މޫސާ ވަޙީދު
ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެފައިވާ މި ޒަމާނުގައި ދެމަފިރިން އާމްދަނީ ހޯދުމަށް މަސައްކަތް ނުކޮށް ފަރުޖެހޭކަށް ގިނަ ފަހަރު ނޯވެއެވެ. ނަމަވެސް ގޭތެރޭގެ މަސްއޫލިއްޔަތާއި ވަޒީފާ ދެކަންތައް ކުރަން ޖެހުމުން އަންހެނުން ވަރުބަލި ކޮށްލައެވެ. ނަތީޖާއަކަށްވެގެންދަނީ ކޮންމެސް އެއްކަމެއްގައި ފަރުވާ ކުޑަކުރެވުމުވެ.
ގިނަ ފަހަރު ފަރުވާ ކުޑަކޮށްލެވެނީ ގޭތެރޭގެ ޒިއްމާތަކުގައެވެ. މިހެން ވުމުގެ ސަބަބުން ދަރިންނަށް ރަނގަޅު ތަރުބިއަޔަތެއް ނުދެވެއެވެ. ފިރިންނަށް އަޅާލަންޖެހޭ ވަރަށް އަޅާނުލެވެއެވެ. ﷲ ސުބުހާނަހޫ ވަތައަލާ އަންހެންތަކުންނަށް އަންގަވާފައިވަނީ އެކަބަލުން އެކަބަލުން ގޭގައި ގަރާރުވެ ތިބުމަށެވެ. މީގެ މާނައަކީ ގޭތެރޭގެ ޒިންމާތައް އަދާކުރަމުން ވަޒިފާއަދާކުރެވެން އޮތްނަމަ އެކަން ނުކުރަން ބުނުމެއް ނޫނެވެ. މިބުނީ ކަން އޮތް ގޮތެވެ.
މިލިޔުން ހާއްސަ މި ކޮށްލަނީ ގޭގައި އިނދެ އާމްދަނީއެއް ހޯދުމަށް ބޭނުންވާ ކޮންމެ އުޚްތަކަށެވެ. ހުރިހާ ކަންކަން ނުކުރެވުނަސް އެއްކަމެއް ކޮށްލެވިދާނެ ނޫންތޯ؟
އާމްދަނީ ހޯދުމަށްޓަކައި ގޭގައި ކުރެވިދާނެ ބައެއް ކަންކަން:
ފެހުން:
ފެހުމުގެ މަސައްކަތް އާދައިގެ ގޮތަކަށް ކުރަން ބޭނުންކުރެވޭ ވަރުގެ ފަހާފޮށްޓެއް 5000 ރުފިޔާއަށް އެބަލިބެއެވެ. އެންމެ ފެންވަރު ރަނގަޅު ފޮށި 12000 ރުފިޔާއަށް އެބަލިބެއެވެ. އަތުގައި ފައިސާނެތަސް ގަނެވޭނެ ސްކީމްތައް އެބަހިންގައެވެ. ސަރުކާރާއި ބޭންކްތައް ގުޅިގެންވެސް ކަންކަން ހަމަޖައްސައިދެއެވެ.
ފެހުމުގެ މަސައްކަތަކީ ވަޤުތުވާވަރަކުން ކުރެވެން އޮތް ކަމެކެވެ. މުހިންމު ކަމަކީ ނުކުރެވޭ ވަރަށް މަސައްކަތާ ޙަވާލުނުވުމެވެ. ދުވާލަކު އެންމެ ހެދުމެއް ފެހިނަމަވެސް މިހާރު އެލިބެނީ 300 ވަރަކަށް ރުފިޔާއެވެ.
ރޮށި ފިހެ ވިއްކުން:
މިއީ ގިނަ ޚަރަދަކާއި ނުލައި ފެށިދާނެ ކަމެކެވެ. މާލޭގައި ވަރަށް ޑިމާންޑް އޮންނަ ވިޔަފާރީއެކެވެ. އަތޮޅު ތެރޭގައިވެސް ކުރިއަރަމުން އަންނަ ކަމެކެވެ. ރެސްޓޯރަންޓް/ ހޮޓާ ފަދަ ތަނަކުން ރޮށި ފިހަން ލިބޭތޯ ބެލިދާނެއެވެ. ނުވަތަ އަމިއްލަ ފޭސްބުކް ޕޭޖްއެއް ހަދައިގެން ކަސްޓަމަރުން ލިބޭތޯ މަސައްކަތް ކުރެވިދާނެއެވެ.
ސްކޫލް ކުދިންގެ އިންޓަރވަލް ބޮކްސް ތައްޔާރު ކޮށްދިނުން:
ސުކޫލް ކުދިންނަށް އަމާޒުކޮށްގެން އިންޓަރވަލް ބޮކްސް ތައްޔާރުކޮށް ވިއްކިދާނެއެވެ. މިނި ސޭޑްވިޗް، މިނީ ބާރގަރ، މިނީ ޕިއްޒާ އަދި މިނީ ޕޭން ކޭކް ފަދަ އެއްޗެހި ތައްޔާރު ކުރެވިދާނެއެވެ. އޮންލައި ޕްލެޓް ފޯމެއް ތައްޔާރުކޮށް ބެލެނިވެރިންނަށް އޮންލައިންކޮށް ބޭނުން އެއްޗެއް ކުރިޔާލައި އޯޑަރ ޖެހޭ ގޮތަށް ހެދިދާނެއެވެ. އޭރުން ކޮންމެ ދުވަހަކު ތައްޔާރު ކުރަންވީ އެއްޗެއް ކުރިޔާލައި އެނގޭނެއެވެ.
ޓައިޕިސްޓް މަސައްކަތް ކުރުން:
ވަރަށް ގިނައިން އެކި އޮފީސްތަކަށް ޓައިޕިސްޓްއިން ބޭނުންވެގެން ޖަހާފައިވާތަން ފެނެއެވެ. މިކަހަލަ ވަޒީފާ ގޭގައި ހުރެގެން ކުރުމަށްވެސް ފުރުސަތު ހުޅުވާލައިފައިވާތަން ފެނެއެވެ. ޓައިޕްކުރަން ފަރިތަނަމަ މިއީ ގޭގައި ހުރެގެން ކުރަން ވަރަށް ރަނގަޅު މަސައްކަތެކެވެ.
ލިޔުންތެރިކަން:
ގިނަ އޮންލައިން ނޫސްތަކުން ދިރިއުޅުމުގެ މައުލޫތަކާއި ޞިއްހީ މައޫލުތަކާއި ދީނީ މައުލޫތަކަށް ލިޔުންތައް ބޭނުންވެއެވެ. މި ފުރުސަތުގެ ބޭނުން ހިފައި ތިޔަ ލޮބުވެތި އުޚުތުންނަށް ލިބަފައިވާ މައުލޫމާތު އަލީގައި ނުވަތަ މައުލޫމާތު ހޯދައިގެން މި މައުލޫތަކަށް ލިޔުންތައް ލިޔެވިދާނެއެވެ. އަދި މީގެ އިތުރުން ތިޔަ ލޮބުވެތި އުޚުތުން ގޭގެ ބަދިގޭގައި ތައްޔާރުކުރާ މީރު ބާވަތްތަކުގެ ރެސެޕީވެސް ލިޔެވިދާނެއެވެ. ( ފްލެކްސް ޖޮބްސް)
- މިއަދުނޫސް