ދެމަފިރިން ދުރުކުރުވަން ހަދާ އެންމެ ބާރުގަދަ ސިޙުރަށްވުރެ ނުރައްކާކުރާ ޢަމަލު ގިނަބައަކަށް ނުވެސް ވިސްނޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ދެމަފިރިން ދުރުކުރުވަން ހަދާ އެންމެ ބާރުގަދަ ސިޙުރަށްވުރެ ނުރައްކާކުރާ ޢަމަލު ގިނަބައަކަށް ނުވެސް ވިސްނޭ!

ޝައިޠޯނާގެ މޮޅުކަމުން ކަންކަން މިވަނީ ވަރަށް ބޮޑަށް އޮޅުވާލައިފައެވެ. ޒަމާނެއްގައި ސިޙުރު ހަދަނީ އެކަން ދަންނަ މަދުބައެކެވެ. ނަމަވެސް މިއަދަށް ބަލައިފިނަމަ ސިޙުރުވެރިން ވަރަށް ގިނައެވެ. އެއިގެ ތެރޭގައި ތިމާއަށް މިކުރެވެނީ ސިޙުރުގެ ޢަމަލެއްކަން ނުއެނގި ތިބެ ކަންކަން ކުޜާމީހުންވެސް ބައިވަރެވެ.    

މިހާރަކަށް އައިސް ދެމަފިރިއަކު އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކޮށްގެން، ލޯބިދީގެން އަދި ދެމީހުންވެސް އެކަކު އަނެކަކަށް ކިޔަމަންތެރިވެގެން ދިރިއުޅޭނަމަ އެއީ އަނބިދަށިވުން ނުވަތަ ފިރިދަށުވުން ކަމަށް ކިޔަންފަށާނެއެވެ.  

މިނުބައި ވަސްވާސް ސިކުނޑިއަށް ވައްދުވަން ފެށުމާއިއެކު "ނޫން މަށެއް ދަށަކު ނުވާނަމޭ" ބުނެ ހަށިފޮޅާލައި ކުރިން ދިރިއުޅެމުން އައި ރިވެތި ގޮތްތައް ދޫކޮށްލައި އުޅުން ބަދަލުކޮށްލަނީއެވެ. ޒަމާނަށް ފެތެނީއެވެ. ވީމާ އަނބިދަށުވުމާ ފިރިދަށުވުމުގެ ވާހަކަތައް ވެފައި މިއޮންނަނީ އެންމެ ވަރިތޮޅިއަށްވުރެ ނުރައްކާ ކަމަކަށެވެ. މިބުނަނީ ދެމަފިރިން ދުރުކުރުވަން ހަދާ ބާރުގަދަ ފަންޑިތަ ނުވަތަ ސިޙުރަށްވުރެވެސް ނުރައްކާތެރިކަން ބޮޑުވާ ވާހަކައެވެ.  

އެކަން އެގޮތަށްވުމަށް ނުއެނދޭނަމަ މިނުބައި ދަންތުރަޖަހާ ދުޝްމިނުންގެ ވަސްވާސްތައް އަޑުވެސް ނުއަހާށެވެ! ދެމަފިރިން އެކަކު އަނެކަކަށް ލޯބިދީ އެހީތެރިވެގެން އަދި ކިޔަމަންތެރިވެގެން އުޅޭތީ އެއީ އަނެކާގެ ދަށުވުން ކަމަށް ބުނެފިނަމަ، ޢާއިލާގެ މީހަކު ނަމަވެސް އެކުވެރިއަކު ނަމަވެސް އެޖަހަނީ މިބުނި ދަންތުރައެވެ. އެނުރައްކަލުން ސަލާމަތްވެވޭނެ ގޮތަކީ އެމީހަކާއި ދުރުހެލިވުމެވެ.  

މިރޭވެސް ތަކުރާރުކޮށްލާނަމެވެ. އަނބިދަށުވުމާއި ފިރިދަށުވުމުގެ މާނަ ގިނަބައަކަށް އޮންނަނީ އޮޅިފައެވެ. އަހުރެން ބުނާހިތްވަނީ ޤަޞްދުގައި އޮޅުވާލަނީ ކަމަށެވެ. އެހެންކަމުން ޒަވާޖީ ޙަޔާތުގައި ދަނީ އެއްވެސް ފައިދާއެއް ނުކުރާނެ މައްސަލަތައް ގިނަވަމުންނެވެ.

Abu Huraira reported: The Messenger of Allah, peace and blessings be upon him, said,  

“If a woman prays her five prayers, fasts her month of Ramadan, guards her chastity, and obeys her husband, she will enter Paradise from any gate she wishes.”

Source: Ṣaḥīḥ Ibn Ḥibbān 4252

Grade: Sahih (authentic) according to Al-Albani  

ޙަދީޘްފުޅުން އެނގިގެންމިދަނީ ފިރިމީހާއަށް ކިޔަމަންތެރިވުން ހިމެނިގެންވަނީ ސުވަރުގޭގެ ބޭނުން ދޮރުކޮޅަކުން ވަންނަން ފުރުޞަތު ލިބޭކަމަކަށް ކަމެވެ. އަހުރެން ބުނާނީ ހަމައެކަނި ދަށެއް ނޫނެވެ. އަރިމަތިވެގެންވެސް ބަލަންވީ ސުަވރުގެވަދެވޭތޯއެވެ.   

"ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސްތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." (އައްރޫމް: 21)  

ކަންއޮތީ މިފަދައިން ކަމުގައިވާއިރު ވަކިމީހަކު މަތިވުމާއި ތިރިވުމުގެ ވާހަކަ ނެރެނީ ކޮންގޮތަކުން ހެއްޔެވެ؟  

ވިސްނުންތެރިކަމާއިއެކު ޝައިޚް ޢަލީ ޒައިދުގެ މިބަސްފުޅު ކިޔައިލަބަލާށެވެ!

ފިރިމީހާ އަނބިމީހާއަށް ހެޔޮވުމަކީ އަނބިދަށުވުމެއް ނޫނެވެ! އަދި އަނބިމީހާ ފިރިމީހާއަށް ކިޔަމަންވުމަކީ އޭނާ ފިރިމީހާގެ ދަށުވުމެއްވެސް ނޫނެވެ! ޢާއިލީ ނައުގެ ކައްޕިތާނަކީ ފިރިމީހާ އެވެ. ޢާއިލީ އޮޑި ކުރިއަށް ދުވާނީ ދެފަރާތުންވެސް އެކަކު އަނެކަކަށް އިހްތިރާމްކޮށްގެންނެވެ.  

ތަކުރާރުކޮށްލާނަމެވެ. "ފިރިމީހާ އަނބިމީހާއަށް ހެޔޮވުމަކީ އަނބިދަށުވުމެއް ނޫނެވެ! އަދި އަނބިމީހާ ފިރިމީހާއަށް ކިޔަމަންވުމަކީ އޭނާ ދަށުވުމެއްވެސް ނޫނެވެ! ޢާއިލީ ނައުގެ ކެޕްޓަނަކީ ފިރިމީހާއެވެ. އޮޑި ކުރިއަށް ދުވާނީ ދެފަރާތުންވެސް އެކަކު އަނެކަކަށް އިހްތިރާމްކޮށްގެންނެވެ." 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން