ހިތާމައެއް ނުވަތަ ކަންބޮޑުވާންޖެހޭ ކަމެއް ކުރިމަތިވިޔަސް ޝިފާ ލިބޭނެ ބޭހެއް ސުންނަތުން- ތައްޔާރުކޮށްލަންވެސް ފަސޭހަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ހިތާމައެއް ނުވަތަ ކަންބޮޑުވާންޖެހޭ ކަމެއް ކުރިމަތިވިޔަސް ޝިފާ ލިބޭނެ ބޭހެއް ސުންނަތުން- ތައްޔާރުކޮށްލަންވެސް ފަސޭހަ!

ކޮންމެ ކަމަކަށްވެސް ޑޮކްޓަރީ ބޭސް ކެއުން އާދަވެފައިވާ އެއްސަބަބަކީ ފަސޭހައިން ލިބެންހުންނަކަމެވެ. ތައްޔާރުކުރަން އެއްވެސް މަސައްކަތެއް ކުރަންވެސް ނުޖެހޭތީއެވެ.

ވިސްނާލަންވީ ބައެއް ބޭސްތަކަކީ ބޭނުންކުރުމުން ބައެއް ބާވަތުގެ ގެއްލުން ލިބޭ ބޭސްތައް ކަމެވެ. ޚާއްޞަކޮށް އެންޒައިޓިއަށް ބޭނުންކުރާ ބޭސްތަކަކީ ގެއްލުން ބޮޑު ބޭސްތަކެއްކަން ބައެއް ޑޮކްޓަރުންވެސް ފާހަގަކުރައްވައެވެ.  

އެހެންކަމުން ތިރީގައިވާ ދަރުސް ރަނގަޅަށް ވިދާޅުވެލައްވާށެވެ. އެއްވެސް ބާވަތެއްގެ ގެއްލުމެއް ނުލިބި ފައިދާކުރާނެ ފަރުވާއެއް އެނގިލައްވާނެއެވެ. އަދި ތައްޔާރުކުރަންވެސް ފަސޭހައެވެ.   

ކޮންމެ މީހަކަށްވެސް ކަންބޮޑުވުންތައް ކުރިމަތިވާނެއެވެ. ހިތާމަތަކާއިވެސް ކުރިމަތިވާނެއެވެ. އެފަދަ ޙާލަތްތަކުގައި ބޭނުންކުރާނެ ބޭހެއް ސުންނަތުން ފެންނަން އެބައޮތެވެ. އެބޭސް އަހަރެން ބޭނުންކޮށްފީމެވެ. އެހެން މީހުންނަށް ބުނެދިގެން އަޖުމަވެސް ބަލައިފީމެވެ. އެއީ ހަމަ ވަރަށް ކާމިޔާބު ފަރުވާއެއްކަން ވަނީ އެނގިފައެވެ.  

އެއީ "އައްތަލްބީނާ"އެވެ. ތައްޔާރުކުރާނެ ގޮތަކީ މުގުރި 2 ސަމުސާ ބާރަލީ 2 ޖޯޑު ކިރަށް އަޅައި ކައްކާނީއެވެ. ރަނގަޅަށް ކައްކާލައި ހިހޫވުމުން މާމުއި ކޮޅެއް އެއަށް އެއްކޮށްލާނީއެވެ.  

ޙަޤީޤަތުގައި މިވާ ގޮތަކީ އެފަދަ ވަގުތުތަކުގައި ހަށިގަނޑުގެ މެގްނީޒިޔަމް ލެވެލް ދައްވެގެންދަނީއެވެ. "އައްތަލްބީނާ" ގެ ސަބަބުން މެގްނީޒިޔަމް ލެވެލް އިތުރުކޮށް މަތިކޮށްދެނީއެވެ.

ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. "އައްތަލްބީނާ" އަކީ ހިތާމައާއި ހިތްދަތިކަމުގެ ވަގުތުތަކުގައި ހިތަށް ޝިފާއެކެވެ." ޞަޙީޙް ބުޚާރީ ބައްލަވާށެވެ!  

ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. "ޢާއިލާގެ ބޭފުޅަކު އަވަހާރަވުން ފަދަ ކަމެއް ކުރިމަތިވާހިނދު އަންހެނުން ޖަމާވެއެވެ. އަދި އެމީހުންގެ ކެއުމަކަށް ޕާނާއި އެއްގަމު މަސް ތައްޔާރުކުރެއެވެ. ޕާންކޮޅުގެ މައްޗަށް މަސްކޮޅެއް ލެއްވެވުމަށްފަހު "އައްތަލްބީނާ" އަޅުއްވަވަމެވެ. އެއީ މިޙަދީޘްފުޅުގައިވާ ފަދައިން ފަރިއްކުޅުއްވުމަށެވެ.  

އަދި މިނޫން ގޮތްގޮތަށް ވެސް އައްތަލްބީނާ ބޭނުންކުރެވިދާނެއެވެ. ހަމަ ޔަޤީނުންވެސް އެއީ މިބަޔާންކުރިފަދައިން ހިތާމައާއި ހިތްދަތިކަމުގެ ވަގުތަކުގައި ޝިފާއެކެވެ. އިން ޝާ ﷲ

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން 

 

މިއަދު އޮންލައިން