ކިތަންމެ ހެޔޮލަފާ އަންތބެއްގެވެސް އިޙްޞާޞްތަކެއް ހުންނާނެ! އިޙްތިރާމް ނުކުރާނަމަ ވަކިވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ކިތަންމެ ހެޔޮލަފާ އަންތބެއްގެވެސް އިޙްޞާޞްތަކެއް
ހުންނާނެ! އިޙްތިރާމް ނުކުރާނަމަ ވަކިވާނެ!


ތިބާގެ ބައިވެރިޔާއަކީ ހެޔޮލަފާ އަންހެނަކު ކަމުގައިވެފައި ތިބާއާއި ވަކިވާން އެދިއްޖެނަމަ ފުރަތަމަވެސް ވިސްނާލަންޖެހޭނީ އެކަމުގައި ތިބާގެ އިހްމާލު އޮތްމިންވަރަށެވެ. ސަބަބަކީ ހެޔޮލަފާ އަންހެނުންނަކީ ފިރިމީހާގެ ވަރަށް ބޮޑު އިހްމާލެއް އޮތުމުން ނޫނީ ވަކިޥާން އެދޭނެ މީހެއް ނޫނެވެ.  

މިފަދަ މައްސަލަތަކުގެ ތަފްޞީލަށްދާއިރު އެންމެ ބޮޑަށް ފާހަގަކުރެވެނީ އަނބިމީހާ އާއިމެދު ފަރުވާށކުޑަކުރެވޭ ކަމެވެ. އެއިގެ މާނައަކީ އޭނާގެ ޒަރޫރީ ބޭނުންތައް ފުއްދައި ނުދިނުމެއް ނޫނެވެ. އޭނާގެ އިޙްޞާޞްތަކަށް އިޙްތިރާމް ނުކުރެވޭ ކަމެވެ.  

ކިތަންމެ ބައިވަރި ތަކެތި ހޯދައިދިންކަމުގައިވީނަމަވެސް އޭނާގެ އިޙްޞާޞްތަކަށް އިޙްތިރާމްނުކުރެވޭނަމަ ކިތަންމެ ރަނގަޅު އަންހެނަކުވެސް އެހެން ގޮތެއް އިޚްތިޔާރުކުރުން އޮންނާނީ ދާދި ގާތުގައެވެ. އެޙާލަތުގައި އޭނާ އެހޯދަނީ އެހެން ފިރިހެނެއް ނޫނެވެ. އޭނާ އެހޯދަނީ އޭނާގެ އިޙްޞާޞްތަކަށް ޝިފާއެކެވެ. ޙައްލު ހޯދޭނެ ގޮތެކެވެ.

ތަކުރާރުކޮށް ބުނެލާނަމެވެ. ހެޔޮލަފާ އަންހެނަކު ބޭނުންވާނީ އަގުބޮޑު ހަދިޔާތަކެއް ނޫނެވެ. އޭނާގެ އިޙްޞާޞްތަކަށް ޙައްލުލިބުމެވެ. ބައިވެރިޔާގެ ކިބައިން އޭނާގެ އިޙްޞާޞްތައް ފުދުމެވެ. މިކަންކަމަށް ވިސްނައިގެން އުޅޭނަމަ އުފާވެރިކަމުގައި ދެމަފިރިންނަށް ދިރިއުޅެވުމުގެ ފުރުޞަތު 95 އިންސައްތައަށް އުފުލިގެންދެއެވެ. މިއީ ތަޖުރިބާއިން އެނގޭކަމެވެ.

ނިންމާލަމުންވެސް ބުނެލާނަމެވެ. މިދެއްކީ ހެޔޮލަފާ އަންހެނުންގެ ވާހަކައެވެ. ތަނަވަސްކަން ފަހަތުން ދުވާ އަންހެނުންގެ ވާހަކައެއް ނޫނެވެ.  

--އަލަފް / މިއަދުނޫސް   

މިއަދު އޮންލައިން