ޤިޔާމަތްވުން ގާތްވުމުން ފެންނާނެ ކުދި ޢަލާމާތްތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް މިހާރުވެސް ފެނި ކުރިއަށްދާކަން ޢިމްމްވެރިން ގެންދަވަނީ ބަޔާންކުރައްވަމުންނެވެ. ބިރުވެތިވުން ބޮޑުކުރަންވީ މާދަމާ ޤިޔާމަތްވެދާނެ ކަމަކަށް ނޫނެވެ. އަދި ހިތްހަމަޖެހެންވީ ޤިޔާމަތް ދުވަސް ބައްދަލުކުރާނީ މާފަހުން ކަމަށް ބަލައިގެނެއް ނޫނެވެ. ބިރުވެތިވާންވީ މިއަދުވެސް ތިމާ މަރުވެދާނެ ކަމަށާ އަދި މަރުވުމުން ތިމާއަށް އެއޮތީ ޤިޔާމަތްވެފައިކަމަށްވުމުންނެވެ.
ކުދި ޢަލާމާތްތައް ފެނިފައިވާލެއް ގިނަކަމުން ބައެއް މީހުން މަޙްދީގެފާނު މިހާރު ދުނިޔޭގައި ނުހުންނަވާނެތޯ ސުވާލުކުރެއެވެ. މިސުވާލަށް ޖަވާބުދެވޭނެ ގޮތެއް އަދި ނެތެވެ. އެކަން އެނގޭނެ ގޮތެއް ނެތުމުންނެވެ. އެކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
ޤިޔާމަތްވުމުގެ ބޮޑެތި ޢަލާމާތްތަކުގެތެރެއިން އެންމެ ފުރަތަމަ ޢަލާމާތެއްގެ ގޮތުގައި ޢިލްމުވެރިން އަދި ޙަދީޘްތަކުގަވެސް ބަޔާންވެގެން އަންނަނީ ދައްޖާލު ފާޅުވެގެން އަންނަ ވާހަކަ. ދެން ދައްޖާލު ފާޅުވުމުގެ ކުރީގައި ވަރަށް މުހިއްމު ކަމެއް އަދި ގެނެސްފަވޭ. އެއީ މަޙްދީގެފާނުގެ ވާހަކަ.
ދެން ހަމަ ހިތަށް އަރާފާނެ ކޮބާބާއޭ މަޙްދީގެފާނަކީ. މަޙްދީގެފާނު، ޢިލްމުވެރިން ބަޔާންކުރައްވަނީ، މިހާރު އަޅުގަނޑުމެން މިދައްކަނީ ބޮޑެތި ޢަލާމާތްތަކެއްގެ ވާހަކަ. އަދި އަޅުގަނޑުމެން އެންމެންވެސް އަޑުއަހާނެކަންނޭގެ ކުދި ޢަލާމާތްތަކެއްވެސް ހުންނަކަން (އައުމުގެ ކުރީގަ) އެހެންނު!
ޢިލްމުވެރިން ބަޔާންކުރައްވަނީ މަޙްދީގެ ފާނަކީ މި ކުދި ޢަލާމާތްތަކާ ބޮޑެތި ޢަލާމާތްތަކާ ދެމެދުގައި އެޅޭ ފާލަމެއްގެ ގޮތުގަ. އެއީ ކުދި ޢަލާމާތްތައް ނިމޭއިރު މަޙްދީގެފާނު ދުނިޔޭގަ ހުންނަވާނެ. ބޮޑެތި ޢަލާމާތްތައް ފާޅުވާއިރުވެސް މަޙްދީގެފާނު ދުނިޔޭގަ ހުންނަވާނެ. އެހެންވީމަ އިމާމުއް މަޙްދީ އޭ މިކިޔަނީ، ޢިލްމުވެރިން ވިދާޅުވަނީ އެއީ އިސްލާމީ އުއްމަތައް، އޭރުގެ އިސްލާމީ ދައުލަތެއްގެގޮތުގައި އެކުލަވާލާ، އުއްމަތެއްގެގޮތުގައި އެއްކުރައްވާ މުސްލިމުންގެ ވެރިއެއްގެގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ދުނިޔެއަށް ފޮނުއްވާ ޢަދުލުވެރި ޙާކިމެކޭ. އެހެންވީމަ މީ އިމާމު މަޙްދީއަކީ. އިމާމް މަޙްދީ ދުނިޔޭގައި ހުންނަވަނިކޮށް ދައްޖާލު ފާޅުވެގެން އަންނަނީ.
- އައްޝައިޚް އަބްދުﷲ ސަޢުދާން.
މިއަދުނޫސް