ކުރާ ކޮންމެ ހެޔޮ ޢަމަލެއްވެސް ކުރަންވީ އެކަމުން ތިމާއަށް އެންމެ ބޮޑަށް މަންފާކުރާނެ ގޮތަށެވެ. މަންފާއެވެ މިބުނަނީ ދުބނިޔަވީ ފައިދާއަކަށް ނޫނެވެ. ދެއްވަވާނެ ޘަވާބަށެވެ. އެގޮތުން ޞަދަޤާތް ކުރުމަކީ ކިހައިވަރެއްގެ ފައިދާހުރި ކަމެއްކަން މުސްލިމުންނަށް ރަނގަޅަށް އެނގޭނެއެވެ. އޮޅުން އަރައިގެން އުޅެނީ އެންމެ ބޮޑު ފައިދާ ހޯދާނެގޮތެވެ. ވީމާ އަޑުއަހާށެވެ!
ކޮންމެ މީހަކަށް ނަމަވެސް ކާން ދިނުމަކީ ޞަދަޤާތެކެވެ. ފަޤީރަކަށް ކާން ދިނުމުން ދެގުނައަށް ބޮޑުވެއެވެ. ޢާއިލާގައި ހުރި ފަޤީރަކަށް ކާންދީފިނަމަ 3 ގުނައަށް ބޮޑުވެއެވެ. އަދި ތިމާގެ މީހާއަކީ އަވަށްޓެރިއަކަށް ވެއްޖެނަމަ 4 ގުނައަށް ބޮޑުވެގެންދެއެވެ.
ސަބަބަކީ 1 ކާންދިންކަން 2 ފަޤީރެއްކަން 3 ތިމާގެ މީހަކަށްވުން 4 ތިމާގެވެފައި އަވަށްޓެރިއަކަށްވުން
ޢާއިލާގައި ތިބި ފަޤީރުންނަށް އެހީތެރިވުމުގެ ފައިދާ މިހާބޮޑު ނަމަވެސް ގިނަ ބައަކަށް އޮންނަނީ އެކަމަށް ވިސްނައި ނުލެވިފައެވެ. ތިމާގެ މީހުންނަށް އެހީތެރިވުމުގައި އިހްމާލްވެވިފައެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ.
ކުރާ ޞަދަޤާތުން ގިނަ ޘަވާބު ލިބެން އެދޭމީހާ ޢާއިލާގައި ތިބި ފަޤީރުންނަށް އެހީތެރިވުން ގިނަކުރާށެވެ! މިބަޔާންކުރި ސަބަބުތަކަށްޓަކައެވެ.
- މުފްތީ މެންކުގެ ދަރުސަކުން