މިހާރު އިރާޤަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 2 ދުވަސްތެރޭ 21 މީހުން މަރުވެފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ. ބައެއް މީހުން ގެނބިގެން މަރުވެފައިވާއިރު އަނެއް ބައަކު މަރުވެފައިވަނީ ކާރު އެކްސިޑެންޓްވުން ފަދަ ހާދިސާތަކުގައެވެ.
އިރާޤުން ބުނެފައިވަނީ ސަރަހައްދަށް ކުރަމުން ދަނީ އާދައާ ޚިލާފް ވިއްސާރައެއް ކަމަށާއި އެތައް ހާސް ބައަކު ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށެވެ.
އިރާޤަށް މިވަރަށް ބޯކޮށް ވާރޭ ވެހުމަކީ ވަރަށް މަދުން ނޫނީ ކުރިމަތިވެފައިވާ ކަންކަމެއް ނޫނެވެ.