ގިނަގިނައިން ރޯދަހިފުމާ އިޚްލާޞްތެރިކަމާ ޛިކުރުކުރުން- ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 43ސ
ގިނަގިނައިން ރޯދަހިފުމާ އިޚްލާޞްތެރިކަމާ ޛިކުރުކުރުން- ޤުރްއާނުން-

ޢާއިޝަތު ރަފާޙް ޢަލީ  

·      އިޚްލާސްތެރިކަން:  

ކުރާ ކޮންމެ ކަމެއްގައި އިޚްލާސްތެރިވުމަކީ ވަރަށް މުހިއްމު ކަމެކެވެ. 

ޒުމަރު ސޫރަތުގެ 2 އަދި 3 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

(فَاعْبُدِ اللَّهَ مُخْلِصًا لَّهُ الدِّينَ ‎﴿٢﴾‏ أَلَا لِلَّهِ الدِّينُ الْخَالِصُ ۚ)

މާނައީ: "ފަހެ، اللَّه އަށް دين خالص ކުރާ حال، ކަލޭގެފާނު އެކަލާނގެއަށް އަޅުކަން ކުރައްވާށެވެ! (2) ދަންނާށެވެ! خالص ވެގެންވާ دين ވަނީ اللَّه އަށެވެ."

އިޚްލާސްތެރިކަމުގެ ބައެއް މިސާލުތަކުގެ ތެރޭގައި: ކުރާ ޢަމަލުތަކުގައި އިޚްލާސްތެރިވުމާއި، އަޅުކަމުގައި އިޚްލާސްތެރިވުމާއި، ކިޔަވައިދޭ މުދައްރިސުން އެމީހުންގެ ޢަމަލުގައި އިޚްލާސްތެރިވުމާއި، މައިންބަފައިން ދަރީން ތަރުބިއްޔަތު ކުރުމުގައި އިޚްލާސްތެރިވުމާއި މިނޫންވެސް އެތައް މިސާލެއް ހިމެނެއެެވެ.     

ޛިކުރުކުރުން:  

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 152 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

فَاذْكُرُونِي أَذْكُرْكُمْ

މާނައީ: “ފަހެ، ތިޔަބައިމީހުން ތިމަންއިލާހު ހަނދުމަ ކުރާށެވެ! އޭރުން ތިމަންއިލާހު ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ.” 

ޛިކުރުކުރުމަކީ ވަރަށް މާތް އަޅުކަމެކެވެ.  

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

(أَحَبُّ الْكَلَامِ إِلَى اللهِ أَرْبَعٌ: سُبْحَانَ اللهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللهُ، وَاللهُ أَكْبَرُ)

މާނައީ: “ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވަނީ ހަތަރު ކަލިމައެކެވެ. އެއީ سُبْحَانَ اللهِ، الْحَمْدُ لِلَّهِ، لَا إِلَهَ إِلَّا اللهُ އަދި وَاللهُ أَكْبَرُ އެވެ." 

ޛިކުރުކުރުމުގެ ބައެއް ފައިދާތަކުގެ ތެރޭގައި ހިތްހަމަޖެހުން ލިބުމާއި، ހިތާމަތަކާއި،ކަންބޮޑުވުންތަކާއި، މޮޅިވެރިކަން ފިލައިގެން ދިޔުމާއި، ތިބާގެ މަސައްކަތްތަކުގައި ބަރަކާތްލެއްވިގެންދިޔުން ހިމެނެއެވެ.     

ގިނަގިނައިން ރޯދަހިފުން: 

ﷲ ތަޢާލާ އަޙްޒާބު ސޫރަތުގެ 35 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

إِنَّ الْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْقَانِتِينَ وَالْقَانِتَاتِ وَالصَّادِقِينَ وَالصَّادِقَاتِ وَالصَّابِرِينَ وَالصَّابِرَاتِ وَالْخَاشِعِينَ وَالْخَاشِعَاتِ وَالْمُتَصَدِّقِينَ وَالْمُتَصَدِّقَاتِ وَالصَّائِمِينَ وَالصَّائِمَاتِ وَالْحَافِظِينَ فُرُوجَهُمْ وَالْحَافِظَاتِ وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا ‎﴿٣٥﴾‏

މާނައީ: "ހަމަކަށަވަރުން، مسلم ފިރިހެނުންނާއި، مسلم އަންހެނުންނާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނާއި، ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި، ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި، ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުންނާއި، ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުންނާއި، ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުންނާއި، صدقات ދޭ ފިރިހެނުންނާއި، صدقات ދޭ އަންހެނުންނާއި، ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުންނާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރާ ފިރިހެނުންނާއި، (އެއުރެންގެ فرج ތައް) ރައްކާތެރިކުރާ އަންހެނުންނާއި، ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ. (35)" 

ރޯދަހިފުން ސުންނަތްވެގެންވާ ބައެއް ދުވަސްތައް:

·      ހޯމަ ބުރާސްފަތި ދުވަހުގެ ރޯދަ

·      ކޮންމެ މަހެއްގެ ތިން ދުވަހު ހިފާ ރޯދަ

·      މުޙައްރަމް މަހުގެ ރޯދަ

 

 

 

މިއަދު އޮންލައިން