ރިޒުޤަށް ދަތިވާނަމަ ފުރަތަމަ ކަމަކަށްވެސް ގޭގެ އެންމެން ނަމާދުކުރަންފަށާށެވެ!: ޝައިޚް އަބްދުއްސަލާމް އައްޝުވައިޢިރް

ކިޔުމަށް ހޭދަވާނީ 2މ 32ސ
ރިޒުޤަށް ދަތިވާނަމަ ފުރަތަމަ ކަމަކަށްވެސް ގޭގެ އެންމެން ނަމާދުކުރަންފަށާށެވެ!: ޝައިޚް އަބްދުއްސަލާމް އައްޝުވައިޢިރް

ޢާއިޝަތު ރަފާޙް ޢަލީ

 

ނަމާދާއި ރިޒްޤު: ސޫރަތު ޠާހާގެ 132 ވަނަ އާޔަތުގެ ތަފްސީރު

وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا ۖ لَا نَسْأَلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَالْعَاقِبَةُ لِلتَّقْوَىٰ ‎﴿١٣٢﴾‏

މާނައީ: އަދި ކަލޭގެފާނުގެ أهل ވެރިންނަށް ނަމާދުކުރުމަށް أمر ކުރައްވާށެވެ! އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! رزق ދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންރަސްކަލާނގެ އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް رزق ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ރަނގަޅު ނިމުންވަނީ، تقوى ވެރިންނަށެވެ. (132)" 

1. އަހުލުވެރިންނަށް ނަމާދަށް އަމުރުކުރުން: 

"އަހުލުވެރިން" މި ބަހުގެ މާނައާ މެދު ސަލަފުއްޞާލިޙުންގެ މެދުގައި ތަފާތު ތަފްސީރުތައް ހުރި ނަމަވެސް، އޭގެ ތެރޭގައި އެމީހެއްގެ ގާތްތިމާގެ މީހުންނާއި، ދަރިންނާއި، އަނބިމީހާ އަދި އެއްބަނޑުއެއްބަފާ މީހުން ހިމެނެއެވެ. ޢުމަރުގެފާނު މި ޠާހާ ސޫރަތުގެ މިއާޔަތް ކިޔަވައިވިދާޅުވެ، އެކަލޭގެފާނުގެ އަހުލުވެރިންނަށް ނަމާދަށް ގޮވައިލައްވާކަމަށް ރިވާވެގެންވެއެވެ.

ނަމާދަށް އަމުރުކުރުމުގެ މާނައިގެ ތެރޭގައި ހިމެނެނީ:

2. ނަމާދުގައި ކެތްތެރިވުން:

ނަމާދަކީ ކެތްތެރިކަން ބޭނުންވާ ކަމެކެވެ. ބައެއް މީހުންނަށް ނަމާދު ކުރުމަކީ ނުވަތަ ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ބުރަ ކަމަކަށް ވެދާނެއެވެ. ޤުރްއާން ކިޔަވާއިރު ކަނުލައި އެއަށް އަޑުއެހުމާއި، ނަމާދުގެ ރުކުންތައް ފުރިހަމައަށް އަދާކުރުމުގައި ނަފްސު މައިތިރިކޮށް ކެތްތެރިވާން ޖެހެއެވެ. 

3. ނަމާދާއި ރިޒްޤާ ހުރި ގުޅުން

ﷲ ތަޢާލާ ނަމާދުގެ އަމުރާ ގުޅިގެން ރިޒްޤުގެ ވާހަކަ ގެންނަވާފައިވުމުން އެނގެނީ، ނަމާދު ޤާއިމުކުރުމަކީ ރިޒްޤު ތަނަވަސްވުމުގެ ސަބަބެއް ކަމެވެ.   

4. ދުޢާ އިޖާބަކުރެއްވުން:

އިންސާނަކު ދުޢާކޮށް، ކަމަކަށް އެދުމުން އެކަމެއް އެދޭ ގޮތަށް ނުވުމަކީ އެ ދުޢާ އިޖާބަ ނުވުމެއް ނޫނެވެ. ﷲ ތަޢާލާ އަބަދުވެސް މިންވަރުކުރައްވާނީ އެމީހަކަށް އެންމެ ހެޔޮ ގޮތެވެ. ބައެއް ފަހަރު އަހަރެމެން އެދޭ ކަމެއް ލިބުމަކީ އަހަރެމެންނަށް ގެއްލުން ހުރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން، ނަމާދުގައި ދުޢާކޮށްފައި، އެންމެ ފުރިހަމަ ގޮތް އިޚްތިޔާރުކޮށްދެއްވުން އެދި ﷲ އަށް ވަކީލުކުރަން ޖެހެއެވެ. 

ދިރިއުޅުމުގެ ދަތިކަމެއް ނުވަތަ ރިޒްޤުގެ ދަތިކަމެއް ކުރިމަތިވެއްޖެނަމަ، ނަމާދަށް އަވަސްވެގަންނާށެވެ. އަދި އަމިއްލަ ނަފްސާއި އަހުލުވެރިން ނަމާދުގައި ދެމިތިބުމަށް ބާރުއަޅާށެވެ. އެއީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީގެ ތަޅުދަނޑިއެވެ. 

ޝައިޚް އަބްދުއްސަލާމް އައްޝުވައިޢިރްގެ ދަރުސަކުން

 

- މިއަދުނޫސް

 

 

މިއަދު އޮންލައިން