަ! އަންހެނަކަށް އެއްވެސް މީހަކަށް އާދޭސްނުކޮށް އުޅެވޭނެގޮތް އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ގިނަ ފިރިހެނުން އެންމެ ދެރަވާނީ އަނބިމީހާ ދެރަވެ އާދޭސްނުކުރާނަމަ! އަންހެނަކަށް އެއްވެސް މީހަކަށް އާދޭސްނުކޮށް އުޅެވޭނެގޮތް
އެނގޭތަ؟

ގިނަ ފިރިހެނުން އެންމެ ދެރަވާނީ އަނބިމީހާ ދެރަވެ އާދޭސްނުކުރާނަމައެވެ. އެއިރުން އަނބިމީހާގެ ހަރުދަނާކަން ވިސްނޭނެއެވެ. ތިމާ ކޮށްނުދޭ ކަންކަން ކުރެވޭނެ ގޮތެއް ހޯދައިފިކަމަށްވެސް ވިސްނޭނެއެވެ. ތިމާއާއިނުލައި އުޅެފާނެކަންވެސް ވިސްނޭނެއެވެ.  

ފިރިމީހާއަށްވެސް އަދި އެހެން މީހަކަށްވެސް އާދޭސްނުކޮށް އުޅެވޭނެއެވެ. ކުރަންއޮތީ ދެކަމެކެވެ.ީ އެއީ އަމިއްލަ ނަފްސުދެކެ ލޯބިވެ އަމިއްލަ ނަފްސަށް އިތުބާރުކުރުމާއި އާދޭސް ދަންނަވަން އޮތް ހަމައެކަނި ފަރާތަކީ ﷲ ތަޢާލާކަން ޤަބޫލުކޮށް ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައި ވަރުގަދަ ގުޅުމެއް އުފެއްދުމެވެ.  

އެކަން ކުރެވޭނީ ﷲ ތަޢާލާއަށް ތިމާޢަދާކުރަންޖެހޭ ޒިންމާތައް އަދާކުރާނަމައެވެ. ފާފަނުކޮށް ހުންނަން މަސައްކަތްކުރާނަމައެވެ. ފަރުޟްނަމާދުތައްކުރުމުގެ އިތުރަށް ސުންނަތް ނަމާދުތައްކުރާށެވެ. ޚާއްޞަކޮށް ރޭއަޅުކަންކުރާށެވެ. ރޭގަނޑުގެ ފަހުބައިގެ ވަޤުތުކޮޅެއްގައި ޛިކުރުކޮށް ދުޢާކުރާށެވެ! އެއްވެސް މީހަކަށް އާދޭސްނުކޮށް ދުނިޔޭގައި އުޅުމުގެ ހިތްވަރު ދެއްވަވާނެތެވެ. އަދި އެކަމަށް މަގުފަހިވެސް ކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން