ޢަމަލުތައް އިޞްލާޙްކުރަން އެދޭނަމަ ޤުރްއާނުގެ މާނަކިޔަން އެންމެ ފައިދާހުރި ގޮތަށް ވިސްނައިގެން އެންމެ ފަހަރަކުވެސް ޤުރްއާން އެކުގަ ކިޔާލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ޢަމަލުތައް އިޞްލާޙްކުރަން އެދޭނަމަ ޤުރްއާނުގެ މާނަކިޔަން އެންމެ ފައިދާހުރި ގޮތަށް ވިސްނައިގެން އެންމެ ފަހަރަކުވެސް ޤުރްއާން އެކުގަ ކިޔާލަބަލަ!

އެންމެ މުހިންމީ ކީރިތި ޤްރުއާނުގެ މާނަ އެނގުމެވެ.. "ނިކަން މީހަކު ގޮތް ބަލައިލަންވެސް ކީރިތި ޤްރްއާނުގައި އަންގަވާފައިވާ އެންގެވުންތައް ﷲ ތަޢާލާ ނިޞްބަތް ކުރައްވަވާފައި އެވަނީ ތިމާއަށް ކަމަށް ވިސްނައިގެން ވިސްނުންތެރިކަމާއިއެކު ކީރިތި ޤްރުއާނުގެ މާނަ އެއްކޮޅުން އަނެއްކޮޅަށް އެންމެ ފަހަރަކު ނަމަވެސް ކިޔާލަބަލަ. އެމީހަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ. އެމީހާ އިޞްލާޙްވާނެ."  

ކީރިތި ޤްރުޢާނުގަ ހުރި އެންގެވުންތައް ނިޞްބަތްކުރައްވަވާފައި ވަނީ ތިމާއަށް ކަމަށް ވިސްނައިގެން އެންމެ ފަހަރަކު ކިޔެވިނަމަވެސް މީހާ އިޞްލާޙް ވާނެ އެވެ.  

ރަމަޟާން މަހަކީ ކީރިތި ޤްރްއާނުގެ މައްސަރުކަމަށްވުމުން ގިނަ ބައަކު ބަލަނީ ވީހައި ގިނައިން ޚަޠިމް ކުރެވޭތޯއެވެ. ގިނައިން ޚަޠިމް ކުރުމަކީ ވަރަށް ރަނގަޅު، ފައިދާހުރި ކަމެކެވެ. ނަމަވެސް ކުރެވުނު ޚަޠިމުގެ އަދަދުގެ ވާހަކަ ދައްކައި ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.   

- ޝައިޚް ނިމާލް މުޙައްމަދުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން