އެކަނިހުރެ ކުރާ ނަމާދުގަ ފަރުވާކުޑަކޮށްފަ މީހުން ބަލަންތިބޭކަން އެނގުނީމާ ނަމާދު ޒީންތަތެރިކުރުމަކީ ބޮޑު ނުރައްކަލެއް!: އެއީ އިންޒާރު ދެއްވަވާފަވާ ޝިރުކުގެ ޢަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 55ސ
އެކަނިހުރެ ކުރާ ނަމާދުގަ ފަރުވާކުޑަކޮށްފަ މީހުން ބަލަންތިބޭކަން އެނގުނީމާ ނަމާދު ޒީންތަތެރިކުރުމަކީ ބޮޑު ނުރައްކަލެއް!: އެއީ އިންޒާރު ދެއްވަވާފަވާ ޝިރުކުގެ ޢަމަލެއް!

އަޅުގަނޑަށް ފާހަގަކުރެވޭ ކަމެއް ބުނެލާނަމެވެ. އެމީހާ އެކަނިހުރެ ކުރާ ނަމާދުގަ ރުކޫޢުން ތެދުވާއިރު އަތްހިއްލައި އަތްތިރިކުރަނީ ވަރަށް ފަރުވާކުޑަގޮތަކަށެވެ. އެކަމަކު ޖަމާޢަތުގައި ނަމާދުކުރާއިރު އަތްހިއްލައި ތިރިކުރަނީ ވަރަށް ފަރުވާތެރިކަމާއިއެކުގައެވެ. މިއީ ކޮންކަހަލަ ކަމެއްތޯ؟  

ކިޔުންތެރިޔާ ތިއަ ފާހަގަކުރެއްވި ފަދަ ކަންކަން ބައެއް މީހުން ކުރާތަން ފެނެއެވެ. އެއީ ކިހާވަރެއްގެ ބޮޑުކަމެއްކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

އަދި ހަމަ އެފަދައިން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރާއިރުގަ، މީހަކަށް ނުވަތަ ބަޔަކަށް ދެއްކުމަށްޓަކައި ނުވަތަ އިއްވުމަށްޓަކައި އަޅުކަން ކުރުމަކީވެސް އެއީ ޝިރުކެއް. އެއީ ކުޑަ ޝިރުކެއް. މި ދެބާވަތުންކުރެން މުސްލިމުންނަށް، މުއުމިނުންނަށް، އަދި ޞާލިޙުންނަށް އެންމެ ނުރައްކާތެރި ވައްތަރަކީ އެއީ ކުޑަ ޝިރުކު. އަޅުގަނޑުމެންނަށް ނޭންގިނަމަވެސް ކުޑަ ޝިރުކު ކުރެވިދާނެ، ނޭންގިނަމަވެސް.  

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެހެންވެގެން އެކަމަށްޓަކައި އުއްމަތަށް ވަރަށް ބޮޑަށް އެކަލޭގެފާނު ބިރުފުޅުވެ ވަޑައިގެން، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާފައިވޭ، މަޞީޙުއް ދައްޖާލަށްވުރެން ތިޔަބައިމީހުންނާ މެދު ތިމަންކަލޭގެފާނު ބިރުވެތިވާކަމެއްގެ ޚަބަރު ތިޔަބައިމީހުންނަށް ދެއްވަންތޯއެވެ. ޞަޙާބީން ދެންނެވީ އާއެކޭ، ދެން އެކަލޭގެފާނު ޙަދީޘް ކުރެއްވީ --- "އެއީ ފޮރުވިފައިވާ ޝިރުކެވެ." 

ދެން އެކަލޭގެފާނު މި ޙަދީޘް ބަސްފުޅުގައި ބަޔާންކުރައްވަނީ މިސާލެއް. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވަނީ "މީހަކު ނަމާދު ކުރަން ފަށައެވެ. އަދި ބަޔަކު އޭނާ ނަމާދު ކުރާތަން ބަލަން ހުރިކަން އެނގުމުން އެ ނަމާދު އޭނާ އިތުރަށް ޒީނަތްތެރި ކުރެއެވެ."  

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި ބަޔާން ކުރައްވަނީ މީހަކު މިސާލަކަށް އޭނަ ނަމާދުކުރަން ފަށައިފާނެ، އެކަމަކު އޭނައާ ދިމާލަށް މިހަކު ބަލަން ހުރިކަން އެނގުނީމަ އޭނަ ރުކޫޢު ތަންކޮޅެއް ދިގު ކޮށްލަފާނެ. ސަޖިދަ ތަންކޮޅެއް ދިގުކޮށްލަފާނެ. އެފަދަ ޢަމަލްތައް އެއީ ޙަޤީގަތުގަ އޭރަށް އޭނައަށް އެ ހެޔޮޢަމަލްކުރުން އޭނަ ﷲ އަށްޓަކައެއް ނޫން އޭނައަށް ހަމައެކަނި އެ ޢަމަލް ކުރެވެނީ. އޭނަ މީހުންނަށް ދެއްކުމަށްޓަކާ، މީހުންގެ ތަޢްރީފް ހޯދުމަށްޓަކާ އޭރަށް އެ ހެޔޮ ޢަމަލް އެ ކުރެވެނީ. މިފަދަ ޢަމަލްތައް ﷲ ސުބުޙާނަހޫ ވަތަޢާލާ ޤަބޫލެއް ނުކުރައްވާނެ.  

އެހެންވީމަ އަޅުގަނޑުމެން ރަމަޟާންމަހު އަދި ޙާއްސަކޮށް އަޅުގަނޑުމެން ހެޔޮ ޢަމަލްތައް ކުރާއިރުގަ އަޅުގަނޑުމެން އެބަޖެހޭ ނިޔަތާ މެދު ސަމާލުވާން. ބައެއްފަހަރަށް ބައެއް މީހުން ހެޔޮ ޢަމަލް ކޮށްފަ އޭގެ ފަހުގަ ބައެއް މީހުން ފޮނިކެނޑުމުގެ ގޮތުން ބައެއް ފަހަރަށް ބައެއް މިހުން އެބަބުނޭ ރަމަޟާން މަހުގައިވެސް، ތިމަންނަ މިހާރު 5 ފަހަރު ޚަތިމް ކޮށްފިއޭ، 5 ޚަތިމް ކޮށްފައޭ އޮންނާނީ. ތިމަންނަ މިވެނި މިސްކިތަކަށް ނުވަތަ މިވެނި ތަނަކަށް މިހާރު މިވެނި ވަރަކަށް ޞަދަގާތް ވެސް ކޮށްލާފައޭ އޮންނާނި. ތިމަންނާ މިހާރު ޢުމްރާވެސް ވެއްޖައީމޭ މިވެނި ވަރަކަށް ކިޔާފަ އެއްކަލަ ބައެއްފަހަރަށް ފަޚުރުވެރި ވުމުގެ ގޮތުން، ނޫނި އެއްކަލަ އެހެން މީހުންނަށް ފޮނި ކެނޑުމުގެ ގޮތުން، ތަޢްރީފް ހޯދުމުގެ ގޮތުން ބައެއް ފަހަރަށް ބައެއް މީހުންނަށް ހެޔޮ ޢަމަލްތައް އެބް އިސްތިހާރު ކުރެވޭ. އެހެންވީމަ މިފަދަ ކަންކަމުން ވާނެ އަޅުގަނޑުމެން އެއްކިބާވާން. 

އަޅުގަނޑުމެން މަސައްކަތް ކުރަންވާނެ އަބަދުވެސް އަޅުގަނޑުމެންނަށް މި ކުރެވޭ މަދު ހެޔޮ ޢަމަލްތައް ﷲ ސުބުޙާނަހޫ ވަތަޢާލާއަށްޓަކައި ކުރެވޭތޯ މަސައްކަތް ކުރަން. އަޅުގަނޑުމެން އަބަދުވެސް އަޅުކަން ކުރާއިރުގަ ސުވާލު ކުރަންވާނެ، އަމިއްލަ ނަފްސާ ސުވާލުކުރަންވާނެ، އަހަރެން މި ހެޔޮ ޢަމަލް މި ކުރަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން މި ހެޔޮ ޢަމަލް މި ކުރަނީ ކީއްވެގެން ހެއްޔެވެ؟ ކާކަށްޓަކާ ހެއްޔޭ އަހަރެން މި ހެޔޮ ޢަމަލް މި ކުރަނީ. އެފަދައިން އަބަދުވެސް އަޅުގަނޑުމެން ވާނެ ސުވާލު ކުރަން.  

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަދި މިފަދަ ޝިރުކުން އަޅުގަނޑުމެންނަށް ރައްކާތެރި ކޮށްދެއްވުމަށްޓަކާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަނޑުމެންނަށް ވަނީ ދުޢާއެއް ދަސްކޮށްދެއްވާފަ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެ ދަސްކޮށްދެއްވާފައިވާ ދުޢާއަކީ  

اللّهُـمَّ إِنّـي أَعـوذُبِكَ أَنْ أُشْـرِكَ بِكَ وَأَنا أَعْـلَمْ، وَأَسْتَـغْفِرُكَ لِما لا أَعْـلَم 

"އޭ ﷲ، އަޅަމެންނަށް އެނގޭ ޙާލު އިބައިލާހަޢި ޝިރުކު ކުރުމުން ރައްކާތެރި ކޮށްދެއްވުމަށް އިބަ އިލާހުގެ ޙަޒްރަތުން އެދި ދަންނަވަމެވެ. އަދި  އަޅަމެންނަށް ނޭންގިތިބެ ކުރެވޭ ކަންތައްތަކަށް ފުއްސަވާ ދެއްވުމަށް އިބަ އިލާޙުގެ ޙަޒްރަތުން އެދި ދަންނަވަމެވެ." މީ އަޅުގަނޑުމެން އަބަދުވެސް ކުރަން ވަރަށް ރަނގަޅު ހެޔޮ ދުޢާއެއް. ނަމާދުގަވެސް ފަހު އައްތަޙިއްޔާތަށްފަހުގައި އަޅުގަނޑުމެންނަށް ކޮންމެ ނަމާދެއްގަވެސް  ކުރެވިދާނެ ދުޢާއެއްމީ. ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން ކުރުން، ގިނަގިނައިން ކުރުން ވަރަށް ރަނގަޅު ދުޢާއެއްމީ އަދި ޙާއްސަކޮށް އަޅުކަންތައްތައް، ހެޔޮ އަޅުކަންތައްތައް ކުރުމަށްފަހުގަ މީ އަޅުގަނޑުމެން ކުރުން ވަރަށް މުޙިއްމު ދުޢާއެއް.  

ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ ހެޔޮ ޢަމަލްތައް ޤަބޫލްކުރެއްވުން. އަދި އަޅުގަނޑުމެންގެ ހެޔޮ ޢަމަލްތައް ޝިރުކުން އަޅުގަނޑުމެންގެ ހެޔޮ ޢަމަލްތައް ޠާހިރު ކުރުން.

(އަރަބި) 

- ޝައިޚް ޖަޢްފަރު މުޙައްމަދު ޢުޘްމާން 

ޝަރަޙަ އަޑުއައްސަވާލައްވަން: 

 

 

 

މިއަދު އޮންލައިން