ޢާއިޝަތު ރަފާޙް ޢަލީ
އެކުވެރިންގެ ނުފޫޒުގެ އެންމެ ބޮޑު ނުރައްކަލަކީ އެކަމެއް ކުރުމުން ގެއްލުން ލިބޭނެ ކަމެއް ކުރުމުން ރައްޓެހިންގެ ފަރާތުން އޭނާ ބަލައިގަނެ އަދި އޭނާގެ އަގު އުފުލޭކަން އިހުސާސް ކުރެވުމެވެ. އެއީ ހަމައެކަނި ނުވަތަ އަބަދުވެސް ތިމާގެ އިޚްތިޔާރާ ޚިލާފަށް ކަމެއް ކުރުމެއް ނޫނެވެ. ގިނަފަހަރަށް މި ނުފޫޒުގައި ޖެހި އެކަންކުރަން ކުއްޖާ ބޭނުންވަނީއެވެ.
"ޕީއާރ ޕްރެޝަރ" މި ލަފުޒު ގިނައިން ބޭނުންކުރާ އަޑު އިވިދާނެއެވެ. އެކަމަކު އެކުވެރިންގެ ނުފޫޒަކީ ފުރާވަރުގެ ކުދިންނަށް ދިމާވާކަމެކެވެ. އެއީ ސުލޫކު ބައްޓަންވާ ގޮތް ބަޔާންކުރުމަށް ރަނގަޅު ގޮތަކީ އެމީހުން ނިސްބަތްވާ ރައްޓެހިން ނުވަތަ އެކުވެރިންގެ ގްރޫޕަކަށް ކަމަށް އިހުސާސް ކުރަން ބޭނުންވުމުންނެވެ.
އެކުވެރިންގެ ޕްރެޝަރާއި ނުފޫޒުން ފައިދާވެސްކޮށްފާނެއެވެ. މިސާލަކަށް ދަރިފުޅަށް ނުފޫޒު ފޯރުވައިގެން އިތުރަށް ވަރުގަދަވެ، ފައިދާހުރި އާ ހަރަކާތްތަކެއްގައި ބައިވެރިވުން ނުވަތަ ސްކޫލުގެ ކަންކަމުގައި އިތުރަށް ބައިވެރިވެދާނެ އެވެ.
އެކަމަކު އެއިގެ އިދިކޮޅުވެސް އެބައޮތެވެ. އެކުވެރިންގެ ނުފޫޒުގެ ސަބަބުން ފުރާވަރުގެ ކުދިން އާންމުކޮށް ޝައުގުވެރިވެގެން ނުވާނެ ކަންތައްތައް، ދުންފަތުގެ އިސްތިއުމާލުކުރުން ނުވަތަ އިޖުތިމާޢީ އަދަބުތަކާއި ޚިލާފު ގޮތްގޮތަށް އަމަލުކުރުން ފަދަ ކަންކަން ކުރަން ކުދިން އިޚްތިޔާރު ކުރެއެވެ.
ފުރާވަރުގެ ކުދިންގެ މައްޗަށް އެކުވެރިންގެ ނުފޫޒުފޯރާ މިންވަރަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ. އެގޮތުން ގޭތެރެއިން ނުފެންނަ ކަންކަން ގެއަށް ގެންނަނަމަ އެއޮތީ އިތުރަށް ވިސްނަންޖެހިފައެވެ. ކަންކަން ކުރަން ދަސްދޭ ގޮތާއި ޚިލާފަށް ކަންކަން ކުރާނަމަ އެއޮތީވެސް ވިސްނަންޖެހިފައެވެ.
ދެން އޮތީ އެންމެ ބޮޑު މައްސަލައެވެ. އެއީ މައިންބަފައިންގެ ބަސް ޤަބޫލުނުކުރުމެވެ. ވަރަށް ގިނަފަހަރު އެކަން ކުރިމަތިވާނީ އެކުވެރިންގެ ނުފޫޒުގައެވެ.
- މިއަދުނޫސް