އަހުރެމެންނަށް ދުނިޔޭގައި ތިބެ ކުރެވޭ ޢަމަލުތަކާއި ދައްކާ ވާހަކަތައް ލިޔުއްވިގެންވާ ފަތް ދުނިޔޭގައި ހުއްޓައި ތިމާއަށް ފެންނާނެނަމަ ބިރުންގޮސްވެސް ހަލާކުވީހެވެ. އަދި އެންމެ ދެރަވާނެ އެއްކަމަކީ ތިމާއާއި ބެހުމެއް ނުވާ ކަންކަމާއި ބެހެވުބުލެއް ގިނަކަމުންނެވެ. ނުބެހޭ ކަންކަމުގެ ވާހަކަ ދެކެވުނުލެއް ގިނަކަމުންނެވެ.
ގާތްތިމާގެ މީހެއްގެ ވިޔަސް އެކުވެރިއެއްގެ ވިޔަސް އެމީހެއްގެ އަމިއްލަ ޒާތީ ކަންތައްތަކާއި ބެހުމެއް ނެތެވެ. އޭނާ ކުށެއް ނުކުރާހައި ހިނދަކުއެވެ. ނުބައިކޮށް ކަމެއް ނުކުރާހައި ހިނދަކުއެވެ. އެހެންކަމާއިއެކުވެސް އެންމެ ގިނައިން ބެހެވެނީ މީސްމީހުންގެ ޒާތީ ކަންކަމާއިއެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ.
މިއަދު ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަންކަން ގިނަވެ ކުރަންހުރި ހެޔޮ ޢަމަލުތައް ކުރާނެ ވަޤުތުކޮޅެއްވެސް ނުލިބިގެންނެވެ. އެހެން މީހުންގެ ކަންކަމާއިބެހި ވާހަކަ ދެއްކުމުގެ ބަދަލުގައި ޛިކުރުކޮށް ސުވަރުގެވައްދަވާނެ ހެޔޮ ޢަމަލުތައް ކުރުން ބުއްދިވެރިއެވެ.
عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم : «مِنْ حُسْنِ إِسْلَامِ الْمَرْءِ: تَرْكُهُ مَا لَا يَعْنِيهِ».
[حَدِيثٌ حَسَنٌ، رَوَاهُ التِّرْمِذِيُّ وَغَيرُهُ]
މާނައީ: އަބޫ ހުރައިރާ رضي الله عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "އެމީހަކާ ނުބެހޭ ކަންކަން ދޫކޮށްލުމީ، މީހާގެ އިސްލާމްކަމުގެ ރިވެތިކަމުގެ ތެރެއިންވާ ކަމެކެވެ."
- -ހެޔޮ ނަޞޭޙަތް