މައްސަރުކަންތައް ޖެހިގެން ހުންނަ ދުވަސްތަކުގަ ސިޙުރު ޖެހުން ގާތްވާނެ! އޮތީ ޤުރްއާނުން ރައްކައުތެރިކަން ހޯދުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
މައްސަރުކަންތައް ޖެހިގެން ހުންނަ ދުވަސްތަކުގަ
ސިޙުރު ޖެހުން ގާތްވާނެ! އޮތީ ޤުރްއާނުން 
ރައްކައުތެރިކަން ހޯދުން!


ޖިންނި ޝައިޠޯނުން މީސްތަކުންގެ މައްޗަށް ގަދަވެގަންނަން ފަސޭހަވާނީ ޠޯހިރިނުވެވި ހުންނަ ވަޤުތުތަކުގައެވެ. އެހެންވެ ސިޙުރުވެރިން ފޮނުވާ ޖިންނިތައް އެވަޤުތުގައި ދޭ ޙަމަލާތައް ގިނަކޮށް ވަރުގަދަވެސް ކުރާނެއެވެ. އަހުރެމެންނަށް އޮތީ ރައްކައުތެރިކަން ލިބިގަނެގެން ތިބުމެވެ.

އަންހެނުން މައްސަރު ކަންތަކުގައި ތިބޭ އިރުވެސް ކިޔެވުން ހުއްޓާލައިގެން ނުވާނެ، ކޮންމެހެންވެސް ކިޔަވަން ޖެހޭނެ ބައިތަކެއް ޤްރުއާނުގައިވެއެވެ!  

1 އާޔަތުލްކުރުސި: ފަތިހު އާއި މަޣްރިބް ނަމާދު ވަގުތު ޖެހުމުން އާޔަތުލްކުރުސި 3 ފަހަރު ކިޔަވަން ވާނެއެވެ.

2 ކީރިތި ޤްރުއާނުގެ އެންމެ ފަހު 2 ސޫރަތް: ފަތިހު އާއި މަޣްރިބް ނަމާދު ވަގުތު ޖެހުމުން އާޔަތުލްކުރުސި 3 ފަހަރު ކިޔަވަން ވާނެއެވެ. 

3 ބޭނުންނަމަ އިޚްލާޞް ސޫރަތް އިތުރުކުރާށެވެ!  

މައްސަރުކަންތައް ޖެހިގެން ތިބޭއިރު ކޮންމެހެން ކިޔަވަން މިބުނަނީ އެ ދުވަސްތަކުގައި ޝައިޠާނުންގެ އުނދަގޫ ބޮޑުވާނެތީއެވެ. ސިހުރު ހާހޫރައިގެ އަސަރުކުރުން ފަސޭހަވާނެތީއެވެ.  

މައްސަރު ކަންތަކުން ސަލާމަތްވެ ހުންނައިރުވެސް މިކަންކަން ކުރަންވާނެއެވެ. އަދި މީގެ އިތުރުން ކޮންމެ ނަމާދެއްގެ ފަހުގައި އާޔަތުލްކުރުސި ކިޔަވަންވާނެއެވެ. ފަތިސް ނަމާދަށްފަހުގަ އާއި މަޣްރިބް ނަމާދަށްފަހު އާޔަތުލްކުރުސި 3 ފަހަރު ކިޔަވައި ކީރިތި ޤްރުއާނުގެ އެންމެ ފަހު 2 ސޫރަތް: 3 ފަހަރު 3 ފަހަރު ކިޔެވުމަކީ އަދި ބަޤަރާ ސޫރަތް ކިޔެވުމަކީ ޝައިޠާނުންނާއި ހަސަދަވެރިންގެ ކިބައިން އަދި ސިހުރު ހާހޫރަތަކުން ސަލާމަތްވުމަށް ކޮންމެ މީހަކަށް ވެސް ދެއްވަވާފައިވާ އައްޑަނައެކެވެ. އައްޑަނައިގެ ބޭނުން ނުހިފައި ހުއްޓައި މުޞީބާތެއް ކުރިމަތުވުމުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެމީހަކަށެވެ.  

މިކަންކަން ނުކޮށް ތިބެ، ކިރިޔާ ކަމެއް މެދުވާއިރަށް ކޮންމެވެސް ސިހުރުވެރިއެއްގެ ގާތަށް ދިއުމަށް ބައެއް މީހުން އަވަސްވެގަނެއެވެ. ހަމަ ދާއިރަށް ފުރަތަމަވެސް ބުނާނީ ކޮންމެވެސް މީހަކު ކޮންމެވެސް ސިހުރެއް ހަދާފައިވާ ކަމަށެވެ. އެއީ ގިނަ މީހުން ސިހުރުވެރިންގެ ގާތަށް ދަނީ އެގޮތަށް ޔަޤީންކޮށްގެންކަން ސިހުރުވެރިންނަށް އެނގޭތީ އެމީހާގެ ހިތް ހަމަޖައްސައިދީ އެމީހާގެ ކިބައިން ނާޖާއިޒު ފައިދާ ހޯދައިގަތުމުގެ ބޭނުމުގައެވެ.  

--މުފްތީ މެންކުގެ ދަރުސަކުން

 

 

 

 

 

 

މިއަދު އޮންލައިން