މިފަދައިން ކިޔާމީހަކަށް ރިޒުޤް އިތުރުކޮށްދެއްވަވައި ދެއްވަވާ ރިޒުޤްގައި ބަރަކާތް ލައްވަވާނެ! އިން ޝާ ﷲ: ޝައިޚް ޢަބްދުއްރަޙްމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
މިފަދައިން ކިޔާމީހަކަށް ރިޒުޤް އިތުރުކޮށްދެއްވަވައި ދެއްވަވާ ރިޒުޤްގައި ބަރަކާތް ލައްވަވާނެ! އިން ޝާ ﷲ: ޝައިޚް ޢަބްދުއްރަޙްމާން

އެއްބައަކަށް އުޅެންޖެހިފައިވަނީ ރިޒުޤް ލިބުން ދަތިވެގެންނެވެ. އަނެއް ބައަކަށް އުޅެންޖެހިފައިވަނީ ތަނަވަސްކަން ލިބުނަސް އެއިގައި ބަރަކާތް ނުލައްވަވާތީއެވެ. ވީމާ ކުރަން ޢިލްމްވެރިން ވިދާޅުވާ ކަމެއް ބުނެލާނަމެވެ.  

އެއީ ފަތިސްނަމާދަށްފަހު މިފަދައިން ކިޔުމެވެ. 

حَسْبِيَ اللَّهُ لَا إِلَٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ الْعَرْشِ الْعَظِيمِ 

"ތިމަންކަލޭގެފާނަށް ﷲ ފުދެއެވެ. އެކަލާނގެ މެނުވީ (ޙައްޤު ވެގެން އަޅުކަމެއް ވެވޭ) އިލާހަކު ނުވެއެވެ. ހަމައެކަނި އެކަލާނގެއަށް ތިމަންކަލޭގެފާނު ވަކީލު ކުރައްވައިފީމެވެ. އެކަލާނގެއީ، ބޮޑުވެގެންވާ ޢަރްޝުގެ ވެރިރަސްކަލާނގެއެވެ."

(އައްތައުބާ: 129)  

މިއީ ﷲ ތަޢާލާ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ވަޙީކުރެއްވެވި ބަސްފުޅެކެވެ. އިތުރު ޞާޙިބާ ވިދާޅުވުމަށެވެ. އަހުރެމެން މިފަދައިން ކިޔުމުން އެދެންނެވެނީ "މިއަޅާއަށް ﷲ ފުދެއެވެ" މިފަދައިންނެވެ.

ފަތިސްވަޤުތަކީ ދުވަހުގެ ރިޒުޤް ލިޔުއްވަވާ ވަޤުތެވެ. ވީމާ އެއްފަހަރަށްވުރެވެސް ގިނައިން ކިޔާށެވެ. އޮނަހިރި ޢަދަދަކަށެވެ. އަދި މިފަދައިން ދެންނެވުމުން އެދެންނެވެނީ ހަމައެކަނި ރިޒުޤަކަށްވެސް ނޫނެވެ. ކުރިމަތިވެފައިވާ ހުރިހާ ކަމަކަށެވެ. ﷲ ތަޢާލާއަށް ވަކީލްކޮށް ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭމީހާގެ ހުރިހާ ބޭނުންތަކެއް ﷲ ތަޢާލާ ފުއްދަވައިދެއްވަވާނެތެވެ. އިން ޝާ ﷲ

 

- ޝައިޚް ޢަބްދުއްރަޙްމާންގެ ދަރުސަކުން  

- މިއަދުނޫސް

މިއަދު އޮންލައިން