އުފާވެރިކަން ހޯދަން މަސައްކަތްކުރުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ވީމާ އުފާވެރިކަން ހޯދަން މަސައްކަތްކުރުމަކީ މައްސަލައެއް ނޫނެވެ. އެކަން މައްސަލައަކަށްވަނީ އެހެން މީހެއްގެ އުފާވެރިކަމަށް އަރައިގަންނަން މަސައްކަތްކުރެވުމުންނެވެ.
އަނެކާގެ ބައިވެރިޔާ ތިމާގެ ބައިވެރިޔާއަށްވުރެ މާރީތިވެސްވެދާނެއެވެ. އަދި މާރަނގަޅު މީހަކަށްވެސް ވެދާނެއެވެ. އެއިގެ މާނައަކީ ދެމަފިރިންގެ ދެމެދަށް ވަދެގަނެ ކައިވެނި ރޫޅާލުވަން ަމސައްކަތްކުރުން ހުއްދަވުމެއް ނޫނެވެ. އެގޮތަށް އެކަން ކުރީމާ ރޫޅިގެން އެދަނީ ދެކައިވެންޏެވެ. ތިމާގެ ކައިވެންޏާއި އަނެކާގެ ކައިވްނިވެސް އެދަނީ ރޫޅިގެންނެވެ.
ދެން ކުރިމަތިވާ ކަމަކީ އެކަނިހުރި މީހަކު ދެމަފިރިއެއްގެ ދެމަދަށް ވަދެގަތުމެވެ. އެއިރުވެސް ކައިވެންޏެއް ރޫޅިގެން އެބަދެއެވެ. އެއްވެސް މީހަކާއިހުރެ ދެމަފިރިއެއްގެ ކައިވެނި ރޫޅިއްޖެނަމަ އެކަމުގެ ނުބައިކަން އެމީހަކާއި ބައްދަލުކުރާނެއެވެ. އެކަމަށް ބައެއް ފަަހރު މުއްދަތެއްވެސް ނަގައިފާނެއެވެ. އަނެއްބައިފަހަރު ވަރަށް އަވަހަށްވެސް ކުރިމަތިވެދާނެއެވެ. އެއިރުން އެމީހަކަށް ލިބޭނެ ދެރައާއި ކުރަންޖެހޭނެ ހިތާމަ އެނގޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ.
އެހެން މީހުންގެ ބައިވެރިންނަށް ކަޅިނުއަޅާށެވެ! ތިމާއަށް ލިބިފައިވާ ބައިވެރިޔާއަށް ސަމާލުކަންދޭށެވެ.
އަހުރެންނާއި ބައްދަލުވި ދެމަފިރިއެކެވެ. އެކަކީ ވަރަށް ރީތި މީހެކެވެ. އަނެކަކީ ފެންނަ ފެނުމުގައި ސިފަހުތުރު މީހެކެވެ. ކައިވެންޏަށް 20 އަހަރެވެ. ދިރިއުޅެމުން އަންނަނީ ވަރަށް އުފަލުގައެވެ. ދެއްކި ވާހަކައިން އެނގުނީ ކައިވެންޏަށްފަހު ދެމީހުންކުރެ އެކަކުވެސް އިތުރު މީހަކަށް އެއްވެސް ވަރަކަށް ސަމާލުކަންނުދޭކަމެވެ. ސަމާލުކަންދެނީ ހަމައެކަނި ދެމީހުންގެ ދިރިއުޅުމަށް ކަމެވެ.
ނިންމާލަމުންވެސް ބުނާނީ އެއްވެސް މީހެއްގެ އުފާވެރިކަމަށް ހުރަސް ނުއަޅާށެވެ. އެއްވެސް މީހެއްގެ ބައިވެރިއަކު ރީތިނުވާށެވެ! ނޫންނަމަ އެކަމުގެ ހިތާމަ ކުރަން ނުޖެހިއެއް ނުށާނެއެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން