ރަމަޟާންމަހު ޞަދަޤާތްކުރުން ގިނަކޮށް އެކަމުގެ ފައިދާ ލިބިގަންނަން އެދޭމީހާ މިހާރުންސުރެ އެކަމަށް ފަށާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރަމަޟާންމަހު ޞަދަޤާތްކުރުން ގިނަކޮށް އެކަމުގެ ފައިދާ ލިބިގަންނަން އެދޭމީހާ މިހާރުންސުރެ އެކަމަށް ފަށާށެވެ!

ރަމަޟާން މަސް ނިމުނީ އިހަށް ދުވަހުއެވެ. އަދި މިއުޅެނީ ޝައްވާލްމަސް ނުނިމިގެންނެވެ. އަންނަ އަހަރުގެ ރަމަމާންމަހާއި ބައްދަލުކުރެވެން އަދި ވަރަށް ގިނަ ދުވަސްތަކެއް އެބައޮތްކަންވެސް އެނގެއެވެ. އެހެންކަމާއިއެކުވެސް ބުނެލާނަމެވެ.  

ރަމަޟާން މަހު ކުރާ ޞަދަޤާތުން ލިބޭ ސަވާބުވެސް އެހެން މަސްމަހު ކުރާ ޞަދަޤާތަށްވުރެ އެތައް ގުނައަކަށް އިތުރުކޮށްދެއްވާނެކަމަށް ޤުރުއާނާއި ހަދީޘުން އެނގެން އޮތުމުން އެކަމަށް ހިތުލައި، ނިޔަތްގަނެ މިހާރުންސުރެ މަސައްކަތްފަށާށެވެ. މަހަކު އެންމެ ޑޮލަރެއް ނަމަވެސް ރައްކައުކުރަން ފަށާށެވެ.  

ރަމަޟާން މަސް އައުމުން ޚަރަދުތައް ބޮޑުވެގެންދާނެއެވެ. އަތްމަތިދަތިވާނެއެވެ. އާމްދަނީ އިތުރުކުރަން އިތުރަށް މަސައްކަތްކުރަން ފުރުޞަތު ކުޑަވެގެންދާނެއެވެ. ވީމާ އަހުރެމެންނަށް އޮތީ ދުރާލައި އެކަމަށް ތައްޔާރުވުމެވެ.  

ދެމް އޮތީ ރަމަޟާންމަހާއި ބައްދަލުނުވެ ތިބާއަށް ޖަމާކުރެވުނު އެއްޗެއް ޞަދަޤާތް ނުކުރެވި ދުނިޔެދޫކުރަންޖެހުމެވެ. އެކަމަށް ކަންބޮޑުނުވާށެވެ. ތިބާގެ ނިޔަތާއި އެކަމަށް ތިބާކުރި މަސައްކަތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ޙައްޤު އަޖުރު ދެއްވަވާނެތެވެ. އެކަމަށް ޝައްކުކުރުމެއްވެސް ނެތެވެ.  

މިވާހަކަ ދައްކަން މިޖެހެނީ އެންމެންނަކީ ފުދި އިތުރުވާވަރަށް ފައިސާ ލިބޭ ބައެއް ނޫންކަމަށްވެފައި ދަތިޙާލުގައި އުޅެންޖެހިފައިވާ މީހުންވެސް ވަރަށް ގިނަކަމުންނެވެ. ވީމާ ކުރަން ބޭނުންވާ ކަންކަން، އެއީ ޞަދަޤާތްކުރުންކަމަށްވީނަމަވެސް ކުރެވޭނީ ކުރިޢާލައި އެކަމަށް ތައްޔާރުވެގެން ކަމަށްވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން