އެންމެ ފަސޭހައިން ނަމާދުގަ ޚުޝޫޢަތްތެރިވެވޭނެ ގޮތްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
އެންމެ ފަސޭހައިން ނަމާދުގަ ޚުޝޫޢަތްތެރިވެވޭނެ
ގޮތްތައް-

މިކަމަށްބަލާއިރު އަހަރެމެންގެ ތެރެއިން ބައެއް

މީހުންނަށް ކަމަށް ބުނެގެން ނުފުދެއެވެ. ބުނަން ޖެހޭނީ ގިނަ ބައަކަށް ކަމަށެވެ. އެމީހުންނަށް ހީވެފައި އޮންނަނީ ނަމާދަށް ސަމާލުކަންދޭންޖެހޭނީ ނަމާދުކުރަން ފަށާ ހިސާބުން ކަމެވެ. އެހެކަމުން ކަން އޮތް އޮތްގޮތާއިމެދު ކުޑަކުޑަކޮށް ނަމަވެސް ވިސްނާލަމާހެއްޔެވެ؟   

ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ފުރަތަމަ ސުވާލު ކުރެވިގެންދާނީ ނަމާދާއިބެހޭގޮތުންކަން އެންމެންނަށްވެސް އެނގޭނެއެވެ. ނަމަވެސް ބައެއް މީހުންނަށް އޮޅުން އަރަނީ ނަމާދާއި ބެހޭ ސުވާލުގެ ބައިތަކެވެ. ނަމާދެވެ ބުނުމުން މި ހީކުރަނީ އެއީ ހަމައެކަނި ނަމާދަށް ޙަރަމްބަނުމުން ފެށިގެން ސަލާމް ދިނުމާއި ހަމައަށް ކަމަށެވެ.  

ނަމަވެސް އެއީ އެއްގޮތަކަށް ވެސް އެހައި ފަސޭހަކޮށް ނަގައިގެން ވާން އޮތް ކަމެއް ނޫނެވެ. ހަމައެކަނި ބޭރުފުށަށް ބެލި ނަމަވެސް ނަމާދަށް މާކްސް ލިބުމުގައި ވުޟޫކުރުމުގެ ފުރިހަމަކަންވެސް ހިމެނޭނެއެވެ. ނަމާދަށް އަވަސްވެގަތް މިންވަރު ހިމެނެއެވެ. ނަމާދަށް ތައްޔާރުވި މިންވަރު ހިމެނެއެވެ. ނަމާދަށް ދާން ކުރި މަސައްކަތް ހިމެނެއެވެ. އެންމެ ކުޑަމިނުން މިސްކިތަށް ދިއުމަށް އެޅި ފިޔަވަޅުތައްވެސް ހިމެނޭނެއެވެ. ލައިގެން ހުރި ފޭރާމުގެ ސާފުތާހިރުކަމާއި ނަމާދުކުރުމަށް އެކަށީގެންވާ ފޭރާމެއްކަން ވެސް ހިމެނެއެވެ.

ނަމާދަށް ފެށުމަށްފަހު އޮތީ ޚުޝޫއަތްތެރިވި މިންވަރެވެ. ނަމާދަށް ޚުޝޫޢަތްތެރި ނުވެވޭނަމަ ކުރާ ނަމާދުގެ ފައިދާއެއް ނެތެވެ. އެއީ ކުރި ނަމާދެއްކަމަށް ލިޔުއްވަވާނެކަމުގެ އެއްވެސް އުންމީދެއް ނެތެވެ. މިއީ ހުރިހާ އިލްމުވެރިންވެސް ބަޔާންކުރައްވަމުން ގެންދަވާ ކަމެކެވެ. އެންމެ ގިނައިން ހަނދާންކޮށްދެވޭ ކަންތައް ކަމަށްވެސް ވާނެއެވެ.

މީސްތަކުންނޭވެ! މިކަންކަމުންވެސް އެނގިގެން މިދަނީ ނަމާދަށް ތައްޔާރުވާންޖެހޭ މިންވަރާއި ނަމާދަށް އިސްކަންދޭން ޖެހޭ މިންވަރެވެ. ނަމާދަށްވުރެ ސަމާލުކަން ދޭން ޖެހޭނެ އެހެން އެއްވެސް ކަމެއް ނެތްކަމެވެ. ދެން އެހެން އެއްވެސް ގޮތެއް ނެތިގެން ނޫނީ ޖަމާއަތުގައި ނަމާދުކުރަން ޖެހޭނެ ކަމެވެ. ބަންގި ގޮވުމުން އޮތީ އަވަހަށް ނަމާދުކުރުން ކަމެވެ. އަދި އެންމެ މުހިންމު ކަމަކީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުން ކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން