ދުނިޔޭގައި ހުރިނަމަ މުސްކުޅިވެ ގައިބާރުދެރަވާނެއެވެ. އަދި ކޮންމެ ޢުމުރެއްގައިވެސް ދިމާވާ ކަމެއްގެ ސަބަބުން އަޅުކަން ކުރަން ބޭނުންވާވަރަށް، ކުރަން ބޭނުންވާ ގޮތަށް ނުކުރެވޭނެ ޙާލަތެއް މެދުވެރިވެދާނެއެވެ. އެހުންނަނީ އެއްވެސް މީހަކަށް އެނގޭނެ ކަންކަމެއް ނޫނެވެ. އަޅުގަނޑުމެންނަށް އޮތީ ކުރިއާލައި އެކަމަށް ތައްޔާރުވުމެވެ.
އެކަމަށް ތައްޔާރުވާން ޢަމަލުކުރަން އޮތްގޮތްވެސް މިއޮތީ އެނގޭށެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ.
ތިމަންނަގެ ޒުވާން ދުވަސްވަރޭމީ މާދަން މުސްކުޅިވީމަ ރަނގަޅަށް އުޅޭނަމޭ ތަނަވަސް ކަމުގެ އަހުލުވެރިންވެސް އެބަބުނޭ ބުނީމާ ޙައްޖަށް ދިއުމުގެ ވާހަކަ ދެއްކީމަ އެބަބުނޭ ޙައްޖަށް ދާނީ އަދި ތަންކޮޅެއް ފަހުންނޭ ބަލަ ތިމާގެ މައްޗަށް ޙައްޖު ވާޖިބުވީމާ ތިމާ ލަސްކޮށްގެން ނުވާނޭ ވަކި ޢުމުރަކަށޭ ކިޔާފާ އަދި މިހެން އުފަލާއި މަޖަލުގާ އުޅެލާނީއޭ ވަކިވަރަކަށް ޢުމުރު ދިޔައިމާ ދެން ތައުބާވާނީއޭ،
ވަކިހިސާބަކަށްދާއިރަށް ޑޮކްޓަރުންވެސް އަންގާނެ އޭ ދެން ރޯދަނުހިފާށޭ، ތިބާގެ ސިއްޙަތަށް ރައްކަލެއްނޫނޭ ނުކައި ނުބޮއި މިހާ މުއްދަތު ވަންދެން މީހާގިނަ ވަގުތުތަކެއްގާ ހުންނާކަށް ދެން އެހެންވެ ރޯދައެއްވެސް ނުހިފޭނެ ފަރުޟު ރޯދަ އެބަ ދޫކޮށްލަންޖެހޭ އެކަމު މީހާގެ ޞިއްޙަތު ސަލާމަތުން ހުންނައިރު އެކުރާ އަޅުކަންތައް. ނަމާދުކުރަނީ، ރޯދަހިފަނީ، ޞަދަޤާތް ދެނީ، ޤުރްއާން ކިޔަވަން އިންނަނީ، ﷲ އަށް ޛިކުރުކުރަނީ، ހެޔޮ ކަންތައްތައް ތަފާތު ހެޔޮކަންތައްތައް ކުރަމުންދަނީ، އެމީހާ ބަލިވެ ތަންމަތީގާ އޮތުމަށްފަހު ސިއްޙަތު ސަލާމަތުން ހުރިއިރުގާ ކުރަމުންއައި ކަންތައްތައް ނުކުރެވުނަސް ﷲ ސުބްޙާނަހޫ ވަތަޢާލާ އެ ޘަވާބު ދެއްވާނޭ .
އެހެންވީމާ މިހާރު ކުރަންވީ އެއީ ނުކުރެވޭދުވަސް އަތުވެދާނެތީ، ނުކުރެވޭދުވަސް އައިމާ އެމީހާ ސިއްޙަތު ސަލާމަތުން ހުރިއިރު އޭނަކުރި އަޅުކަންތަކުގެ ސަވާބު ﷲ ސުބްޙާނަޙޫ ވަތަޢާލާ އޭނާއަށް ނުކުރެވޭ ދުވަހުގާ ދެއްވާނެ އިން ޝާ ﷲ. އޭނަ ނިޔަތް އެބައޮތްވިއްޔަ އެކަން ކުރަން، ޤަސްދުކޮށްގެން ހުރީ އެކަމު ބަލިމަޑުކަމަކާހުރެ އޭނަޔަށް ނުކުރެވުނީ، ދަތުރެއްގެ މަތީގާ ހުރެގެން ނުކުރެވުނީ، އޭނަ ވަޒަންވެރިއެއްގެ ގޮތުގާހުރެ، އޭނަގެ ސިއްޙަތު ސަލާމަތުންހުރެ ކުރަމުންއައި ކަންތައްތައް އެކަންކަން އޭނާއަށް ނުކުރެވޭދުވަހުގަ ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާއަށް ޘަވާބުގެ ގޮތުގައި އެދުވަސް އޭނާ އެކުރި އަޅުކަންތައް ލިޔުއްވާނެ،
- ޝައިޚް މުޙައްމަދު ލަޠީފްގެ ދަރުސަކުން