ހަގުއަނބިދެކެ ކިތަންމެ ބޮޑަށް ލޯބިވިޔަސް ދަތިޙާލުގަ ތިމާއާއެކުހުރި އަނބިމީހާގެ ޤުރްބާނީ ހަނދުމަނެތިކޮށްލައިގެން ނުވާނެކަން ޙަދީޘްފުޅުން-: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ހަގުއަނބިދެކެ ކިތަންމެ ބޮޑަށް ލޯބިވިޔަސް ދަތިޙާލުގަ ތިމާއާއެކުހުރި އަނބިމީހާގެ ޤުރްބާނީ ހަނދުމަނެތިކޮށްލައިގެން ނުވާނެކަން ޙަދީޘްފުޅުން-: ޑރ. ޢަލީ ޒާހިރު

ރަސޫލުﷲ  ﷺ ޚަދީޖަތުގެފާނުގެ ހެޔޮވާހަކަ އެކަލޭގެފާނު އެކަމަނާ އަވަހާރަވުމަށްފަހުގާ ދައްކާލެއް ގިނަކަމުން އެއްދުވަހެއްގާ ޢާއިޝަތުގެފާނު ހިތްޕުޅާ ނުވި ވިދާޅުވަނީ ﷲ ގެ ނަބިއްޔާ ދެން މުސްކުޅިއެއްގެ ވާހަކަ ތިދައްކަވަނީ އެއީ އެކަމަނާގެ ނިސްބަތުން އެކަމަނާ އަކީ ޢުމުރުގެ ގޮތުން ހަގު ޒުވާން ރީތި ކަމަނާއެއް އެހެންވީމަ ދެން މާކުރީގެ މުސްކުޅި އަންހެނެއްގެ ވާހަކަ ކަލޭގެފާނު މާބޮޑަށް ތަކުރާރު ކުރައްވަނީ  ﷲ ކަލޭގެފާނަށް އޭގެ ބަދަލުގާ އެހެން އަންހެނަކު ދެއްވައިފިއޭ  

ރަސޫލާ ﷺ އަށް އެއީ ހިތްޕުޅު ހަމަޖެހި ވަޑައިގެން ވާހަކަޔަކަށް ނުވޭ، ޝައްކެއްނެތް އެކަލޭގެފާނުގެ ހިތްޕުޅުގައި ޢާއިޝަތުގެފާނާމެދު އޮތް ލޯބި، ޤަދަރު، އިޙްތިރާމް، އެހުރިހާ އެއްޗެއް އެބަހުރި އެކަމަކު ވިދާޅުވަނީ ނޫނެކޭ މީސްތަކުން އެންމެން ތިމަންކަލޭގެފާނަށް ކުފުރުވީ ދުވަހުގާ އީމާންވީ އެކަމަނާއޭ. ހުރިހާ މީހުން ތިމަންކަލޭގެފާނު ދޮގުކުރި ދުވަހުގާ ތިމަންކަލޭގެފާނު ތެދުކުރެއްވީ އެކަމަނާއޭ. ތިމަންނާ މުދަލުން މީހުން މަޙްރޫމްކުރި ދުވަހުގާ ތިމަންކަލޭގެފާނަށް އެހީތެރިކަން ފޯރުކޮށްދެއްވީ އެކަމަނާ އާއި އެކަމަނާގެ މުދަލުންނޭ. އެހެންވީމާ އެކަމަނާގެ މަޤާމް ތިމަންކަލޭގެ ފާނުގެ ހިތްޕުޅަކުން ނުވެއްދާނެއޭ.  

ޢާއިޝަތުގެފާނު ވިދާޅުވަނީ އޭގެފަހުން ތިމަންނާ އެކަހަލަ ވާހަކައެއް ދެއްކުން ނިމުނީއޭ.  

އެހެންވީމާ ހިތްހަމަ ނުޖެހުން ނަބިއްޔާ ﷺ އެދަނޑިވަޅުގާ ހިތްހަމަ ނުޖެހުނު ޢާއިޝަތުގެފާނު ވިދާޅުވަނީ އެކަލޭގެފާނު ކޯފާވިއޭ ތިމަންކަމަނާ އެހެން ވިދާޅުވުމުން. އެހެންވީމާ ޙާލަތު މެދުވެރިވެދާނެ އެކަމަކު އެކަން ހަމަޖައްސާ، ބުނެދީ، އެކަންކަން ކުރުމަކީ އެއީ ޒަވާޖީޙަޔާތް އުފާވެރި ކަމާއެއްކޮން ކުރިޔަށް ގެންދެވޭ ގޮތެއް.

 

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

 

މިއަދު އޮންލައިން