ނަމާދުކުރެވޭނީވެސް މުޞްޙަފް އުފުލޭނީވެސް ވުޟޫކޮށްގެންނެވެ. ނަޞީޙަތަކީ އެވަރުން ފުއްދާނުލައި ވުޟޫކުރުން ގިނަކުރުމެވެ. ލިބެންހުރި ފައިދާތައް ބޮޑެތިވެފައި ގިނަކަމުންނެވެ.
ވުޟޫކުރުމުން 7 ފައިދާއެއް ލިބެއެވެ!
1 ވުޟޫޢުގެ ސަބަބުން ޤިޔާމަތް ދުވަހު އޭނާގެ މޫނާއި ދެއަތްތިލަ އަދި ދެފައިން ނޫރު ނުވަތަ އަލިކަން ފައުޅުވާން ހުންނާނެތެވެ.
2 ވުޟޫޢުކުރުމުން އެމީހަކަށް ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދާނެތެވެ.
3 ވުޟޫޢުކޮށް ނިމިގެން ޝަހާދަތުގެ ދެ ކަލިމަ ކިޔައިފި މީހަކަށް ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދާނެއެވެ.
4 ވުޟޫޢު ކުރުމަކީ ޝައިޠާނީ ވަސްވާސްތަކުން މީހާ ދުރުކޮށްދޭ ކަމެކެވެ.
5 ވުޟޫޢޫކުރުމަކީ ފިޠުރަތުގެ މަތީގައި މަރުވުމަށް މެދުވެރިވާ ކަމެކެވެ.
6 ވުޟޫޢުކުރުމަކީ އެމީހާގެ އީމާންކަން އަނގައިދޭ ކަމެކެވެ.
7 ވުޟޫޢު ކުރުމުގެ ސަބަބުން އެމީހާގެ ފާފަ ފޮހެވި ދަރަޖަ އުފުލިގެންދާނެތެވެ.
__ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް