ކައިވެނީގެ ކުރިން ލޯބިވެރިޔާއަށް ދިން ސަމާލުކަން ކައިވެންޏަށްފަހު ނުދެވޭނަމަ އެމީހަކު ވާނީ މަކަރުވެރިއަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކައިވެނީގެ ކުރިން ލޯބިވެރިޔާއަށް ދިން ސަމާލުކަން ކައިވެންޏަށްފަހު ނުދެވޭނަމަ އެމީހަކު ވާނީ މަކަރުވެރިއަކަށް!

ލޯބިވެގެންއުޅޭއިރު ލޯބިވެރިޔާ ގުޅައިލާއިރަށް ފޯނުނެގެއެވެ. މެސެޖެއްކުރާއިރަށް ޖަވާބުދެވެއެވެ. ގުޅުން ލަސްވާނަމަ އަމިއްލައަށް ގުޅައެވެ. މެސެޖްނުކުރާނަމަ އަމިއްލައަށް މެސެޖްކުރެއެވެ. ބިޒީކަމުން މިރޭ ބައްދަލުކުރެވެން ނެތްކަމަށްބުނެފިނަމަ ކަންބޮޑުވެ ކުރާކަންތައް އޮޅުންފިލުވަން ފާރަވެސްލައެވެ.  

ކައިވެންޏަށްފހު މިހުރިހާ ކަންކަން ޖެހެނީ އެކޮޅުކޮޅުންނެވެ. ގުޅިޔަސް ފޯނުނަގާނެ ވަޤުތެއް ނުވެއެވެ. ފޮނުވާ މެސެޖަށް ޖަވާބުނުދެވޭތަނުގައި ކިޔައިލާނެ ވަޤުތެއްވެސް ނުވެއެވެ. އަބަދު ބައްދަލުކުރެވޭނެ މަގުފަހިވީމާ ބައްދަލުކޮށްލާނެ ވަޤުތެއް ނުވެއެވެ. ދެމަފިރިން އެކުގައި ތިބެ ކައިބޮއިހެދޭކަމަށް ނުވެއެވެ. ދެމީހުންނަށް އެކުގައި ނިދަން އޮށޯވެވޭކަމަށް ނުވެއެވެ.  

ބުނަންހެއްޔެވެ؟ މިކަންކަން މިގޮތަށް ނުކުރާށެވެ! ޢުމުރުން ކިތަންމެ ދުވަސްވިޔަސް އެކަކު އަނެކަކަށްދޭންޖެހޭ ސަމާލުކަން ކުޑަނުކުރާށެވެ! އަނެކާދެކެ ލޯބިވާކަމަށް ބުނުމާއި އެކަން ޢަމަލުތަކުން ދެއްކުމުގައި ޛައްރެއްގެ މިންވަރަށްވެސް އުނިނުކުރާށެވެ! ލޯބި ތާޒާކަންމަތީގައި ދަމަހައްޓައިދޭ އެންމެ ބޮޑުބާރަކީ އެއީއެވެ.  

ކައިވެންޏަށްފަހު ބިޒީވެ ދުރުހެލިވާންވީ އަނބިމީހާއަކާއެއް ނޫނެވެ. އެކުވެރިންނަށެވެ. ދުރުހެލިވާންވީ ކުރެވޭ ދިރިއުޅުމަށް ފައިދާއެއް ނެތް ކަންކަމަށެވެ. ވަޤުތު ދިނުމުގތައިވެސް އޮތީ އަނބިމީހާއަށް އިސްކަންދިނުމެވެ. އަނބިމީހާއަށް ވަޤުތުދިނުމަކީ އެންމެ ފަހުކަމަކަށް ނުހަދާށެވެ. ތިއައެދޭ އުފާވެރި ދިރިއުޅުން ލިބެންއޮތީ އެއިރުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން