ހެޔޮޢަމަލެއް ނޫނީ ނުކުރަން ބޭނުންނަމަ އަދި ރަނގަޅާ ނުބައި ދެނެގަންނަން ބޭނުންނަމަ އެފުރުޞަތު ލިބޭނެ ގޮތް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ހެޔޮޢަމަލެއް ނޫނީ ނުކުރަން ބޭނުންނަމަ އަދި
ރަނގަޅާ ނުބައި ދެނެގަންނަން ބޭނުންނަމަ އެފުރުޞަތު ލިބޭނެ ގޮތް! އިން ޝާ ﷲ


އަންފާލް ސޫރަތުގެ 29 ވަނަ އާޔަތުގައި ވަނީ "އޭ އީމާން ވެއްޖެ

މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ތަޤްވާ ވެރިވާނަމަ، ތިޔަބައިމީހުންނަށް ޙާއްޤާއި ބާޠިލް ވަކިކުރާނެ މަގު، އެކަލާނގެ ދައްކަވާނެތެވެ. އަދި ތިޔަބައިމީހުންގެ ކިބައިން ކުށްފާފަތައް ފިއްލަވާނެތެވެ. އަދި ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. اللَّه އީ، ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިރަސްކަލާނގެއެވެ."

މިއާޔަތުން އެނގިގެން

މިދަނީ ﷲ ތަޢާލާއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާ މީހުންނަށް ރަނގަޅު ގޮތާއި ނުބައި ގޮތްތައް ﷲ ތަޢާލާ ބަޔާންކޮށް ދެއްވަވާނެ ކަމެވެ. ހަމައެއާއިއެކު އެފަދަ މީހުންގެ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމެވެ. ވީމާ އަހަރެމެންނަށް އޮތް ކަމަކީ ﷲ ތަޢާލާ އާއި ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. އެގޮތުގައި މަސައްކަތްކުރާ ނަމަ އެމީހަކަށް ކޮންމެ ކަމެއްގައިވެސް ދާނީ ތެދުމަގު ވިސްނެމުންނެވެ.

ރަނގަޅު މަގު

ދައްކަވައިދެއްވެވުމަށް އެދޭ ކޮންމެ މީހަކަށް ﷲ ތަޢާލާ އެ މަގު ދައްކަވައި ދެއްވަވާނެތެވެ. އަހަރެމެންނަށް އޮތީ އެކަމަށް އެދި މަސައްކަތްކުރުމުގައި އިޚްލާޞްތެރިވުމެވެ! ﷲ ތައާލާ އެއްވެސް މީހަކަށް ރަނގަޅު މަގު ދައްކަވައިދެއްވަވާނަމަ މަގު އޮޅިގެން އުޅެން ހަމަ އެކަކަށްވެސް ނުޖެހޭނެއެވެ. ފަހުން ހިތާމަކުރަން ޖެހޭނެ އެއްވެސް ކަމެއް ނުކުރެވޭނެއެވެ! 

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ ތިމާއަށް ކުރެވެން މިއުޅެނީ ހެޔޮ ޢަމަލެއްކަން ނުވަ ނުބައި އަމަލެއްކަން އެނގުމެވެ. ﷲ ތައާލާ ވަޙީކުރައްވަވާފައިވަނީ ތިމަން ﷲ އަށް ކިޔަމަންތެރިކަން އަދާކޮށް ރަނގަޅު ގޮތުގައި އުޅެން މަސައްކަތްކުރާ މީހުންނަށް އެކަން (ރަނގަޅާއި ނުބައި) ބަޔާންކޮށް ދެއްވަވާނެ ކަމަށެވެ.  

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން