ދަރިން ނިކަމެތިވާނެ ގޮތަށް ދެވަނަ ކައިވެނިކުރުމަށްވުރެ ފައިދާބޮޑުވާނީ ނުކުރީމަ! ތުއްތު ކުއްޖާ ކުރި ދުޢާ އެބުނެދެނީ މިވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ދަރިން ނިކަމެތިވާނެ ގޮތަށް ދެވަނަ ކައިވެނިކުރުމަށްވުރެ ފައިދާބޮޑުވާނީ ނުކުރީމަ! ތުއްތު ކުއްޖާ ކުރި ދުޢާ އެބުނެދެނީ މިވާހަކަ!

އެއީ ކުޑަކުއްޖެއްކަމަށް ބުނުމަށްވުރެ ރަނގަޅުވާނީ އެއީ ތުއްތު ކުއްޖަކުކަމަށްބުނިއްޔާއެވެ. އެހައިވެސް ކުޑަވީމައެވެ. އެކުއްޖާ ބައްޕައާއި ސުވާލުރީ ބައްޕައަށް ތަނަވަސްކަން ލިބިއްޖެނަމަ ކުރާނީ ކޮންކަމެއްތޯއެވެ؟ ޖަވާބުގައި ބައްޕަ ބުނީ ކައިވެނި ރޫޅިފައިވާތީ ދެވަނަ ކައިވެނި ކުރާނީކަމަށެވެ.  

ކުއްޖާ ވަޤުތުން ދުރަށް ޖެހިލާފައި ދުޢާކުރިއެވެ! "ޔާ ﷲ! ބައްޕައަށް ތަނަވަސްކަން ނުދެއްވަވާނދޭވެ! އާމީން"  

މިމަންޒަރު ފެނުމުން އަޅުގަނޑަށް ވަރަށް އުނދަގޫވިއެވެ. ވިސްނައިލެވުނެވެ. މިއީ ކުޅެފައި އޮތް ވީޑިއޯއަކަށްވެސް ވެދާނެއެވެ. ނަމަވެސް ޙަޤީޤަތުގައިވެސް މިފަދައިން ދުޢާކުރަން ބޭނުންވާ ކުދިން މަދެއް ނުވާނެއެވެ. އެއީ މަންމަ އާއި ބައްޕަ ވަކިވެ މަންމަ ނުވަތަ ބައްޕަ ދެވަނަ ކައިވެނިކުރުމުން ނިކަމެތިކަން ލިބޭ ކުދިން ގިނަކަމުންނެވެ.

އެހެންވެ އަޅުގަނޑު ބުނެލަން ބޭނުންވަނީ ދެވަނަ ކައިވެނިކުރަންޖެހުނަސް ދަރިން ނިކަމެތި ނުކުރަމާތޯއެވެ؟ ދަރިންނަށް އެންމެ ބޮޑު ނިކަމެތިކަމެއް ލިބެނީ ކުދިންގެ ބޭނުންތައް ނުފުދޭތީއެއް ނޫނެވެ. ކުދިންނަށް ދޭންޖެހޭ ސަމާލުކަން ނުދެވެތީއެވެ. ދަރިންނަށް ލޯބިދިނުން ކުޑަކުރެވެތީއެވެ. އަޅައިނުލެވޭތީއެވެ.  

ވީމާ ދެވަނަ ކައިވެނި ކުރިނަމަވެސް ކޮންމެ މީހަކު ނަމަވެސް އެކަން ކުރަންވާނީ ދަރިންނަށް ނިކަމެތިކަން ނުލިބޭނެ ގޮތަކަށެވެ. ދެވަނަ ކައިވެނިވެސް ތިންވަނަ ކައިވެނިވެސް ރޫޅިދާނެއެވެ. ތިމާ ދޫކޮށް ހިނގައިދާނެއެވެ. ނަމަވެސް ދަރިފުޅު ތިމާއާއިއެކުގައި އަބަދުވެސް ހުންނާނެއެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން