ހިތްހަމަނުޖެހި ހުންނަންޖެހޭނަމަވެސް، ދިރިއުޅުން ކުރިނާރާނަމަވެސް ނިކަން މިމަގުން ޢަމަލުކޮށޢަމަލުކޮށް ތަފާތު ބަލައިލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ހިތްހަމަނުޖެހި ހުންނަންޖެހޭނަމަވެސް، ދިރިއުޅުން
ކުރިނާރާނަމަވެސް ނިކަން މިމަގުން ޢަމަލުކޮށޢަމަލުކޮށް ތަފާތު ބަލައިލަބަލަ!


އަހުރެމެންގެ ތެރެއިން ގިނަބައަކަށް އުޅެންޖެހިފައި މިވަނީ ހިތްދަތިކަން ލިބޭ ކޮންމެވެސް ކަމެއް ކުރިމަތިވެގެންނެވެ. ދިރިއުޅުމަށް ކުރިއެރުން ނުލިބޭތީއެވެ. އެހެންވެ ޙައްލަށް އެދި ދުޢާކުރަމުއެވެ. ދުޢާކުރުމުގެ އިތުރަށް ނިކަން ޛިކުރުކުރަން ފަށައިބަލާށެވެ!

ޛިކުރުކުރުމުން ލިބޭ ފައިދާތަކަށްބަލާއިރު:

ޛިކްރްކުރުން މަތީގައި ދެމިހުރުމަކީ ފާފަކުރެވުމުން ނަފްސް ސަލާމަތްކޮށްދޭ ބާރެއް ކަމުގައި ބުނެވެނީ ޛިކްރުކުރުން މަތީގައި ހުންނަ މީހާއަށް އެކަމުގެ ޘަވާބު ލިބުމުގެ އިތުރުން އެފަދަ މީހުން ފާފަތައް ކުރުމުން ސަލާމަތް ކުރައްވަވާނެތީއެވެ. ފާފައެއް ކުރެވެން އުޅުނު ނަމަވެސް ބިރުވެރިކަން ހިތަށް ވަދެ އެކަމާއި ދުރުހެލިވާނެތީއެވެ. ބެލުން ހުއްދަ ނޫން މަންޒަރުތައް ފެނުނު ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިވެ ބެލުންތައް ތިރިކުރެވޭނެތީއެވެ. އެފަދަ ވާހަކައެއްގެ އަޑު އިވުނު ނަމަވެސް އޮޓޮމެޓިކުން އެއަޑުތަކާއި ދުރުހެލިވެވޭނެތީއެވެ.  

ހަމަ އެއާއިއެކު ޛިކްރުކުރުންމަތީގައި ތިބޭ މީހުންނާއި ކައިރިވުމަކީ ޝައިޠާނާއަށް ފަސޭހަކަމަކަށް ނުވާނެއެވެ. ވީމާ ނުބައި ވަސްވާސްތަކުންވެސް މީހާ ސަލާމަތްވާނެއެވެ. ވީއިރު ނަރަކައިން ސަލާމަތްވުމަށް އެދޭ މީހާއަށް މިއީ ކިހައި ފައިދާ ހުރި ކަމެއްތޯއެވެ؟  

ޛިކްރު ކުރުންމަތީގައި ދެމިހުރުމަކީ ހަމައެކަނި ނަމާދުތަކަށްފަހު ޛިކްރުކުރުމެއް ނޫނެވެ. ޛިކްރުކުރުން މަތީގައި ދެމިހުރުމަކީ ތިމާއަށް ލިބޭ ހުސްވަގުތުތަކުގައިވެސް ޛިކުރުކުރުންމަތީގައި ދެމިހުރުމެވެ. ނަމާދު ކުރުމަށްފަހު ޛިކްރު ކުރުމަކީ ވަރަށް މުހިންމު އަޅުކަމެކެވެ. ހަމަ އެއާއިއެކު ތިމާއަށް ލިބޭ ހުސްވަގުތުތަކުގައި ޛިކްރު ކުރުމަކީ އެންމެ ފައިދާ ހުރި ގޮތެވެ.  

ގިނަ މީހުންނަކީ ކޮންމެވެސް މަސައްކަތެއްގައި އަވަދި ނެތި އުޅޭ ބައެކެވެ. އެހެންކަމުން ނަމާދަށްފަހު ޛިކްރުކުރަން ގިނައިރު މަޑުކުރުން އޮންނަނީ ފަސޭހަ ކަމަކަށް ނުވެފައެވެ. އޮންނަނީ އަވަހަށް މިސްކިތުން ނުވަތަ މުސައްލަ މަތިން ފައިބަން ޖެހިފައެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން