ދަރިން ނަމާދާ ދުރުވީމަ ނަމާދުކުރަން ބާރުއެޅިނަމަވެސް ނަމާދުކުރަންޖެހޭ ސަބަބާ ނަމާދުކުރުމުން ޙާޞިލުކުރަންޖެހޭ ކަންތައް ރަނގަޅަށް އަންގައިނުދެވޭނަމަ ކުރާ ނަމާދުން ފައިދާއެއް ނުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ދަރިން ނަމާދާ ދުރުވީމަ ނަމާދުކުރަން ބާރުއެޅިނަމަވެސް
ނަމާދުކުރަންޖެހޭ ސަބަބާ ނަމާދުކުރުމުން ޙާޞިލުކުރަންޖެހޭ ކަންތައް ރަނގަޅަށް
އަންގައިނުދެވޭނަމަ ކުރާ ނަމާދުން ފައިދާއެއް ނުކުރާނެ!

ދަރިން ޤަވާއިދުކޮށް ނަމާދުކުރާނަމަ ހިތްވަރުދިނުމުގެ

ގޮތުން އިނާމުވެސްދޭށެވެ. އިނާމެއްގެ ގޮތުން ދަރިން ބޭނުންވާ ކަންކަންވެސް ކޮށްދޭށެވެ. އަދި ނަމާދުނުކުރާނަމަ އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅައި ދަރިފުޅަކީ ނަމާދުކުރަން ލޯބިކުރާ ކުއްޖަކަށް ހަދަން މަސައްކަތްކުރާށެވެ! ހަމައެއާއިއެކު ވިސްނާލުން މުހިންމު ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.  

ދަރިންލައްވައި ނަމާދުކުރުވަން ބާރު އެޅުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެހެނީ 10 އަހަރުވުމުން ނަމާދުނުކުރާނަމަ ކުއްޖާއަށް އަނިޔާއަކަށް ނުވާނެ ގޮތަށް އަދަބުދީގެންވެސް ނަމާދުކުރުވަން އެބަޖެހެއެވެ. އަނިޔާ ނުވާނެވަރު ބަލައިގެން ޖަހައިގެންވެސް ނަމާދުކުރުވަން އެބަޖެހެއެވެ.

ބައެއް މައިންބަފައިންނަށް މިކަމުގައި ކަންކަންކުރެވޭގޮތުން ނަމާދުކުރުމުގެ މަޤްޞަދު ދަރިންނަށް އެބައޮޅެއެވެ. އެއީ ﷲ ތަޢާލާއަށްޓަކައި ކުރަންޖެހޭ ކަމެއްކަން ޤަބޫލުކުރެވުމުގެ ބަދަލުގައި މައިންބަފައިންނަށް ބިރުންކުރާކަމަކަށް އެބަ ބަދަލުވެއެވެ. އެއިރުން އެކަންވާނީ ކިހިނެއް ހެއްޔެވެ؟

"ދަރިފުޅަކު ، އޭނަގެ ބައްޕަދެކެ ބިރުން ނުވަތަ ބައްޕަގެ ރުހުން ހޯދަން ، އެއާއި އެކު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމުގެ ނިޔަތް ނުގަނެ ކުރާ ނަމާދު ، އެއީ ޤަބޫލުވެވިގެންވާ ނަމާދެއްކަމުގައެއް ނުވާނެއެވެ. އެހެނީ ނަމާދަކީ އަޅުކަމެކެވެ. އަޅުކަމެއް ﷲ ތަޢާލާ ފިޔަވައި އެހެންފަރާތަކަށް އަދާކުރުމެއްނުވެއެވެ. 

އެހެން ނަމަވެސް އޭނަގެ ނަމާދުގައި އޭނާ ނިޔަތަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުންކަމަށް ހަދައިފިނަމަ، އަދި އެއަށްފަހު އެއާއި ގުޅިގެން މައިންބަފައިންގެ ރުހުންވެސް ލިބުންވެސް އޭނާގެ ހިތުގައި އޮތްކަމުގައިވިޔަސް، އިންޝާﷲ އެ ނަމާދަކީ ޤަބޫލުވެގެންވާ ނަމާދެއްކަމުގައިވާނެއެވެ." 

ވީމާ ވިސްނަން ޖެހޭކަމަކީ ނަމާދުކުރަން ބާރުއަޅާއިރު ނަމާދުކުރާ ނުވަތަ ނަމާދުކުރަންޖެހޭ ސަބަބު ދަރިންނަށް ރަނގަޅަށް އަނގައިދިނުމެވެ. އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ކުރަންޖެހޭ ކަމެއްކަން އަންގައިދިނުމެވެ. ނޫންނަމަ ކަންކަން އެހެން ގޮތަކަށް ފޮރޮޅިގެން ހިނގައިދާނެއެވެ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން