ދަރިންލައްވައި ރިވެތިކޮށް ޤުރްއާން ކިޔުއްވަން ބޭނުންވާނަމަ ކިޔުޒިކާއެކު ލަވަކިޔަން ނުޖައްސުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ދަރިންލައްވައި ރިވެތިކޮށް ޤުރްއާން ކިޔުއްވަން ބޭނުންވާނަމަ ކިޔުޒިކާއެކު ލަވަކިޔަން ނުޖައްސުވާށެވެ!

ގިނަބެލެނިވެރިން ދަރިންނަށް ރިވެތިކޮށް ޤުރްޢާން ކިޔަވަންދަސްކޮށްދެނީ އެކަމަށް ކުރާ މަސައްކަތުގެ އިތުރަށް ބޮޑެތި ހޭދަތައްވެސް ކޮށްގެންނެވެ. އެހިރިހާ ކަމެއް ކުރަމުން ކުދިން ލައްވައި މިޔުޒިކާއެކު ނުވަތަ މިޔުޒިކަށް ލަވަކިޔުއްވަންވެސް މަސައްކަތްކުރެއެވެ. އެހެންކަމުން ވުސްނައިލުން މުހިންމު ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.

ޢާންމު ގޮތެއްގައި ތަޖުވީދުމަގުން ރިވެތިކޮށް ޤުރްއާން ކިޔެވެނީ އަޑުމަޚްރަޖު ރިވެތި ކުދިންނަށެވެ. އެފަދަ ކުދިންނަށް ޤުރްޢާން އުނގަންނައިދޭން މަސައްކަތްކުރަމުއެވެ. ހަމަ އެއާއިއެކު ބައެއް ބެލެނިވެރިން ލަވައާއި މިޔުޒިކް ދަސްކޮށްދޭންވެސް މަސައްކަތްކުރެއެވެ. ޓީޗަރުން އެކުދިން ލައްވައި ލަވަކިޔުއްވަންވެސް ބާރުއަޅައެވެ.  

މިދެކަންތައް އެކުގައި ކުދިން ލައްވައި ކުރުވަން މަސައްކަތް ކުރާނަމަ ޤުރްއާން އުނގެނުމަށް ހުރަސްތައް އެޅުމަކީ ކުރުމަތިވާނެ ކަމެކެވެ.  ލަވަކިޔަންޖެހެނީ މިޔުޒިކް އަޑުއަހައި ދަސްކުރަމުން ކަމަށްވާތީއެވެ. މިޔުޒިކާއި ނުލައި ލަވަ ކިޔުއްވުމަކުން މިބުނި މައްސަލަ ކުރިވެގެން ކަންބޮޑުވާކަށް ނުޖެހޭނެއެވެ.  

ސުވާލު:. ކީރިތި ޤްރުއާން ދަސްކުރާމީހަކު މިޔުޒިކް އަޑުއަހާނަމަ އޭގެން ޤްރުއާން ދަސްކުރުމަށް އަސަރު ކުރާނެތޯ؟  

ޖަވާބު:. އާދެ! الإمام الشافعي رحمه الله تعالى އެއީ ވަރަށް ހިތްއަލި ބޭފުޅެއް. އެހެންނަމަވެސް އެކަލޭގެފާނަށް ވީގޮތަކީ އެއްދުވަހެއްގައި ތަންކޮޅެއް ފިލާވަޅު ދަސްވުން އުނދަގޫތަކެއް ދިމާވީމާ އެކަލޭގެފާނުގެ އުސްތާޒެއްގެ ގާތުގައި އެކަމުގެ ޝަކުވާ ދެންނެވި. ދެންނެވީމައި އެ އުސްތާޒް ވިދާޅުވަނީ އޭ ދަރިފުޅާއޭ، ބުނަންހޭ ވާހަކައެއް! ޢިލްމަކީ އެއީ ﷲގެ ނޫރެކޭ! ނުވަތަ ﷲ ދެއްވާ އަލިކަމެކޭ! އެއަލިކަން ﷲ سبحانه وتعالى ނުދެއްވާނޭ އެއިލާހަށް އަށް އުރެދޭ މީހުންނަކަށް! 

އެހެންވީމާ ޤްރުއާން ހިތުދަސްކުރުންފަދަ މާތް ޢަމަލެއް ކުރަމުން ގެންދާމީހަކު މިޔުޒިކް އަޑުއެހުން ކަހަލަ ﷲ ރުހިވޮޑިގެންނުވާ ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވާންވާނެ. އެހެން ނޫންކަމަށްވަނީނަމަ އޭނާ އެކުރާ މަސައްކަތް ކުރިއަރާ ދިއުމުގައި ހަމަ  ހުރަސްތަކެއް ކުރިމަތިވުން އެއީ އެކަށީގެންވާކަމެއް.

 

- ޖަވާބު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން