ނަމާދުވާޖިބުވާ ހިސާބުން ނަމާދުތަކަށް ރައްކައުތެރިވުމަށްވުރެ ފައިދާބޮޑު ކަމެއް ނެތް! އެއަށްވުރެ ބޮޑު ޒިންމާއެއްވެސް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ނަމާދުވާޖިބުވާ ހިސާބުން ނަމާދުތަކަށް
ރައްކައުތެރިވުމަށްވުރެ ފައިދާބޮޑު ކަމެއް ނެތް! އެއަށްވުރެ ބޮޑު ޒިންމާއެއްވެސް
ނެތް!


ތިމާގެ 3 ޙަޔާތުން ދުނިޔޭގެ ޙަޔާތުގައި ހޭދަކުރާ

ކޮންމެ ދުވަހަކީވެސް އިމްތިޙާނުގެ ދުވަހެކެވެ. ޙަޔާތުގެ އިމްތިޙާން ކާމިޔާބުކުރެވޭނީ އެންމެ ކުޑަމިނުން ކޮންމެ ދުވަހެއްގެ ޓެސްޓުންވެސް ލިބެން ޖެހޭ އެންމެ މަދު މާކްސްގެ އަދަދު ހަމަކުރެވިގެންނެވެ. އެގޮތުން ބަލައިފިނަމަ ކޮންމެ ދުވަހެއްގެ ޓެސްޓުން ފާސްވާން މިއަންނަނީ އެންމެ ކުޑަމިނުން ފަރުޟު 5 ނަމާދުކުރެވިގެންނެވެ

ސުވާލަކީ ޙަޔާތުގެ ދުވަސްތައް މިހިސާބަށް އައިއިރު

އެންމެ ކުޑަމިނުން އެއް ނަމާދުން އަނެއް ނަމާދަށް އިންތިޒާރުކުރެވޭ މީހަކަށް ވެވިއްޖެ ހެއްޔެވެ؟ ނަމާދު ވަގުތުން ވަގުތަށް ޖަމާއަތުގައި ކުރެވޭނީ ނަމާދު ވަގުތަށް އިންތިޒާރުކުރެވޭ މީހަކަށް ވެވިގެންނެވެ. އިމްތިހާނު ކާމިޔާބުވުމާއި ނުވުން އޮތީ އެ އިންތިޒާރު ކުރެވުނު މިންވަރެއްގެ މައްޗަށެވެ.  

މިޒަމާނުގައި މަސައްކަތްތައް ހުންނަ ގޮތުން ބަންގި ގޮވާ ވަގުތު ހަނދާން ނެތުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ވީމާ ގެންގޫޅޭ ފޯނުން 10 މިނިޓް ކުރިން ބަންގީގެ އަޑު އިވޭ ގޮތް ހަދާށެވެ! ފޯނުން ތިމާއަށް ހޯދޭނެ އެންމެ ބޮޑު ކާމިޔާބީއަކީ އެއީއެވެ.  

ނަމާދުގެ އިމްތިހާނުން ފާސްވެ ކާމިޔާބު ކުރެވިއްޖެ މީހާއަށް ޤިޔާމަތް ދުވަހު ލިބޭނެ މަތިވެރި ނިޢްމަތްތަކާއިމެދު ވިސްނާށެވެ! ހަމައެއާއިއެކު ނަމާދުގެ އިމްތިހާނުން ފޭލްވެ ނަރަކައަށް ވަންނަން ޖެހިއްޖެނަމަ ނަރަކައިގައި އަނދައަނދަ އޮންނަން ޖެހޭނެ ކަމުގެ ބިރުވެރިކަންވެސް ހިތަށް ގެންނާށެވެ. މިދެބައި ހިތަށް ގެނެވޭ މީހާ ބަނގިއަށް އިންތިޒާރުކުރާނެއެވެ. ބަންގީގެ އަޑު އިވުމުން ނަމާދު ނުކޮށް އިތުރު އެއްވެސް ކަމެއް ނުކުރާނެއެވެ.  

--ޝައިޚް ބިލާލް މެމޮން- ޤްރްއާން އެކަޑެމީ

 

 

 

މިއަދު އޮންލައިން