ދެމަފިރިންނަށާ ދަރިންނަށް އެންމެ އުފަލުގަ ތިބެވެން އޮތް ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 29ސ
ދެމަފިރިންނަށާ ދަރިންނަށް އެންމެ އުފަލުގަ ތިބެވެން އޮތް ގޮތް!

ޒަވާޖީ ޙަޔާތުގައި ކޮންމެ ދެމަފިރިއަކުވެސް ބޭނުންވާނީ އުފަލުގައި ތިބުމަށެވެ. މައްސަލަތައް ޖެހެނީ އުފާވެރިކަމުގެ އަގު ވަޒަންނުކުރެވޭތީއެވެ. އުފާވެރިކަން ލިބެން ހުރި ސަބަބުތައް ދޫކޮށްލެވޭތީއެވެ. ވީމާ ކޮންމެ ދެމަފިރިއަކުވެސް ވިސްނުންތެރިކަމާއިއެކު ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ. 

"ކަންކަން މެނޭޖް ކުރުމުގައި، ކަންކަން ހަމަޖެއްސުމުގާ އަންހެންމީހާގެ ދައުރަކީ ވަރަށްމުހިންމު ދައުރެއް! ވަރަށްމުހިންމު ޢާއިލާގެ ވަރަށް މުހިންމު ޙިއްސާދާރެއް ޙަޤީޤަތުގާ އަންހެންމީހާއަކީ! އެހެންވީމާ ތިޔަކަނބަލުން ފިރިމީހާ އުފަލުގާ ހިތްހަމަޖެހުމުގާ ބަހައްޓައިފި ކަމށްވަނީނަމަ ޙަޤީޤަތުގާ އުފަލުގާ ހުންނަމީހަކީ ތިމާއާއި ތިމާގެ ދަރިން!  

އޭގެ ބަދަލުގައި އަބަދުވެސް ރުޅިއައިއްސާ އެއްޗެތިގޮވާ ތިމާގެ ގަދަކަން ފިރިހެންމީހާގެ މައްޗަށް ހިންގަން އުޅެންޏާ އެކަން ކާމިޔާބު ވުމަށްވުރެން ނުވުންގާތީ، މީގަވާގޮތަކީ ފިރިހެނުންގެ ޠަބީޢަތެއްނޫން އެއީކީއެއް! އަންހެންމީހާ އެގޮތަށް އުޅެންޏާ ފިރިހެންމީހާވެސް އޭނާ ރުޅިގަދަވެގެން ބައެއްފަހަރަށް އަތުންފައިން ގޯސްހަދާފާނެ ނުވަތަ ވަރިވެދާނެ ނުވަތަ ކޮންމެސް ކަހަލަ ކަންތަކެއް ހިނގާފާނެ. އޭގެބަދަލުގާ އަންހެންމީހާއަކީ މަޑުމައިތިރި  ޚުލްޤު ރަގަޅު މީހެއްކަމަށް ވެއްޖިއްޔާ ފިރިމީހާގެ ރުޅި ދުއްވާލެވޭނެ ފިރިމީހާގެ ރުޅިކޮންޓްރޯލް ކުރެވޭނެ އޭތިމައިތިރި ކުރެވޭނެ.

އެހެންވީމާ ތިބޭފުޅުން ޢަޒުމްކަނޑައަޅަންޖެހޭނެ، ރުޅިއަކީ އެއީ ޝައިޠާނާގެ ޢަމަލެއް، ރުޅިއަކީ އެއީ ހަށިގަނޑުގެ އެތެރޭގައި އުފެދޭ ވަރަށް ވަރުގަދަ ހޫނުގަނޑެއް އެއީ ޢާއިލާގެ ދިރިއުޅުން ހަލާކުކުރާ އެއްޗެއް އެހެންވީމާ އަޅުގަނޑުމެން އުފާވެރި ދިރިއުޅުމެއް ބޭނުންވާ ކަމަށް ވަނީނަމަ ޖެހޭނީ ރުޅިއާ އަލްވަދާޢުކިޔަން."  

އަނަސްގެފާނުގެ މަންމާފުޅު އުންމު ސަލައިމާ ރަޟިޔަﷲ ތަޢާލާ ވަރަށް ޙިކުމަތްތެރި، ވަރަށް ވިސްނުންތޫނު ވަރަށް މާތްބޭކަނބަލެއް ވަރަށް ރަގަޅަށް ކަންތައްތައް މެނޭޖް ކުރަން އެނގިވަޑައިގަންނަވާ ބޭކަނބަލެއް، ބައްލަވާ ކަންތައްކުރެއްވި ގޮތް، އަބޫޠަލްޙާ އެއީ އަނަސްގެފާނުގެ ދޮންބައްޕަ. އަބޫޠަލްހާ ދަތުރެއްގާ ރަސޫލާ ﷺ ގެ އަރިހުގާ ތަނަކަށް ނުކުމެވަޑައިގަންނަވަން ޖެހުނު އިރުގާ ދަރިފުޅު އޮތީ ވަރަށްބޮޑަށް ބަލިވެފަ، އެހެންނަމަވެސް ނުކުމެވަޑައިގަތީ ކޮންމެއަކަސް އެނބުރި ދަތުރުން ވަޑައިގެން އިރުގާ ދަރިފުޅުގެ އެބަލީގެ ސަބަބުން ދަރިފުޅު ނިޔާވެއްޖެ.

ތިޔަބޭފުޅުން ތަސައްވުރު ކުރައްވައްޗޭ މީއަޅުގަނޑު މިދަންނަވަނީ އާދައިގެ ވާހަކައެއްނޫ، ދަރިޔަކު ނިޔާވެގެން މިއުޅެނީ، މީ މީހަކަށް ހަޔާތުގަ ދިމާވާނެ އެންމެ ހިތްދަތި ހިތާމަވެރި ވަގުތު ތަކުގެ ތެރެއިން ވަގުތެއް. އަބޫޠަލްހާ ގެޔަށް ވެދެވަޑައިގެންއިރުގާ މިސާލަކަށް އަނބިކަބަލުން ރޮއި ހަޅޭއްލަވާ ދަރިފުޅު މަރުވެއްޖެ، ކިހިނެއް ފިރިމީހާއަށްވާނީ! ވަރަށް ހިތްދަތި އޭނަވެސް އެކަމަކު އެކަހަލަ އެއްވެސް މަންޒަރެއް އެކަމަނާ ނުދައްކަވާ . 

ކިހިނެއް ހެއްދެވީ ކަމެއް ނުވެސްވާކަމަށް ހަދާލާފަ އެކަމަކު ހިތުގައޮތްކަމެއް އޮންނާނެ އުދަގޫވާނެ  އެކަމަކު ފިރިމީހާޔަށް އެޚަބަރު ދިނުމަށްޓަކައި އެކަން މެނޭޖްކުރިގޮތް މީގަ މުހިންމީ އެކަހަލަ އެއްވެސްކަމެއް މޫނުމަތިން ނުދައްކަވާ ޒީނަތްތެރިވެ ރީތިވެ ފިރިމީހާއަށް މޫނު އިސްތިޤްބާލު ކުރުމަކުން ވަރަށް ފިރިމީހާޔަށް ލޯތްބާ އިޙްތިރާމްދީގެން އޭނާ އިސްތިޤުބާލުކޮށް ގެނެސް ކާއެއްޗެހި ރޭގަނޑުގެ ކެއުން ދެމަފިރިން އެކުގާ އުފާވެރި މާޙައުލެއްގާ ކައި އިނގޭތޯ! ދެމަފިރިންގެ މެދުގާ ހިނގާނޭ އެންމެހާ ގުޅުންތައްހިނގާ ހުރިހާކަމެއް ނިމި އަބޫޠަލްހާއަށް ހަމަޖެހުމާ އެއްޗެހި.  

އަބޫޠަލްހާ އެއްސެވި ދޭތެރެއަކުން ދަރިފުޅުގެ ޙާލަކީ ކޮބާހޭ؟  ދަރިފުޅުގެ ގައިގަ ފޮތިގަނޑެއް އަޅާފަ ނިވާވެފަ ވިދާޅުވަނީ ކުރިންއޮތްވަރަށްވުރެ ހަމަހިމޭންކޮށްނޭ އޮތީ، އެކަމާ ދިމާއަށް ދިޔަވެސް ނުދިނީ ބަލާލިޔަވެސް ނުދިނީ މުޅިން އެހެންގޮތަކަށް އެކަމަނާ އެކަލޭގެފާނު ގެންގުޅުއްވާ ކާންދެއްވާ މިދެންނެވިހެން ހުރިހާކަމެއް ނިމިގެން ދެން އެކަމަނާ ވާހަކަ މަޑުމަޑުން ކުރިޔަށް ގެންދަވަން ފެއްޓެވީ ވިސްނަވާ ސިކުނޑިއަށް ވަންނަ މިންވަރަކަށް ބައްލަވައިގެން އެކަމަނާ ދަންނަވަނީ މީހަކު މީހެއްގެ އަތަށް ޙަވާލުކޮށްފައިވާ އަމާނާތެއް އެމީހާ ބަލާއައިމާ އެމީހާއަށް ދޭންޖެހޭނެތޯއެވެ.  

އަބޫޠަލްހާ ވިދާޅުވަނީ އާދޭހޭ އެއީ އެމީހާގެ އެއްޗެއްނޫންހޭ އެހެންވީމާ ދޭންޖެހޭނޭ ދެން މަޑުމަޑުން ވާހަކަ ދައްކަމުން ވިދާޅުވަނީ ދަރިންނަކީ ﷲގެ އަމާނާތެއްނޫންހޭ؟ ވިދާޅުވަނީ އާދޭހޭ! ވިދާޅުވަނީ ﷲ ތިމަންނަމެންނަށް ދެއްވި ދަރިފުޅު ގެންދަވައިފި، މިހުރިހާ ކަމެއްގެ ފަހުންވެސް ދަރިފުޅު ނިޔާވިވާހަކަ ބުނުމަކި ބައްޕަޔަކަށް ހިތްދަތިކަމާ ހިތާމަ ލިބޭނެ ކަމެއް. ކޮންމެއަކަސް އެކަމަނާގެ ގާތުގާ ދަންނަވައިފި ކީއްވެހޭ ކަމަނާ ކުރިން ތިހެން ނުބުނީ ތިމަންނަކައިރީގަ. އަސްލުގަ މިހާހިސާބަށް މިދިޔައީ އެކަމަނާގެ ޙިކުމަތްތެރިކަމާއެކީ އެކަންތައް އެގޮތަށް ކުރެއްވީމާ، އެހެންނޫނިއްޔާ ވަރަށްބޮޑު ޝޮކެއް މީހާއަށް ލިބިގެން ހިގައިދާނެ. 

ވަރަށް ޙިކުމަތްތެރިކަމާއެކު މަޑުމަޑުން އެޚަބަރު އެންމެފަހުން އެމަނާ އެކަލޭގެފާނަށް ދެއްވި ކޮންމެއަކަސް އަބޫޠަލްހާ އެވަރުންވެސް ހިތްޕުޅާ ހަމަޖެހިވަޑައެއްނުގަތް ފަތިސްވީމާ ރަސޫލުﷲ ﷺ ގެ އަރިހުގާ އުންމު ސުލައިމާގެ ޝަކުވާ ކުރައްވަނީ ﷲ ގެ ނަބިއްޔާ އުންމު ސުލައިމާ މިހެންނޭ ކަންތައްކުރެއްވީ ތިމަންނާގެ ދަރިފުޅުގެ ނިޔާވި ޚަބަރެއް އެންމެފުރަތަމަ ނުދިނޭ.

ރަސޫލާ ﷺ އުންމު ސުލައިމާއަށް ތަޢުރީފު ކުރެއްވި އެކަމަނާ އެކަން އެކުރެއްވީ ރަގަޅުކަމަށް އެއީ އެންމެ ރަގަޅުގޮތްކަމަށް ވިދާޅުވި އަދި އެދެމަފިރިންގެ ދެމެދުގާ ހިނގާފަވާ ގުޅުމުގަ ބަރަކާތްލެއްވުމަށް އެދި ދުޢާ ކުރެއްވި ނަތީޖާއެއްގެ ގޮތުން އުންމު ސުލައިމާ ބަލިވެއިނދެ ރަގަޅުދަރިޔަކުލިބި އެދަރިފުޅުގެ ޒަރީޢާއިން ރަގަޅު ދަރިފަސްކޮޅެއް އުފެދިގެން ދިޔައީ.

 

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

މިއަދު އޮންލައިން