ދައްޖާލުގެ ސިފަތައްވެސް ބަޔާންކުރައްވާ ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމަގެ ވަރަށް ގިނަގުނަ ޙަދީޘްތަކެއްވޭ. ދެން ހުރިހާ ޙަދީޘްތައް އެއްކޮށް ނުކިޔާ ޖަމްޢުކޮށްލާފަ އަޅުގަނޑު ކޮންމެވެސްވަރަކަށް ސިފަތައް ބަޔާންކޮށްދެވޭތޯ ބަލާނަން.
އެގޮތުން ދައްޖާލަކީ ބުނެވޭގޮތުގައި ޒުވާނެއް. ބައެއް ރިވާޔަތްތަކުގައި އާދޭ ޢާއްމުކޮށް ޝަބާބެކޭ މީނައަކީ. ޢަރަބި ބަހުގަ މިކިޔަނީ ޝާއްބެކޭ. ޝާއްބުންނަކީ 15 އަހަރާއި 25 އަހަރާ (ގާތްގަނޑަކަށް) ޢުމުރު އެދެމެދުގެ މީހުން. ދެން ރިވާޔަތްތަކުގައި ހަމަ ޢިލްމުވެރިންވެސް ގެނެއްސަހުރޭ 25 އަހަރަށްތުރެން އޭނަގެ ޢުމުރު ހަގުވެގެން ވާނެއޭ. އެއީ ޒުވާން މީހެއްގެ ގޮތުގަ. ހަމަ އެއާއެކީ އޭނައަކީ ކުރު މީހެއްގެ ގޮތުގައި އައިއްސަ، (ޤަސީރު)، ކުރު މީހެއްގެ ގޮތުގައި. އިސްތަށިގަނޑާ ބެހޭގޮތުން ވަރަށް ގިނަ ރިވާޔަތްތައް އައިއްސަ ހުރޭ. ބައެއް ރިވާޔަތްތަކުގަ ބުޅިކޮށް އަނެއްބައި ރިވާޔަތްތަކުގަ ކޮންމެވެސް ވަރަކަށް މިކިޔާހެން ފަނެއް ނޫން އެކަމަކު (ކީކޭ މިކިޔަނީ) ރާޅުކޮށް ހުންނަ ކަހަލަ ގޮތަކަށް ސިފަކޮށްގެންވޭ.
އެކަމަކު ހަމަ ގިނަ ރިވާޔަތްތަކުގަ ލޯ ހުންނަ ގޮތުގެ ވާހަކަ އަންނަނީ އެއްގޮތަކަށް. އެއް ލޯ އަވަރު ވާނެކަމަށް، އަނެއް ލޮލަށްވެސް ވަރަށް ކުޑަކޮށް ނޫނީ ނުފެންނާނެ ކަމަށް. އަވަރު ލޮލުގަ ހުންނާނީ މޭބިސްކަދުރުގެ އޮށް ހުންނަހެން ފަޅާލީމަ ނުކުންނަ ފަދައިން ފެންނަންށޭ. ހަމަ އެއާއެކީގައި ނިތްކުރީގައި ލިޔެވިގެންވާނެކަމަށް ވަނީ "ކާފިރު"، އަނެއްބައި ރިވާޔަތްތަކުގައި އަންނަނީ "ކާ-ފާ-ރާ" ވަކި ވަކި ލަފްޒު ހިމަނައިގެން ލިޔެފަ ވާނެކަމަށް. އެހެންވީމަ އެ ފެންނާނެކަމަށް ވަނީ ހުރިހާ މުސްލިމުންނަށް. އޭނައަކީ ކާފަރެއްކަން، އެވަރަށް އެނގޭވަރަށް އެންމެންނަށް ކިޔަން އެނގޭނެކަމަށް ވަނީ އޭނަ ފެނުނީމަ، އޭނައަކީ ދައްޖާލުކަން. އެހެންވީމަ މިހާ ތަފްޞީލުކޮށްވަނީ ދައްޖާލަކީ ކާކުކަން، އޭނަގެ ސިފައަކީ ކޮބައިކަން އުންމަތަށް ބަޔާންކޮށްދެއްވާފަ.
- އައްޝައިޚް އަބްދުﷲ ސަޢުދާން.
ﷲ ތަޢާލާގެ ދީލަތިވަންތަކަން ނިކަންދެކިބަލާށެވެ! އޭތީގެ ނިތްކުރީގައި އެވަނީ "ކާފިރު" ލިޔުއްވަވައި އެއީ ކާފިރެއްކަން އަންގަވައިދެއްވަވައިފައެވެ. ނަމަވެސް ކިޔަން އެނގޭނީ މުސްލިމުންނަށެވެ. ކާފިރުންނަކަށް ނުފެންނާނެއެވެ.
މިފަދަ ވާހަކަތައް ގިނަގިނައިން ކިޔަން އެބަޖެހއެވެ. ޢާޚިރަތް ދުވަހަށާއި މަރުވުމަށް ތިމާގެ ހިތުގައި ބިރުވެރިކަން އުފެއްދޭނީ އެއިރުންނެވެ. އިން ޝާ ﷲ.