އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުވަން އޮތް އެންމެ ފަސޭހަމަގަކީ ކީރިތި ޤުރްއާނެވެ. ކާފިރުންގެ ތެރެއިން ކީރިތި ޤުރްއާން ރަނގަޅު ގޮތުގައި ދިރާސާކުރާ މީހުންގެ ތެރެއިން މަދުމީހަކު ނޫނީ އިސްލާމް ދީން ޤަބޫލުކުރާ ސަބަބަކީ އެއީއެވެ.
މިކަމުން މުސްލިމުން ޙާޞިލުކުރަންޖެހޭ ޢިބްރަތަކީ ހުޅުވާލެވިފައިވާ، އެއްވެސް ތަޣައްޔަރުކަމެއް ނެތް ހިތަކުން މުސްލިމަކު ކީރިތި ޤުރްޢާނުގެ ތެރެއަށް ފީނައިފިނަމަ އެމީހަކަށް މާގިނަ ކަންކަން އޮޅުންފިލައި ހިތުގައި ބިރުވެތިކަން އުފެދޭނެ ކަމެވެ. އިސްލާމް ދީނަށް ލޯބިއިތުރުވެގެންދާނެ މިންވަރު އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކީރިތި ޤުރްއާނުގައި ވަރަށް ގިނަ ވާހަކަތަކެއްވެއެވެ. މިބުނަނީ އެކި ޒަމާންތަކުގައި ހިނގާފައިވާ ކަންކަމުގެ ވާހަތަކެވެ. ކޮންމެ މަހަކުވެސް އެތަނުން އެންމެ ޥާހަކައެއް ނަމަވެސް ދިރާސާކޮށްލައިބަލާށެވެ. ދިރާސާކުރަން މާގިނަ ފޮތްތަކެއް ނުބެލިނަމަވެސް ފުދޭނެއެވެ. އިން ޝާ ﷲ. މިކަމަކީ ލިބޭ ހުސްވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިފަންވެސް ކުރެވެން އޮތް ކަމެކެވެ. އެއިރުން އެމީހަކަށް ދާނީ ބޮޑެތި ފުނިފުންޏަށް ޘަވާބުއިތުރުވަމުންނެވެ! އިން ޝާ ﷲ
އެވާހަކަ ބަޔާންކުރައްވަވާފައިވާ އާޔަތްތަކުގެ ތަފްސީރު ކިޔައިލި ނަމަވެސް އޮންނާނީ ދިރާސާ ކުރެވިފައެވެ. އެވަރުކޮށްލެވޭތޯ ބަލާށެވެ! އެނގޭނީ ހަމައެކަނި އެވާހަކައެއް ނޫނެވެ. އިތުރު އެތައް ބައިވަރު ކަންތައްތަކެއް އެނގިގެންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ލިޔުމަކާއި ވީޑިއޯ:
3 ޤައުމެއްގެ ކްރިސްޓިއަން ނަނުން އިސްލާމްވުން:
ޢަދަދުގެ ގޮތުން ކިތަންމެ މަދުބައަކު ނަމަވެސް އިސްލާމް ދީން ކަމުނުދާކަމަށްބުނެ ބައަކުދަނީ ކާފިރުވަމުންނެވެ. އެއީ މައްސަލައެއްވެސް ނޫނެވެ. ޝައިޠޯނާގެ ބަހަށް ހެއްލި ނަރަކައަށް ވަންނާނެ ބައަކު އުޅޭނެއެވެ. ﷲ ތަޢާލާ ނަރަކަ އުފެއްދެވީ އެމީހުންނަށްޓަކައެވެ.
ލިޔުމުގައިވާ ވީޑިއޯ ބައްލަވައިލައްވާށެވެ! އެ ވީޑިއޯގައި ބަޔާންކޮށްފައިވަނީ 3 ޤައުމެއްގެ ކްރިސްޓިއަން 3 ނަނުން އިސްލާމްވީ ގޮތުގެ ވާހަކައެވެ. އެމީހުން އިސްލާމްވީ ހަމަތިބެފައެއް ނޫނެވެ. އިސްލާމް ދީން ރަނގަޅަށް ދިރާސާކުރުމަށްފަހުގައެވެ. އެހެން ދީންތަކަށްވުރެ އިސްލާމް ދީން ފުރިހަމަވުމުންނެވެ. ތެދު ޙަޤީޤަތް އެނގެން އޮތީ ހަމައެކަނި ޤުރްއާނުންކަން ޔަޤީންކުރeވުމުންނެވެ.
ނަނުންނަކީ އެމީހުންގެ މުޅި ޙަޔާތް "ކްރައިސްޓަށް" ޓަކައި ޤުރްބާންކޮށްގެން ތިބޭ ބައެކެވެ. ވީމާ އެފަދަ ބައަކު އިސްލާމްވުމަކީ ކުޑަކަމެއް ނޫނެވެ.
ގުޅުންހުރި ވީޑިއޯ: